Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ފުރަތަމަ އެއަރ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް އެންގި ނަމަވެސް ތަނެއް ހަމަޖެހިފައި ނެތް

އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ގާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް މި ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގާ އަމުރުކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ނޮވެމްބަރު 2025 | އަންގާރަ 03:36
އެއަރ ކޯރގައި ބޭނުންކުރާ ޑްރޯނެއް - އެއަރ ސްޓޭޝަން ގާއިމްކުރާނެ ތަނެއް ހަމަޖައްސާފައި ނުވޭ

އެއަރ ކޯރގައި ބޭނުންކުރާ ޑްރޯނެއް - އެއަރ ސްޓޭޝަން ގާއިމްކުރާނެ ތަނެއް ހަމަޖައްސާފައި ނުވޭ

ފުރަތަމަ އެއަރ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް އެންގި ނަމަވެސް ތަނެއް ހަމަޖެހިފައި ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ގާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ގަރާރަކުން ހޯމަ ދުވަހު ވަނީ ނިންމާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެމަނިކުފާނު މިގޮތަށް ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި، 115 ވަނަ މާއްދާގެ (ޓ) އާއި، ގާނޫނު ނަންބަރު 2008/1 (ސިފައިންގެ ގާނޫނު) ގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުންނެވެ.

Advertisement - newsAdvertisement

ނަމަވެސް އެއަރ ސްޓޭޝަން ގާއިމް ކުރަނީ ކޮންތަނެއްގައި ކަމެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. މިވަގުތު އެއަރ ކޯރގެ ސިފައިން އައްޑޫ ސިޓީގެ ގަމުގެ އިތުރުން ލ. ކައްދޫ އަދި ނ. މާފަރުގައި ތިބެ އެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އެއަރ ސްޓޭޝަން ގާއިމްކުރާނެ ތަނެއް އަދި ހަމަނުޖައްސާ ކަމަށެވެ. އަދި ތަނެއް ހަމަޖެއްސުމަކީ މަރުހަލާއެއްގެ ތެރެއިން ދާނެ ކަމެއް ކަމަށާއި، ސްޓޭޝަން ގާއިމްކުރަން އަދި ވަކިތަނެއް ހަމަނުޖައްސާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ރައީސްގެ ގަރާރުގައި ބުނެފައިވަނީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ގާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް މި ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރޗް 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 5/2024 އިންނެވެ. އެއަރ ކޯރ އުފެއްދެވުމުގެ އިތުރުުން އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ހިދުމަތަށް ވަނީ ތާރަފްކޮށްފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުއެއަރ ކޯރއެއަރ ސްޓޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު