Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދޭވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ 45 އިންސައްތަ ހިއްސާއޮންނަ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ރަށް ނުވަތަ ފަޅު ދޫކުރެވޭނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 08:28
ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓެއް

ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ދިވެހިރާއްޖޭ ގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެ ބިލު އިގްތިސާދީ ކޮމިޓީ އިން ދިރާސާ ކޮށް ނިންމި ގޮތަށް މަޖިލީހުން ފާސް ކުރީ 64 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ބިލު ސަރުކާރު ގެ ފަރާތުން ހުށަހަޅާފައި ވަނީ ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި ޓޫރިޒަމް ޓްރޭނިންގ ރިސޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ނިޒާމެއް ތައާރަފު ކޮށް އެފަދަ ބޭނުން ތަކަށް ތަންތަން ކުއްޔަށް ދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލު ގާނޫނުގައި ބަޔާން ކުރުމަށް ކަމަށް ބިލު ހުށަހަޅުއްވަމުން މެންބަރު ސިނާން ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމާ ބެހޭ އުސޫލާއި ފަތުރުވެރިކަމު ގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ އުސޫލު ގާނޫނުގައި ހިމެނުމަކީ ވެސް ބިލު ގެ ބޭނުމެއް ކަމަށެވެ.

ބިލުގައި ބުނީ ވަޒީރުން ގެ މަޖިލީހުން ފާސް ކޮށްގެން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވިދާނެ ކަމަށެވެ. މިފަދަ ތަނެއް ދޫކުރާ ކުންފުންޏަކީ ރިސޯޓެއް ތަރައްގީ ކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަން ޔަގީން ކުރަން ވާނެ ކަމަށް ވެސް ބިލުގައި ވެއެވެ.

ދައުލަތުގެ ކުންފުންޏަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ ތަނަކަށް ދައްކަން ޖެހޭ އިކުއިޒިޝަން ފީ ސަރުކާރަށް ދައްކަން ޖެހޭނީ އެ ތަނަކާ ހަވާލުވާ ކުންފުނިން ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައި ވެއެވެ.

އޭގެ އިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއު އަކަށް ޚަރަދު ކުރުމަށް ވެސް މިނިސްޓްރީއަށް ޝަރުތު ކުރެވިދާނެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ރަށްރަށާއި ފަޅުތަކާއި ބިން ހަވާލުކުރެވޭނީ މަދުވެގެން ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ.

ބިލު ދިރާސާ ކުރުމަށްފަހު އިގްތިސާދީ ކޮމިޓީ އިން ބިލަށް ގެނައި އިސްލާހުގައި ވަނީ ކުންފުންޏަކާއެކު ހަދާ އެއްބަސް ވުމުގެ މުއްދަތުގެ ތެރޭގައި ކުންފުނީގެ ސަރުކާރުގެ ހިއްސާ 45 އިންސައްތަ އަށް ދަށްވެގެންދާ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްސަރުކާރުގެ ކުންފުނިތައްޓޫރިސްޓު ރިސޯޓުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު