Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. އިސްމާއިލް ޝަފީއު

ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ވަޒީރުގެ ބަދުބަސް ޕްރިންސިޕަލުންނަށް!

11 އޮކްޓޯބަރު 2025 | ހޮނިހިރު 13:41

ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އޮކްޓޯބަރު 2025 | ހޮނިހިރު 13:41
ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު، ޕްރިންސިޕަލުންގެ ކޮންފަރެންސް ގައި ވާހަކަ ދައްކަވަނީ

ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު، ޕްރިންސިޕަލުންގެ ކޮންފަރެންސް ގައި ވާހަކަ ދައްކަވަނީ

ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު ޕްރިންސިޕަލުންނާއި މެދު ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ މަނިކުފާނަށް ޕްރިންސިޕަލުންގެ ނުރުހުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު އެވެ.

Advertisement - newsAdvertisement

އެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ, ވިސްނާ ގައުމު ދެކެ ލޯބިވާ ރައްޔިތަކު އުފެއްދުމަކީ ތައުލީމީ ނިޒާމްގެ ތެރެއިން ވިސްނަން ޖެހޭ ކަމެއް ކަމަށާއި އެ ނޫން ގޮތަކަށް ވަށާ ޖެހޭ ތައުލީމީ ނިޒާމެއް އެކުލެވިގެން ނުދާނެ ކަަމަށެވެ. އަދި ޕްރިންސިޕަލުންގެ މިފަހަރުގެ ކޮންފަރެންސް ކުރީގެ ކޮންފަރެންސްތަކަށް ވުރެ ފުރިހަމަ ކަމަށް ދެއްކުމަށް އެ މަނިކުފާނު ވަނީ މަސައްކަތްކުރައްވާފައެވެ. ކުރިން ޕްރިންސިޕަލުން ކޮންފަރެންސް އަށް އަންނަނީ ތައްޔާރު ނުވެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައިވެއެވެ.

މީގެ އިތުރުން މިއީ މުދައްރިސުން ބައިވެރިކޮށްގެން ޕްރިންސިޕަލުންގެ ކޮންފަރެންސް ހިންގާ ފުރަތަމަ ފަހަރު ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް އެއީ ހަގީގަތާއި ޚިލާފު ވާހަަތަކެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ ކުރިން ވެސް ބައެއް ކޮންފަރެންސްތަކުގައި މުދައްރިސުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ މަދަރުސާތަކުގެ ހުރިހާ ޕްރިންސިޕަލުންގެ ކޮންފަރެންސެއް ބޭއްވުމަކީ އެ ދާއިރާ އަށް ނުހަނު ބޭނުންތެރިކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ތައުލީމީ ދާއިރާ ކުރިއެރުވުމުގައި ވިސްނާ ފިކުރުކޮށް މިހާރު މަސައްކަތްކުރާ ގޮތަށް ވެސް ބަލާލުން މުހިންމު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ސްކޫލް ނިންމާފައި ނުކުންނަ ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ތައުލީމީ ދާއިރާގެ މުހިންމު ކަމަށް އެ މަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެހެންނަމަ ވެސް ކޮންފަރެންސް އަށް އަންނަ އިރު މީގެ ކުރިން ޕްރިންސިޕަލުން އަންނަނީ ހުސްއަތާ ކަމަށް ފާހަގަކުރައްވާ ޕްރިންސިޕަލުން ދަށްކޮށްލާ މޭރުމަކުން އެ މަނިކުފާނު ވާހަކަދައްކަވާފައިވާ ކަމަށް އެ ކޮންފަރެންސް އަށް ހާޒިރުވި ބައެއް ޕްރިންސިޕަލުންނާއި ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން ފާހަގަކޮށްފައިވެއެވެ.

"ކުރީގައި ޕްރިންސިޕަލުން ވަޑައިގަންނަވާ ކޮންފަރެންސް އަށް. އެހެންނަމަވެސް ޓީޗަރުންގެ މާ ބޮޑު އިންޕުޓެއް ނޯވޭ. މި ފަހަރު ޕްރިންސިޕަލުން އައީ މުދައްރިސުންނާއި މަޝްވަރާކޮށް، މުދައްރިސުންނަށް ދިމާވާ ދަތިތައް މަޝްވަރާކޮށް، އެއީ ކްލާސްރޫމްގައި ކަމުގައި ވީ ނަމަވެސް، ކޮމިއުނިޓީ ލެވެލްގައި ކަމުގައި ވީ ނަމަވެސްމެ، ކަރިކިއުލަމް ތަންފީޒު ކުރުމުގައި ކަމުގައި ވިޔަސް އެކަންކަން ހޯދާ މަޝްވަރާކޮށްގެން އެ ބޭފުޅުންގެ ރެކޮމެންޑޭޝަންތަކަށް މި ކޮންފަރެންސްގައި އަލިއަޅުވާލާނީ." އެ މަނިކުފާނު ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ މަސައްކަތުގެ ތެރޭގައި މުދައްރިސުންނަށް ދިމާވާ ދަތިތަކާއި އުނދަނގޫތައް ދެނެގަތުމާއި މުދައްރިސުން މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ. އެހެން އޮތްކަމެއްގައި ޕްރިންސިޕަލުން އެކަން ނުބަލާ ކަމަށް ދޭހަވާ މޭރުމަކުން ވަޒީރު ވާހަކަދެއްކެވުމަކީ އެއީ ޕްރިންސިޕަލުން ދަށްކޮށްލާ ލަދުގަންނަވާލަން މަސައްކަތް ކުރުން ކަމަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ޑރ. އިސްމާއިލް ޝަފީއު ޕްރިންސިޕަލުންގެ ކޮންފަރެންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
07 ސެޕްޓެމްބަރު 2025

ރެހެންދި ސްކޫލު އަށް އިންޒާރުގެ މެއިލްއެއް، އެއްވެސް ނުރައްކަލެއް ނެތް: މިނިސްޓަރ ޝަފީޢު

07 ސެޕްޓެމްބަރު 2025
ރެހެންދި ސްކޫލު އަށް އިންޒާރުގެ މެއިލްއެއް، އެއްވެސް ނުރައްކަލެއް ނެތް: މިނިސްޓަރ ޝަފީޢު
05 މެއި 2025

ރާއްޖޭގައި 3740 ކްލާސްރޫމް، ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް އޭސީ ހަރުކުރެވިފައިވަނީ 401 ކްލާސް ރޫމްގައި

05 މެއި 2025
ރާއްޖޭގައި 3740 ކްލާސްރޫމް، ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް އޭސީ ހަރުކުރެވިފައިވަނީ 401 ކްލާސް ރޫމްގައި
05 ޖުލައި 2018

ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ މުފްތީ ރާއްޖެ ވަޑައިގެންފި

05 ޖުލައި 2018
ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ މުފްތީ ރާއްޖެ ވަޑައިގެންފި
26 ޖޫން 2018

ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން މާސްޓަރޒްގެ ދެ ވަނަ ބުރަށް ހުޅުވާލައިފި

26 ޖޫން 2018
ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން މާސްޓަރޒްގެ ދެ ވަނަ ބުރަށް ހުޅުވާލައިފި
29 މާރިޗު 2018

ފޮރިންގ މިނިސްޓަރ ޑރ. އާސިމް، ކުވައިތު ބޮޑު ވަޒީރުގެ ނައިބާއި، ކުވައިތު ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

29 މާރިޗު 2018
ފޮރިންގ މިނިސްޓަރ ޑރ. އާސިމް، ކުވައިތު ބޮޑު ވަޒީރުގެ ނައިބާއި، ކުވައިތު ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި
20 ޑިސެމްބަރު 2017

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި

20 ޑިސެމްބަރު 2017
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި
20 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން "ފިޔަވަތި"އަށް ޒިޔާރަތް ކުރައްވައިފި

20 ޑިސެމްބަރު 2017
މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން "ފިޔަވަތި"އަށް ޒިޔާރަތް ކުރައްވައިފި
20 ޑިސެމްބަރު 2017

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީކޮަށް މަރުހަބާ ދަންނަވައިފި

20 ޑިސެމްބަރު 2017
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީކޮަށް މަރުހަބާ ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް