Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސް

ވަގައް އެތެރެކޮށްފައި ހުއްޓާ ވަގަށް ނެގި ސިނގިރޭޓުގެ އަގު 100 މިލިއަނަށް އަރާ!

ގެއްލިފައިވާ ދެ ކޮންޓެއިނަރގައި ޖުމުލަ 13,600,000 ސިނގިރޭޓު ސްޓިކް ހިމެނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 12:34
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައިކަމާއި އޭގެ އަގު 100 މިލިއަން ރުފިޔާ އަށް އަރާ ކަން ހާމަވެއްޖެއެވެ.

ޤާނޫނާއި ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ސިނގެރެޓް ކޮންޓެއިނަރ ގެއްލިފައިވާ މައްސަަލަ ފެންމަތިވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މި މައްސަލަ އަކީ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރގައި ހުރި 1،360 ކޭސް ސިނގިރޭޓް ގެއްލިފައިވާ މައްސަލައެކެވެ.

ގެއްލިފައިވާ ދެ ކޮންޓެއިނަރގައި ހިމެނެނީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. މި ތަކެތީގެ އަގަށް ބަަލާ ނަމަ ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ ކަން ފާހަގަކޮށްލެވެއެވެ.

މި ކޮންޓެއިނަރތަކަކީ "ބިންލާދިން ގްރޫޕް"ގެ ނަމުގައި އެތެރެކޮށްފައިވާ އެއްޗެހިތަކެއް ކަމަށް ރާއްޖޭގެ އެހެން ބައެއް މީޑީއާ ތަކުގައި ވެސް ރިޕޯޓު ކޮށްފައި ވެއެވެ. މިކަމާއި މެދު ބަހެއް ހޯދުމަށް ކަސްޓަމްސްގެ މީޑިއާ އާއި ގުޅުމަށް ރާއްޖެއެމްވީ އިން ކުރި މަަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އަދި މިކަމާއި މެދު ފުލުހުންގެ ކޮމެންޓެއް ހޯދުމަށް އެދުމުން ކޮމެންޓެއް ދޭނެ ކަމަށް ބުނި ނަމަވެސް އަދި ކޮމެންޓެއް ލިބިފަ އެއް ނުވެއެވެ.

ގެއްލިފައިވާ ސިނގިރެޓް ކޮންޓެއިނަރތައް ގެއްލިފައި ވަނީ އެމްޕީއެލް ހުޅުމާލޭ ބަނދަރުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިނގިރެޓްތައް އަޅާފައިވާ ދެ ކޮންޓެއިނަރު އެތެރެކޮށްފައި ވަނީ ބިންލާދިން ގްރޫޕުގެ ޕްލައިވުޑް ކޮންޓެއިނަރު ތަކެއް ކަމަށް ބުނެ އޮޅުވާލައިގެންނެވެ.

ނަމަވެސް މިކަމާއި މެދު ކަސްޓަމްސް އިން ވެސް ފުލުހުންގެ އިދާރާ އިން ވެސް އަދި އެއްޗެއް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިފައިވާ ދެ ކޮންޓެއިނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް މުދާ ގެނައި އިރު އެ މުދާތަކާއެކު ވަގަށް އެތެރެކުރި ދެ ކޮންޓެއިނަރެވެ. އަދި މި ސިނގިރެޓްތައް ހިފެހެއްޓީ އެޕްރީލް މަހުގައެވެ.

ބިންލާދިން ގްރޫޕްކަސްޓަމްސް އެމްޕީއެލްހުޅުމާލެ ބަނދަރުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު