Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ލޯފަންކަން

ލޯފަން މީހުންގެ ލޮލަށް ފެންނަ ފަރުވާ އެއް އީޖާދު ކޮށްފި

ސައިންސްގެ އާ އީޖާދަކުން ލޯފަން މީހުންނަށް އަލުން ފެންނަ ގޮތް ހެދުމަށް މަގުފަހިވެއްޖެ. ލޮލުގެ ފަހަތަށް ލައްވާ ޚާއްސަ މައިކްރޯޗިޕެއްގެ އެހީގައި، މުޅިން ލޯފަންވެފައި ތިބި މީހުންނަށް އަލުން އެއްޗެހި ކިޔަން އެނގޭ ހައިރާންކުރުވަނިވި ނަތީޖާ އެއް ވަނީ ހާސިލުކުރެވިފައި.

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 14:28
ލޮލުގެ އިމްޕްލާންޓް ހެދި ޝީލާ ބަލައިގެން ކިޔަނީ

ލޮލުގެ އިމްޕްލާންޓް ހެދި ޝީލާ ބަލައިގެން ކިޔަނީ

ލޮލުގެ ފަހަތައް ލައްވާ އިމްޕްލާންޓެއްގެ އެހީގައި ލޯފަން މީހުންނަށް އަލުން ފެންނަ ގޮތް ސައިންސްވެރިން ހަދައިފިއެވެ.

މި އިމްޕްލާންޓްގެ ސަބަބުން ކުރިން އެއް ގޮތަކަށް ވެސް ލޮލަށް ނުފެންނަ މީހުންނަށް އަލުން އެއްޗެހި ބަލައިގެން ކިޔަން އެނގޭ ކަމަށް ވަނީ ހާމަވެފައެވެ.

ލަންޑަނުގެ މޫފީލްޑްސް އައި ހޮސްޕިޓަލުގައި ފަސް މީހެއްގެ ލޮލަށް މައިކްރޯޗިޕް އިމްޕްލާންޓް ކުރި ޑޮކްޓަރު ބުނެފައި ވަނީ ނަތީޖާތައް "ހައިރާން ކުރުވަނިވި" ކަމަށެވެ.

ލޯފަން މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 70 އަހަރުގެ ޝީލާ އަރވިން ބީބީސީ އަށް ބުނެފައި ވަނީ އަލުން ކިޔަން އެނގުމަކީ "މި ދުނިޔެމަތީގެ ކަމެއް ނޫން" ކަމަށެވެ. އެއީ އަދި ހައިރާން ކުރުވަނިވި ކަމެއް ކަމަށާއި އެކަމުން އޭނާ އަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށް ބުނެފައިވެއެވެ.

މި ޓެކްނޮލޮޖީން އުއްމީދު ލިބެނީ އުމުރާ ގުޅިފައިވާ މެސްކިއުރަރ ޑީޖެނެރޭޝަން (އޭއެމްޑީ) ބަލި ލޮލަށް ޖެހުމުގެ ސަބަބުން ފެނުމުން މަހުރޫމު ވެފައިވާ މީހުންނަށެވެ. މުޅި ދުނިޔޭގައި ފަސް މިލިއަން މީހުންނަށް މިހާލަތު ދިމާވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި ބަލި ގިނައިން ޖެހެނީ އުމުރުން ދޮށީ މީހުންނަށެވެ. ބަލި ޖެހެން މެދުވެރިވަނީ ލޮލުގެ ފަހަތުގައިވާ ރެޓީނާގެ ކުޑަކުޑަ ސަރަހައްދެއްގައިވާ ސެލްތަކަށް ގެއްލުންވެ، މަރުވަމުން ދިއުމުންނެވެ. މީގެ ސަބަބުން ލޮލުގެ ފެނުން ފުސްވެ މަންޒަރު އޮޅޭ ގޮތްވެއެވެ. ގިނަފަހަރު ކުލަ އަދި މަންޒަރުގެ ތަފްސީލުތައް ގެއްލެއެވެ.

އާ ފަރުވާ ގައި ހިމެނެނީ އިންސާނެއްގެ އިސްތަށްޓެއްގެ ބޯމިނުގެ، 2 މިލިމީޓަރު ހުންނަ ހަތަރެސްކަން ފޮޓޯވޯލްޓިކް މައިކްރޯޗިޕެއް ލޮލުގެ ރެޓީނާގެ ދަށަށް ލެއްވުމެވެ.

އޭގެ ފަހުން ބަލިމީހުން އަޅަނީ ވީޑިއޯ ކެމެރާ އެއް ހަރުކޮށްފައިވާ އައިނެކެވެ. ކެމެރާ އިން ވީޑިއޯ މަންޒަރުތަކުގެ އިންފްރާރެޑް ބީމެއް ލޮލުގެ ފަހަތަށް ލައްވާފައިވާ އިމްޕްލާންޓަށް ފޮނުވައެވެ. އޭގެ ފަހުން އެ މަންޒަރުތައް ފޮނުވަނީ ކުޑަކުޑަ ޕޮކެޓް ޕްރޮސެސަރަކަށެވެ. އެއީ އިތުރަށް ރަނގަޅުކޮށް، ސާފުކުފުކުރުމަށެވެ.

އޭގެ ފަހުން މަންޒަރުތައް އިމްޕްލާންޓާއި އޮޕްޓިކް ނާރުގެ ޒަރީއާ އިން ބަލިމީހާގެ ސިކުނޑިއަށް ފޮނުވައެވެ. މިގޮތުން ބަލިމީހާ އަށް އަލުން ފެންނަން ފަށައެވެ.

ބަލިމީހުންނަށް އަލަށް ފެންނަން ފަށާ މަންޒަރުތައް ދެނެގަނެ އަހުލުވެރިވުމަށް މަސްތަކެއް ހޭދަކުރަން ޖެހޭ ކަމަށް ވެއެވެ.

މި ދިރާސާ އިނގިރޭސިވިލާތުގައި ހިންގި ލަންޑަނުގެ މޫފީލްޑްސް އައި ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އޮފްތަލްމިކް ސަރޖަން މަހީ މުޤިތު ބީބީސީ އަށް ބުނެފައި ވަނީ މިއީ އައު އީޖާދެއް ކަމަށާއި އަދި ދިރިއުޅުމަށް ބަދަލު ގެނެސްދޭ ޓެކްނޮލޮޖީ އެއް ކަމަށެވެ.

"މިއީ ބަލިމީހުންނަށް މާނަހުރި ގޮތެއްގައި ފެނުމުގެ ހިއްސު އިއާދަ ކޮށްދޭކަން ސާބިތުވެފައިވާ ފުރަތަމަ އިމްޕްލާންޓް. ފެނުން އިއާދަވާ މީހުންނަށް ދުވަހުން ދުވަހަށް ބޭނުން ކުރެވޭނެ. މިސާލަކަށް ކިޔުމާއި ލިޔުމަށް."

"އަހަރެން ދެކޭގޮތުގައި މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ބުންޏެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިޢު ކޮށްފައިވާ ދިރާސާގައި، ޔޫރަޕުގެ ފަސް ޤައުމެއްގެ ޖިއޮގްރަފިކް އެޓްރޮފީ ޖެހިފައިވާ 38 ބަލިމީހުން ބައިވެރިވިއެވެ. މި ތަޖުރިބާގައި ބޭނުން ކުރީ ކެލިފޯނިއާގެ ބަޔޯޓެކް ސައިންސް ކޯޕަރޭޝަނުން އުފައްދާފައިވާ ޕްރައިމާ އިމްޕްލާންޓެވެ.

އިމްޕްލާންޓް ކުރި 32 ބަލިމީހުންގެ ތެރެއިން 27 މީހުންނަށް ލޮލުގެ ފެނުން ބޭނުން ކޮށްގެން އަލުން ކިޔަން އެނގުނެވެ.

މި ދިރާސާ ގައި ބައިވެރިވި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ވިލްޓްޝަޔަރުގެ ޝީލާ އަކީ އެއް ގޮތަކަށް ވެސް ލޮލުގެ ފެނުން ނެތް މީހެކެވެ.

ނަމަވެސް މޫފީލްޑްސް ހޮސްޕިޓަލުގައި ޝީލާ އައި ޗާޓެއް ކިޔަމުން ދިޔަ ވީޑިއޯ އެއް ބީބީސީ އިން ނެގިއިރު، އޭނާ އެއްވެސް ކުށެއް ނެޖެހި އަކުރުތައް ވަނީ ކިޔާފައެވެ.

ޕްރައިމާ އިމްޕްލާންޓަކީ އަދި ލައިސަންސް ލިބިފައިވާ ޓެކްނޮލޮޖީއެއް ނޫނެވެ. އެހެންކަމުން ކްލިނިކަލް ތަޖުރިބާތަކުން ބޭރުން އަދި މި ފަރުވާ ލިބޭކަށް ނެތެވެ. އަދި މި ފަރުވާގެ އަގަކީ ކިހާވަރެއްކަން އަދި ސާފެއް ނޫނެވެ.

އެހެންނަމަވެސް، މަހީ މުޤިތު އުއްމީދު ކުރަނީ "އަހަރުތަކެއްގެ ތެރޭގައި" އިނގިރޭސިވިލާތުގައި ބައެއް ބަލިމީހުންނަށް މި އިމްޕްލާންޓް ލިބޭނެ ކަމަށެވެ.

މުސްތަޤްބަލުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެން ލޮލުގެ ބަލިތައް ޖެހިފައިވާ މީހުންނަށް ވެސް އެހީތެރިވެވިދާނެއެވެ.

މެކިއުލަރ ސޮސައިޓީގެ ރިސަރޗް ޑައިރެކްޓަރ ޑރ. ޕީޓަރ ބްލޫމްފީލްޑް ބުނެފައިވަނީ މި ނަތީޖާތަކަކީ "ހިތްވަރުދޭ" އަދި މިހާރު އެއްވެސް ފަރުވާއެއް ނެތް މީހުންނަށް "އުފާވެރި ޚަބަރެއް" ކަމަށެވެ.

މަސްދަރު: ބީބީސީ

މޫފީލްޑްސް އައި ހޮސްޕިޓަލްޕްރައިމާ އިމްޕްލާންޓްލޯފަންކަންމެކިއުލަރ ޑީޖެނެރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!

ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!

12 އެޕްރީލު 2020
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

07 އެޕްރީލު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރިއްޔާ ނުކުމެއްޖެ

މަރުވާ މީހުންގެ ހަށިތައް އުފުލުމަށް އިޓަލީގެ އަސްކަރިއްޔާ ނުކުމެއްޖެ

19 މާރިޗު 2020
ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

10 ޖޫން 2018

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު