Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. ދިއްދޫ

ދެން ދިއްދޫ އަށް މުއިއްޒު ވަޑައިގަންނަވާނީ މަތިންދާ ބޯޓުގައި

ދިއްދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައި ދެއްވާނެ

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 20:55
ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާތީ އެރަށުގައި ސަރުކާރުން އަޅައިދޭން ބުނީ އެއަރޕޯޓަށް ވާނުވާ ނޭގޭތީ ދަމާފައިވާ ބެނަރ އެއް

ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާތީ އެރަށުގައި ސަރުކާރުން އަޅައިދޭން ބުނީ އެއަރޕޯޓަށް ވާނުވާ ނޭގޭތީ ދަމާފައިވާ ބެނަރ އެއް

ދިއްދޫއަށް ދެން ވަޑައިގަންނަވާނީ، އެ ރަށުގެ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި، އެ އެއަރޕޯޓް ހުޅުވައިދެއްވުމަށް ކަމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަދުގެ ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ހއ. ދިއްދޫގައި އެއަރޕޯރޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، އަނެއްކާވެސް ރައީސް މުޢިއްޒު ދެއްވައިފިއެވެ.

Advertisement - newsAdvertisement

ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައި މި ވަނީ، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް އަންގާރަ ދުވަހު ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އަންގާރަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅުދައްވަމުން މުއިއްޒު ވިދާޅުވީ، ހއ. ދިއްދޫގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ތަރުތީބުކުރެވިފައިވާ ކަމަށެވެ. އެގޮތުން، އެމް.ޓީ.ސީ.ސީއާއި، ބޭރުގެ ފަރާތަކާއެކު ފްރޭމްވަރކް އެއްބަސްވުމެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތްތައް ފެށުމާ ހަމައަށް މިހާރު ދަތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

އެމްޓީސީސީ އާ ދިއްދޫ އެއަރޕޯޓު އެޅުމުގެ ކޮންޓްރެކްޓް ގައި ސޮއި ކުރުން ބާއްވާފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސް ވަރު ހުސްވި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު ދިއްދޫގައެވެ.

އޭގެ ފަހުން އެ މަޝްރޫއުގެ އެއްވެސް ކަމެއް ކުރިއަށް ގޮސްފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރު، ވަރަށް އަވަހަށް އަމަލީ ސިފައެއްގައި، ބިން ހިއްކުމުގެ މަސައްކަތާއެކު ފައްޓަވައި، އެކަން ނިންމަވައި، ދެން ކުރަންހުރި ހުރިހައި ކަމެއް ބާރު ދުވެލީގައި ފައްޓަވައި ދެއްވާނެ ކަމަށެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން، ހއ. ދިއްދޫގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާނެ އިތުރު މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ދިއްދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

އަދި ހއ. ދިއްދޫގެ ހޮސްޕިޓަލުގެ ތަރައްޤީއަށްޓަކައިވެސް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމަ މިއާއެކު ބޯހިޔާވަހިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިންވެސް މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ހއ. ދިއްދޫގައި ކުނިމެނޭޖު ކުރުމުގެ ކަންކަން، ވެމްކޯގެ ދަށުން، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕޭންގައި އެރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން މި ދަތުރުފުޅުގައި އަނެއްކާވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ތަކުރާރު ކުރެއްވި އިރު، ތަރައްގީގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ދިއްދޫގައި ނުހިނގާތީ އެކަމުގެ ހިތްހަމަ ނުޖެހުން ފާޅު ކޮށް އެމަނިކުފާނު ވަޑައިގެންނެވި ވަގުތު ދިއްދޫގެ ބައެއް މީހުން ވަނީ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވާ އިހުތިޖާޖު ކޮށްފައެވެ.

ހއ. ދިއްދޫރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު