Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްޤަށް ހުރަސް އެޅުމަކީ ޚުދުމުހުތާރު ވެރިކަމެއް އިޔާދަކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެއް: ޝައުނާ

20 މާރިޗު 2025 | ބުރާސްފަތި 05:29

އެމްޑީޕީން ސިލްސިލާކޮށް ކުރަމުންގެ ގެންދާ އިހުތިޖާޖުތަކަށް ރައީސް މުއިއްޒުގެ މި ސަރުކާރުން ގެންދަނީ ހުރަސް އަޅަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 20 މާރިޗު 2025 | ބުރާސްފަތި 05:29
ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ - ވިދާޅުވީ މިހާރު މިގައުމު މިދަނީ ޚުދުމުހުތާރު ވެރިކަމާއި ދިމާއަށް ކަމަށް

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ - ވިދާޅުވީ މިހާރު މިގައުމު މިދަނީ ޚުދުމުހުތާރު ވެރިކަމާއި ދިމާއަށް ކަމަށް

އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ރާއްޖޭގެ ޤާނޫނު އަސާސީން ހަމަ ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްޤެއް ކަމަށާއި އެ ހައްޤަށް ހުރަސް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން މަސައްކަތް ކުރުމަކީ ޚުދުމުހުތާރު ވެރިކަމެއް މި ރާއްޖެއަށް އަލުން އިޔާދަކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރަމުންގެ ގެންދާ އިހުތިޖާޖުތަކަށް ހުރަސް އެޅުމަށް ރައީސް މުއިއްޒުގެ މި ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުލްހަވެރިކަމާއި އެކު އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި ކުރަމުން ގެންދާ އިހުތިޖާޖުތައް ހުއްޓުވާ، އިހުތިޖާޖުގެ ބައިވެރިންނަށް ބިރުދައްކާ އެތައް ގޮތަކުން އަނިޔާތައް ދެމުން އަންނަ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ. އެގޮތުން ފުލުހުން ގެންދަނީ އިހުތިޖާޖުގެ ބައިވެރިން ފުލުހަށް ހާޒިރުކޮށް ބަޔާން ވެސް ނަގަމުންނެވެ.

އެމްޑީޕީން ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިއަ އެއްވުމުގައި މިކަމަށް އަލިއަޅުވާލައި ޝައުނާ ވިދާޅުވީ މިއަދު މި ގައުމުގެ ހާލަތު ވަރަށް ބޮޑަށް ކަންބޮޑުވާ ހިސާބަށް ހިނގައްޖެ ކަމަށާއި އެގޮތުން ކޮންމެ ރެއަކު ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިވެމުން އެބަދާ ކަމަށެވެ.

ޝައުނާ ވިދާޅުވީ އެމްޑީޕީގެ އަންހެނުންނަށް ކުރާ ފުރައްސާރައަކީ ލަދުގަންނަށް ޖެހޭނޭ ކަމެއް ކަމަށާއި ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކޮށްގެން ސުލްހަވެރިކަމާއި އެކުގައި އެމްޑީޕީން ކުރަމުން މި ގެންދާ މަސައްކަތަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤެއް ކަމަށެވެ.

ރައްޔިތުންނަށް ލިބިދީފައި މި ހައްޤު ނިގުޅައިގަނެ، މި ހައްޤަށް އަރައިގަތުމަށް މި ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތަކީ ޚުދުމުހުތާރު ވެރިކަމެއް މި ދިވެހިރާއްޖޭގައި އަލުން އަނބުރާ އިޔާދަ ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

ހަމަ އެކަނި މިކަންތައްތަކެއް ނޫން ކަންބޮޑުވާ ކަންތައް ތަކަކީ، ބައްލަވާ ސުޕްރީމް ކޯޓަށް މިހާރު މި ސަރުކާރުން ކަންތައްތަށް ކުރައްވަމުންގެދާ ގޮތް. ސުޕްރީމް ކޯޓުގައި ތަޅުއަޅުވައިފި، ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައިފި، އަޅުގަނޑުމެންގެ ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ކޮމާޝަލް ބޭންކް ތަޅު އަޅުވައިފި، ބޭން އޮފް މޯލްޑިވްސް ވެސް ތަޅު އަޅުވައިފި.
އައިމިނަތު ޝައުނާ

މީގެ އިތުރުން ޝައުނާ ވިދާޅުވީ ފެނިގެން މިދަނީ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދާފައިވާ ފެހި ޤާނޫނު އަސާސީވެސް ފުނޑާލަމުން ގެންދާ މަންޒަރު ކަމަށާއި އަދި މި މުޅި ނިޒާމު ފުނޑާލައި ޚުދުމުހުތާރު ވެރިކަމަކާއި ދިމާއަށް މި ސަރުކާރު މިސްރާބު ޖަހާފައިވާ ތަން ކަމަށެވެ.

ޝައުނާ ވިދާޅުވީ މިހާރު ރާއްޖޭގެ މިނިވަން މުއައްސަސާތައްވެސް މިވަނީ ރައީސް މުއިއްޒުގެ މުށުތެރެއަށް ލައިގެން ހުރިހާ ބާރެއް ނަންގަވައިގެން ގޮންމުށުގެ ބާރުދައްކަން ފަށާފައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއެއްވެ އުޅުމުގެ މިނިވަންކަންއައިމިނަތު ޝައުނާމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މޯލްޑިވްސް ޕޮލިސް ސަރވިސްއެއްޑީޕީ ކުއްލި އެއްވުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް