Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބިލްޑްޓެކް

ޓުޒި ކާސާ އާއި ބިލްޑްޓެކް ޕްރައިވެޓް އާއި އެކު ވިޔަފާރީގެ މުހިންމު އެއްބަސްވުމެއްގައި ސޮއި ކޮށްފި

25 ނޮވެމްބަރު 2025 | އަންގާރަ 08:56

ޗައިނާގެ މަޝްހޫރު ފަރުނީޗަރު ކުންފުނި ޓުޒި ކާސާ އާއި ކަލަރލޭންޑް ގުރޫޕުގެ ބިލްޑްޓެކް ދެމެދު ވިޔަފާރީގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ކުދި ކޮޓަރިތަކަށް ފެތޭ ކަސްޓަމައިޒް ޑިޒައިންތައް އެކަޝޭނަ އަގުގައި ދިވެހިންނަށް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ނޮވެމްބަރު 2025 | އަންގާރަ 08:56
ޓުޒި ކާސާ އާއި ކަލަލޭންޑް ގުރޫޕުގެ ކުންފުންޏެއްކަމަށްވާ ބިލްޑްޓެކް ޕްރައިވެޓް އާއި އެކު ވީ އެއްބަސްވުމުގެ ތެރެއިން

ޓުޒި ކާސާ އާއި ކަލަލޭންޑް ގުރޫޕުގެ ކުންފުންޏެއްކަމަށްވާ ބިލްޑްޓެކް ޕްރައިވެޓް އާއި އެކު ވީ އެއްބަސްވުމުގެ ތެރެއިން

ޗައިނާގެ މަޤްބޫލު ފަރުނީޗަރު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓުޒި ކާސާ އާއި ގެދޮރު އިމާރާތް ކުރުމުގައި ކުރި އަރާފައިވާ ކަލަރލޭންޑް ގުރޫޕުގެ ކުންފުންޏެއް ކަމަށްވާ ބިލްޑް ޓެކް އާއި ދެމެދު ވިޔަފާރީގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޓުޒި ކާސާގެ ސީ.އީ.އޯ، ފްރޭންކް ޒެންގް އަދި ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރ އަލީ ފައްޔާޒް އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޓުޒި ކާސާގެ ސީ.އީ.އޯ، ފްރޭންކް ޒެންގް ވިދާޅުވީ، ބިލްޑްޓެކްއާއި އެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން ޓުޒި ކާސާގެ ތަފާތު ޑިޒައިންތައް ރާއްޖެ އަށް ފެތޭ ސައިޒުތަކަށް ތައްޔާރުކޮށް ދެވޭނެ ކަމަށެވެ. ހަމައެހެންމެ ޓުޒި ކާސާގެ ކޮލިޓީ ޚިދުމަތްތައް ރާއްޖެ ގެނެސް ދިވެހިންނާއި ހިސާބަށް ފޯރުކޮށްދިނުމަކީ ރާއްޖޭގެ މާކެޓަށް ރަނގަޅު ބަދަލެއް ގެނުވާނެ ކަަމަކަށް ވެގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.

ގިނަ ދިވެހިންނަށް މީހާ ޗައިނާ އަށް ގޮސް ޑިޒައިންތައް ބަލާލުމުގެ ފުރުސަތު ނުލިބޭ އިރު ރާއްޖެ އިން ލިބެން ހުންނަ ގިނަ ޑިޒައިންތަކަކީ ފިކްސްޑް ޑިޒައިންތަކެވެ. އެހެންކަމުން ބިލްޑްޓެކް އިން މި އެއްބަސްވުމާއި އެކު ފަހިކޮށްދެނީ ކޮލިޓީ މޮޅު އުފެއްދުންތައް ދިވެހިންނާއި ހަމައަށް ގެނެސްދެވޭނެ މަގެކެވެ. އެހެންކަމުން މިއީ އަލަށް އިމާރާތްކުރާ ގެތަކާއި ފްލެޓްތަކަށް ކަމުދާނެ ޚިދުމަތަކަށް ވާނެ އެވެ.

" އަޅުގަނޑުމެން ދިރިއުޅެނީ ވަރަށްވެސް ކުދި ކޮޓަރިތަކުގަ. މިތަން ތަނަށް ސްޓޭންޑަރޑް އަލަމާރިއެއް ގެންނައިރަށް ކޮޓަރި ފުރޭ. އެހެންވީމަ ބޭނުން ކަސްޓަމައިޒް ޑިޒައިން. އެކޮޓަރިއަކާއި އެކަށޭނަ ސައިޒުގެ ކަބަޑުތަށް ބޭނުންވަނީ. ރަނގަޅު އަގުގައި އަދި ރަނގަޅު ކޮލިޓީގެ ކެބިނެޓްރީ ބޭނުންވަނީ. ބޭނުންވާ ޑިޒައިން، ސީދާ ޗައިނާއިން ގެއަށް ގެނެވޭނެގޮތް މިވީ. އެވެސް އެކަށޭނަ އަގުގައި" ބިލްޑްޓެކްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރި ޑިރެކްޓަރ، އަލީ ފަޔާޒް ވިދާޅުވި އެވެ.

ބިލްޑްޓެކް އިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ފޮޝާންގައި ހުންނަ ޓުޒި ކާސާގެ ފެކްޓަރީތަކުން ދިވެހިން ބޭނުންވާ ކަސްޓަމައިޒް ޑިޒައިންތައް ދިވެހިންނާއި ހަމަ އަށް ފޯރުކޮށް ދިނުމަށް މަގު ފަހިވެގެން ދާނެ އެވެ. އަދި ފަރުނީޗަރާއި ހިފާގެން ގުޅޭތަކެތި ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަސްޓަމައިޒްކޮށްގެން ރާއްޖެ އާއ ހަމައަށް ފޯރުކޮށްދެވޭނެ މަގު ވެސް މި އާއި އެކު ފަހިވެގެން ދާނެ އެވެ.

މީގެ އިތުރުން މި ޚިދުމަތްތައް ފައިނޭންސް ކުރުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމުގެ އިތުރުން އަތްފޯރާ ފަށުގައި ޚިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބޭ އިތުރު ލުއިފަސޭހަ އަކަށް ވެގެން ދާނެ އެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަަށުން ގެއެއް އިމާރާތްކުރުމަށްފަހު، ގޭގެ އެތެރޭގެ ފިނިޝިންގ ހެދުމަށާއި ގެއަށްބޭނުންވާ ފަރުނީޗަރު އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދެވޭނެ އެވެ.

ޓުޒި ކާސާ އަކީ ދުނިޔޭގެ ފެންވަރަށް ގެވެހި ފަރުނީޗަރުގެ ބަދިގޭގެ ވަތަގަޑުތަކާ ހަމައަށް ފަރުނީޗަރު (ކެބިނެޓްރި) ތައްޔާރު ކުރުމުގެ އިތުރުން އިމާރާތުގެ އެތެރޭގެ ފިނިޝިންގްއަށް ބޭނުންވާ ތަފާތު ޑިޒައިންތަކުގެ ފުލޯރިންގ އާއި، ސީލިންގް ޕެނަލާއި ސީލިންގް ލައިޓް ވެސް ބޭނުންވާ ފަރާތްތަކަށް ފޯރުކޮއްދޭ ބޮޑު ކުންފުންޏެކެވެ.

ޓުޒި ކާސާބިލްޑްޓެކްކަލަރލޭންޑް ގުރޫޕު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 ޖޫން 2017

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް
22 މެއި 2017

އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި

22 މެއި 2017
އިސްލާމީ ޝަރީޢާއާ އެއްގޮތް ގަނެވިއްކުމުގެ ފައިނޭންސް ސްކީމެއް އެލިއާއިން ތައާރަފްކޮށްފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް