Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. ސަނީ އުމަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް އިއުތިރާފް ވުމަށްފަހު، ޑރ. ސަނީ އުމަރު ރާއްޖެއިން ފިލައިފި

ޑރ. ސަނީ އުމަރަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވޭއިރު އޭނާ ވަނީ އެކަމަށް އާއިލާގެ. މެދުގައި އެއްބަސްވެފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 18:51
ޑރ. ސަނީ އުމަރު: އައިޔޫއެމް އިން ބޭއްވި ކޮންފަރެެންސެއްގައި ވާހަކަ ދައްކަވަނީ

ޑރ. ސަނީ އުމަރު: އައިޔޫއެމް އިން ބޭއްވި ކޮންފަރެެންސެއްގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަޝްހޫރު އެންޓަޕްރެނަރެއްގެ ގޮތުގައި ފާހަގަވެފައިވާ ޑރ. ސަނީ އުމަރު އަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ރާއްޖެ އިން ބޭރަށް ފުރައިފި އެވެ.

ސަނީ އުމަރު އަށް ކުރެވެނީ އޭނާގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. އަދި މިކަމަށް އޭނާގެ އާއިލާގެ މެދުގައި އިއުތިރާފު ވެފައިވާ ކަމަށް، ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވެ އެވެ.

Advertisement - newsAdvertisement

ނަމަވެސް މިވާހަކަތައް ހުކުރު ދުވަހު ހެނދުނު ސޯޝަލް މީޑިއާ ގައި ފެތުރުމާއެކު، ޑރ. ސަނީ އުމަރު ވަނީ އެއަރ އިންޑިއާގެ ފްލައިޓަކުން ނިއު ދިއްލީ އަށް ފުރައިގެން ގޮސްފަ އެވެ. މިއާ އެކު ގިނަ ބަޔަކު ބުނަމުން ދަނީ، ސަނީ އުމަރު ޝަރީއަތުން ފިލުމަށް ރާއްޖެ އިން ފިލައިގެން ދިޔައީ ކަމަށެވެ.

ޑރ. އުމަރަކީ ދަ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އެވެ. އޭނާގެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަޝްހޫރު ޓްރެވެލިއުޝަން، މޯލްޑިވްސް ހަލާލް ޓްރެވަލް، ދަ އައިލެންޑް ޕޯސްޓް ފަދަ މަޝްހޫރު މަޖައްލާތަކާއި ނޫސްތައް ހިންގަ އެވެ. އަދި މޯލްޑިވްސް ހަލާލް ޓްރެވަލް ނަމުގައި ޓްރެވަލް އޭޖެންސީ އެއްވެސް އޭނާ ހިންގަ އެވެ. މި ކަން ކަމުގެ ސަބަބުން މިއަދާ ހަމައަށް އައި އިރު ޑރ. ސަނީ އުމަރު ވެފައިވަނީ ރާއްޖޭގެ ޓޫރިޒަމް، މީޑިޔާ އަދި ވިޔަފާރީގެ ދާއިރާގައި ނުފޫޒު ގަދަ ފަރާތަކަށެވެ.

ރާއްޖޭގެ ޖިންސީ ކުށުގެ ޤާނޫނު (ޤާނޫނު ނަންބަރު 17/2014) ގައި ކުޑަކުދިންނާ ދެކޮޅަށް ޖިންސީ އަމަލުތައް ހިންގުމަކީ ވަރަށް ހަރުކަށި އަދަބު ލިބޭ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 7 އަހަރުން 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޑރ. ސަނީ އުމަރު މިހާރު ރާއްޖެއިން ބޭރުގައި ހުރުމުން، ދައުވާކުރުމާއި ޤާނޫނު ތަންފީޒުކުރުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ. ނަމަވެސް، 2019 ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއި ކުރި މިއުޗުއަލް ލީގަލް އެސިސްޓެންސް ޓްރީޓީގެ ދަށުން މިފަދަ ޖިނާއީ މައްސަލަތަކުގައި ދެ ގައުމުން އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

ޑރ. ސަނީ އުމަރުޓްރެވެލިއުޝަންކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު