Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާ-އެމެރިކާ

ކޮލަމްބިއާ އިން އެމެރިކާގައި ހުންނަ އެ ޤައުމުގެ ސަފީރު އަނބުރާ ގެނެސްފި

އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވަނީ ރައީސް ޕެޓްރޯ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެމެރިކާ އިން އެކަން ކުރާނެ ކަމަށާއި، "އެކަން ކުރާނީ ރީތި ގޮތަކަށް ނޫން" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައި

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 15:40
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ

ކޮލޮމްބިއާ އިން އެމެރިކާ ގައި ހުންނަ އެ ޤައުމުގެ ސަފީރު އަނބުރާ ގެނެސްފިއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގެ ފަހުކޮޅު ކޮލޮމްބިއާގެ ރައީސްއާ ބެހޭ ގޮތުން ބޭއަދަބީ ވާހަކަ ދައްކަވައި، ކޮލަމްބިއާ އަށް ދޭ އެހީ ހުއްޓާލާނެ ކަމަށް އިންޒާރުދިނުމާ ގުޅިގެންނެވެ.

ދެކުނު އެމެރިކާގެ މި ޤައުމުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފައި ވަނީ ސަފީރު ޑެނިއަލް ގާސިއާ-ޕެނާ ވަނީ މިހާރު ބޮގޯޓާ އަށް އެނބުރި ވަޑައިގަނެ، ރައީސް ގުސްޓާވޯ ޕެޓްރޯއާ ބައްދަލު ކުރައްވާފައެވެ.

ޓްރަމްޕް އާދިއްތަ ދުވަހު ޕެޓްރޯ އަކީ "މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް" ކަމަށް ވަނީ ވިދާޅުވެފައެވެ.

ދެ ޤައުމުގެ މެދުގައި އިތުރުވަމުންދާ ޚިލާފު ތައް ފެށުނީ ކެރިބިއަންގައި ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާ އިން ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ. ޓްރަމްޕްގެ ސަރުކާރުން ބުނާ ގޮތުގައި މި އުޅަނދުތަކުގެ ތެރޭގައި ގިނައީ ވެނެޒުއެލާ އިން މަސްތުވާތަކެތި އުފުލާ އުޅަނދުތައް ކަމުގައެވެ.

އެމެރިކާގެ މި ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، މިއީ ޓްރަމްޕް ސަރުކާރުން ކުރަމުން ގެންދާ އެމެރިކާގެ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށް ފުޅާ ދާއިރާއެއްގައި ވަނީ ބެލެވިފައެވެ. އަދި ޕެޓްރޯ ވަނީ މިކަމާ ގުޅިގެން ހަރުކަށި ފާޑުކިޔުންތަކެއް އެމެރިކާ އަށް އަމާޒު ކުރައްވާފައެވެ.

އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ވަނީ ކޮލޮމްބިއާ އަށް ދޭ އެހީ ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕެޓްރޯ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ، އެމެރިކާ އިން އެކަން ކުރާނެ ކަމަށާއި، "އެކަން ކުރާނީ ރީތި ގޮތަކަށް ނޫން" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވެއެވެ.

ކޮލޮމްބިއާގެ އިންޓީރިއަރ މިނިސްޓަރ އަރްމަންޑޯ ބެނެޑެޓީ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ޓްރަމްޕްގެ މި ބަސްތައް އޭނާ އަށް ސިފަ ކުރެވެނީ "ކޮލޮމްބިއާ އަށް އެމެރިކާގެ ސިފައިން އަރާނެ ކަމުގެ އިންޒާރެއް ގެ ގޮތުގައި ކަމަށެވެ.

އެމެރިކާ-ކޮލޮމްބިއާގުސްޓާވޯ ޕެޓްރޯމަސްތުވާތަކެތި ޓްރެފިކްކުރުން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
29 ނޮވެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި
17 ނޮވެމްބަރު 2025

ވެނެޒުއޭލާ ސަރަހައްދު ގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކޮށް، އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ކެރެބިއަން ސަރަހައްދަށް ވަދެއްޖެ

17 ނޮވެމްބަރު 2025
ވެނެޒުއޭލާ ސަރަހައްދު ގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކޮށް، އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ކެރެބިއަން ސަރަހައްދަށް ވަދެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު