Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަސްމާރުކޭޓު މައްސަލައިގައި މުއިއްޒު ހެދި ގޯސް ފޮރުވަން ޕީއެންސީ ކައުންސިލަރުން ދެފައި އެއްތާކު ނުޖެހޭ

ޕީއެންސީގެ ކައުންސިލަރުންނާއި، މުއިއްޒުގެ މޭޔަރުކަމުގައި ހަދާފައިވާ ގޯސްތަކާއި ސިޓީ ކައުންސިލްގެ ފައިސާ ހަރަދުކުރިގޮތް މި ކަންކަމުން އެނގިދާނެތީ ޕީއެންސީގެ ކައުންސިލް މެންބަރުން ދަނީ ޖަލްސާތައް ނުބޭއްވޭނެ ގޮތަކަށް މަސައްކަތް ކުރަމުންނެވެ. ކެޔޮކެއިވަރު އިނގޭނީ ބިތު ފަންގި ނެގީމާއޭ ބުނާ އުސޫލުން ކަންކަން ތިލަވެ ހާމަވާން ފެށުމުން ކަންކަމުގައި މަތިޖަހަން މަސައްކަތް މިކުރަނީ ކޮރަޕްޝަނާއި ދެކޮޅުކަމަށް ވަކާލާތުކުރާ މީހުންނެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 13:34
މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ މަސް މާރުކޭޓާއި ގުޅުންހުރި އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައި

މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ މަސް މާރުކޭޓާއި ގުޅުންހުރި އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައި

މާލޭގެ މޭޔަރަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު، މާލޭ ރޯމަސް މާރުކޭޓް ކުއްޔަށް ދިނުމާއި އެތަނާއި ގުޅުންހުރި ގިނަ މުއާމަލާތްތައް ހިންގާފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ނުވަތަ މި ކަމުގައި ރިޝްވަތުގެ އެތައް ކަމެއް ހިނގާފައިވާކަން މިހާތަނަށް އެނގެން އެބައޮތެވެ. ސާފު ހުދު ފޮތިކޮޅެއްކަމަށް ދައްކަވަން މަސައްކަތް ކުރާ މުއިއްޒުގެ ފަސްބައިގައި ކިލަނބު ހޭކުނު މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެެވެ. ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން އެކި ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ.

މި މައްސަލައިގެ އެކި ހިސާބަށް ބަލާލާއިރު މޭޔަރުކަމުގައު ހުންނަވައިގެން ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްފައިވަނީ ބިޑު ކޮމިޓީން ނިންމި ގޮތާ ހިލާފަށެވެ. މާރުކޭޓު ހަވާލުކޮށްފައިވަނީ ލ. ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާއެވެ. ބިޑު ކޮމިޓީން ނިންމާފައިވަނީ މަހަކު 130،000 ރުފިޔާއަށް މާރުކޭޓު ކުއްޔަށް ދިނުމަށެވެ. ނަމަވެސް އެއްބަސްވުން ހަދާފައިވަނީ މަހަކު 70،000 ރުފިޔާއަށެވެ. ނުވިތާކަށް ބިލްތައް ނުދައްކާ އެ ބިލްތަކަށް 437،000 ރުފިޔާއަށް ވުރެ ރުފިޔާ އެބަހުއްޓެވެ.

ދެވަނަ ކަމަކީ މުއިއްޒުގެ މޭޔަރު ކަމުގައި އެއްބަސްވުމެއް ނެތި މަސް މާރުކޭޓުގެ ފިހާރަތަކެއް ދޫކުރި މައްސަލައެއް ފެންމަތިވެފައިވެ އެވެ. މުއިއްޒު މާލެ ސިޓީ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، މާލޭ ރޯމަސް މާރުކޭޓު މަތިން އެއްވެސް އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރިއެވެ. ސިޓީ ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނުގައި މާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުންނަ ހުސް ޖާގަތައް ކުއްޔަށް ދޫކޮށްފައިވާ ގޮތާއި، ކުލި ދައްކަމުންދޭތޯ ބެލި އިރު ފުރަތަމަ ފަންގިފިލާގެ ތިން ފިހާރައަކާއި ދެވަނަ ފަންގިފިލާގެ އެއް ފިހާރަ ހިންގަމުން ގެންދަނީ އެއްވެސް އެއްބަސްވުމަކާ ނުލައެވެ. އަދި މި ތަންތަނުން ކުލި ވެސް ދައްކަމުން ނުދާކަން މާރުކޭޓު ސެކްޝަނުން ކައުންސިލް ބިއުރޯއަށް ފޮނުވި މެމޯއިން ހާމަވެފައި ވެއެވެ.

މީގެ އިތުރުން މޭޔަރުކަމުގައި ހުންނަވައިގެން މަސްމާރުކޭޓް ތަރައްގީކުރުމުގެ ނަމުގައި 6.1 މިލިއަން ޑޮލަރަށް މަޝްރޫއެއް ހަވާލުކުރިއެވެ. އަދި ރައީސް ކަމަށް ވަޑައިގަންނަވަން މޭޔަރުކަމުން އިސްތިއުފާ ދެއްވި ދުވަސްކޮޅު މި އެއްބަސްވުން އެހެން ފަރާތަކާއެކު ހެދުމަށްފަހު 9.5 މިލިއަން ޑޮލަރަށް އަގު މަތިކުރިއެވެ. އެކަން ކުރީ ކިހިނެއް ކޮން އިރަކުކަމެއްވެސް ބަޔަކަށް ރޭކާ ނުލައެވެ. ކޮންމެއަކަށް ސިޓީ ކައުންސިލްގައި މޭޔަރުކަމުގައު ހުންނަވާ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމަށް މުއިއްޒު ކަންކަން ކުރެއްވި ކަމަށް ދެކެވޭ ވާހަކަތަށް މި ކަންކަމުން ބާރު ލިބިގެންދެއެވެ.

ޕާކިން ސްލޮޓްތައް ވިއްކާ އެއިން ކަޓް ނެގި ވާހަކައާއި، ސިޓީ ކައުންސިލްގެ ޕްރޮޖެކްޓްތައް ހަވާލުކޮށް އެއިން ކަޓް ނެގި ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މިއީ ކުރިންވެސް ދެކެވިފައި ހުރި ވާހަކަތެކެވެ. ސިޓީ ކައުންސިލްގައި ތިބި ޕީއެންސީގެ ކައުންސިލަރުންނާއި ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގި ވާހަކައެވެ. މިއަދު މި ފެންނަނީ މުއިއްޒު ނެތް ނަމަވެސް އެ ޖަރީމާތަކުގައި މަތިޖަހަން އަދިވެސް އެއްކަލަ ޕީއެންސީގެ ކައުންސިލަރުން އަވަދިނެތި އުޅޭތަނެވެ.

މަސްމާރުކޭޓާއި ގުޅުންހުރި މައްސަލަ ބެލުމަށް ސިޓީ ކައުންސިލްގައި ބައްދަލުވުން ތާވަލުކުރި ނަމަވެސް ޕީއެންސީ ކައުންސިލަރުން ހާޒިރު ނުވެ ކޮންމެ ފަހަރަކު މި ޖެހެނީ ޖަލްސާތައް ކެންސަލް ކުރާށެވެ. އެންމެ ސަބަބެއް އޮވެގެންނެވެ. އެއީ އެޖެންޑާގައި މަސް މާރުކޭޓް ކުއްޔަށް ދިނުމުގެ މައްސަލަ އޮވެގެންނެވެ. 3 ފަހަރު މަތިން މި ބައްދަލުވުން ނުބޭއްވި ޕީއެންސީ ކައުންސިލަރުންގެ ނުފޫޒުން ކައުންސިލްގެ މަސައްކަތްވެސް އޮތީ މިހާރު ހުއްޓުމަކަށް އައިސްފައެވެ.

މާލޭ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫޢުއާ ގުޅިގެން ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ދެ އެއްބަސްވުމެއް ހަދާފައިވާ މައްސަލަ ބެލުމަށް، ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ޖަލްސާއަށް ހާޒިރުކުރަން އެދި ހުށަހެޅި ތިން ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރި އިރު މި ޖަލްސާތަކަށް ހާޒިރުނުވީ އެއިރު މުއިއްޒުގެ އަރިހުގައި ވަފާތެރިކަމާއެކު ކަންކަމުގައި މަތިޖަހަން ތިބި ޕީއެންސީގެ ކައުންސިލް މެންބަރުންނެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައި ވެސް ފެނުނީ މިފަދަ މަންޒަރެކެވެ. މަސް މާރުކޭޓު މައްސަލަ އޮތުމުން ޕީއެންސީ ކައުންސިލަރުން ގަވާއިދާ ހިލާފަށް އެޖެންޑާ ފާސްނުކޮށް ކައުންސިލް ޖަލްސާ ނިންމާލީއެވެ. 3 ޖަލްސާއަށްފަހު ކޯރަމް ހަމަވި ޖަލްސާގައި ޕީއެންސީ ކައުންސިލަރު ލޮޅު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު އެދުނީ މަސް މާރުކޭޓު މައްސަލަ އެޖެންޑާއިން އުނިކުރުމަށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު ފާތިމަތު ޝައުފާ ސަލީމް އެޖެންޑާއިން އުނިކުރަން ހުށަހެޅީ މާލޭގެ ބިންތަކުގެ ތަފްސީލުތަކުގެ މައްސަލައެވެ. މީގެ އިތުރުން ކައުންސިލުން ކުރާ ދަތުރުތައް ގާނޫނާ ގަވާއިދުތަކާ ހިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އުނިކުރަން ވެސް ހުށަހެޅި އެވެ. އެ މައްސަލަ އުނިކުރަން ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އައިމަންއެވެ.

ކޮންމެއަކަށް ޕީއެންސީގެ ކައުންސިލަރުންނާއި، މުއިއްޒުގެ މޭޔަރުކަމުގައި ހަދާފައިވާ ގޯސްތަކާއި ސިޓީ ކައުންސިލްގެ ފައިސާ ހަރަދުކުރިގޮތް މި ކަންކަމުން އެނގިދާނެތީ ޕީއެންސީގެ ކައުންސިލް މެންބަރުން ދަނީ ޖަލްސާތައް ނުބޭއްވޭނެ ގޮތަކަށް މަސައްކަތް ކުރަމުންނެވެ. ކެޔޮކެއިވަރު އިނގޭނީ ބިތު ފަންގި ނެގީމާއޭ ބުނާ އުސޫލުން ކަންކަން ތިލަވެ ހާމަވާން ފެށުމުން ކަންކަމުގައި މަތިޖަހަން މަސައްކަތް މިކުރަނީ ކޮރަޕްޝަނާއި ދެކޮޅުކަމަށް ވަކާލާތުކުރާ މީހުންނެވެ.

ފޮރުވަން މިއުޅެނީ މޭޔަރުކަމުގައި މުއިއްޒު މާލޭގެ މަސް މާރުކޭޓް ކުއްޔަށްދިން ގޮތާއި އޭގެ ހަގީގަތް ހާމަވެދާނެތީއެވެ. ފޮރުވަން މަސައްކަތް މިކުރަނީ މޭޔަރުކަމުން ރައީސްކަމަށް ވަޑައިގަތުމުގެ ތެރޭގައި މާލޭގެ މަސްމާރުކޭޓު ހެދުމުގެ އެއްބަސްވުމުގެ އަގު އެތައް މިލިއަން ޑޮލަރަކުން ބޮޑުވި މައްސަލައެވެ. ފޮރުވަން މިއުޅެނީ މަސްމާރުކޭޓުގެ ފިހާރަތަކާއި ލޭބަރ ކުއާޓާއެއް ހިލޭ ބަޔަކަށް ދިން މައްސަލައެވެ. ފޮރުވަން މި އުޅެނީ މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެން ހޭވި ހަޑިއެވެ.

ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލްރޯމަސް މާރުކޭޓުޕީއެންސީކޮރަޕްޝަން މާލެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު