Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިމިނަތު ޝައުނާ

އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރަކަށް، ކުރީގެ މިނިސްޓަރ ޝައުނާ ހޮވިއްޖެ

ކުރީގެ ތިމާވެށި ވަޒީރު އާމިނަތު ޝައުނާ އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރައްވައިފިއެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ބޯޑުގައި ޝައުނާ މަސައްކަތްކުރައްވާނީ 2025 ޖަނަވަރީއިން 2027 ޑިސެމްބަރާ ހަމައަށެވެ. މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުރިއަށްއޮތް އަހަރުތަކުގައި އޯޝަން ޑެކޭޑްގެ މަގްސަދުތައް ތަންފީޒު ކުރުމުގައި ލަފާ ދިނުމެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 11:49
ކުރީގެ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

ކުރީގެ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރު ގައި ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި އާމިނަތު ޝައުނާ އައްޔަނު ކުރައްވައިފި އެވެ.

ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން އިލްމު ހޯދުމަށް މަސައްކަތްކުރާ، އދ.ގެ ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް (އޯޝަން ޑެކޭޑް) ގެ ބޯޑުގައި، ޝައުނާ މަސައްކަތް ކުރައްވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31، 2027ގެ ނިޔަލަށް ކަމަށް ޔުނެސްކޯ އިން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ބޯޑު ގެ މެންބަރުކަމަށް ޝައުނާ ހޮވިވަޑައިގެންފައި ވަނީ، އެ ބޯޑަށް އަލަށް އައްޔަން ކުރި 10 މީހުންގެ ތެރެއިންނެވެ. ދެ އަހަރުގެ ދައުރަކަށް އެ މެންބަރުން ހޮވިފައި ވަނީ، 200 އަށް ވުރެ ގިނަ ނޮމިނޭޝަން ގެ ތެރެއިންނެވެ.  އެ ބޯޑުގެ ވެބްސައިޓުގައި ޝައުނާގެ ނަން މިހާރު ވަނީ ހިމާނާފަ އެވެ.

މި ބޯޑު ގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުރިއަށް އޮތް އަހަރުތަކު ގައި އޯޝަން ޑެކޭޑް ގެ މަގްސަދުތައް ތަންފީޒު ކުރުމުގައި ލަފާ ދިނުމެވެ. އެގޮތުން، ވަސީލަތްތައް ބޭނުންކުރަންވީ ގޮތާއި އެކި ސަރަހައްދުތަކާއި ގްރޫޕްތައް ތަމްސީލު ކުރުވުމުގައި މި ބޯޑުން ޔުނެސްކޯއަށް ލަފާ ދޭނެ އެވެ.

ޝައުނާ އަކީ ތިމާވެއްޓާ ގުޅޭ އެކި ކަންކަމުގައި ވަކާލާތުކުރައްވާ، އޭނާ ގެ މިނިސްޓަރުކަމުގެ ދަށުން ތިމާވެށީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވަރލްޑް އިކޮނޮމިކް ފޯރަމްއިން 2020 ވަނަ އަހަރު ޔަންގް ގްލޯބަލް ލީޑަރުގެ މަގާމާއި، މަޝްހޫރު މެގަޒިން ބްލޫމްބަރގް އިން ދޭ "ނިއު އިކޮނޮމީ ކެޓަލިސްޓް" މަގާމު 2023 ގައި ހޯއްދަވާފަ އެވެ.

ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އަދި އިކޮނޮމިކްސްގެ ދާއިރާއިން ވެސްޓްމިންސްޓަރ ކޮލެޖުން ޑިގްރީ ހާސިލް ކުރައްވާފައިވާ ޝައުނާ ވަނީ،  ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ މަގާމު 2021-2023 އަށް ފުރުއްވާފަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ސަރުކާރު ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ ގެ މަގާމުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ގެ މަގާމު ވެސް ޝައުނާ  ފުރުއްވާފައިވެ އެވެ. އޭގެ ކުރިން މިނިވަން ނޫހުގައި ނޫސްވެރިއެއް ގެ ގޮތުގައި ވެސް ޝައުނާ މަސައްކަތް ކުރެއްވި އެވެ.

އައިމިނަތު ޝައުނާއދ. އޯޝަން ޑެކޭޑްޔުނެސްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު ގައުމު މިއޮތް ނުރައްކާތެރި ހާލަތު ބަދަލު ކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، އަޑުއުފުލައިގެން: ޝައުނާ

މިއަދު ގައުމު މިއޮތް ނުރައްކާތެރި ހާލަތު ބަދަލު ކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، އަޑުއުފުލައިގެން: ޝައުނާ

02 އޮކްޓޯބަރު 2025
އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެންދަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ މަންޒަރު: ޝައުނާ

އެމްޑީޕީ ނޫން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފެނިގެންދަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ މަންޒަރު: ޝައުނާ

12 ސެޕްޓެމްބަރު 2025
ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްޤަށް ހުރަސް އެޅުމަކީ ޚުދުމުހުތާރު ވެރިކަމެއް އިޔާދަކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެއް: ޝައުނާ

ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްޤަށް ހުރަސް އެޅުމަކީ ޚުދުމުހުތާރު ވެރިކަމެއް އިޔާދަކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެއް: ޝައުނާ

20 މާރިޗު 2025
ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި

ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި

22 ޖެނުއަރީ 2018
އިދިކޮޅު އިސް ވަފުދެއް ލަންކާގައި ތިއްބެވި އދގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފި!

އިދިކޮޅު އިސް ވަފުދެއް ލަންކާގައި ތިއްބެވި އދގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފި!

21 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު