Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް އަމީރު

ރައީސް މުޢިއްޒު އާންމުކޮށް ދޮގު ހައްދަވާ އުސޫލުން ކަނޑައެޅިގެން ދޮގު ހައްދަވައިފި: އަމީރު

2023 ވަނަ އަހަރު ޖުމްލަ 202 ޕްރޮޖެކްޓް އެވޯޑްކުރެވުނު ކަމަށާއި އޭގެ ތެރެއިން 103 ޕްރޮޖެކްޓް އެވޯޑްކުރެވިފައިވަނީ ޖުލައިން ފެށިގެން ނޮވެމްބަރާ ހަމައަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2025 | އަންގާރަ 13:12
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އާއްމުކޮށް ރައީސް މުޢިއްޒު ދޮގު ހައްދަވާ އުސޫލުން ކަނޑައެޅިގެން ދޮގު ހައްދަވައިފި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިހާރު ޕްރޮޖެކްޓްތައް ހުއްޓިފައިވަނީ 2024 ގައި އެ މަސައްކަތްތައް ކުރިއަށް ގެންދެވޭ ވަރަށް ބަޖެޓު ނެތުމުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ އަމީރު ވިދާޅުވީ، 2023 ވަނަ އަހަރާއި އޭގެ ކުރީގެ އަހަރުތަކުގައިވެސް ހުރިހާ ޕްރޮޖެކްޓްތަކެއްގެ ޓެންޑަރ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާ އެއްގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

2023 ވަނަ އަހަރު އެވޯޑްކުރެވުނު ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުރި ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. މިގޮތުން 2023 ވަނަ އަހަރު ޖުމްލަ 202 ޕްރޮޖެކްޓް އެވޯޑްކުރެވުނު ކަމަށާއި، އޭގެ ތެރެއިން 103 ޕްރޮޖެކްޓް އެވޯޑްކުރެވިފައިވަނީ ޖުލައިން ފެށިގެން ނޮވެމްބަރާ ހަމައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓެއް އެވޯޑްކުރުމާ ހަމައަށް ދަނީ ގިނަ މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހުގައެވެ. މިސާލަކަށް 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވޯޑްކުރެވުނު 31 ޕްރޮޖެކްޓުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2022 ވަނަ އަހަރު ޓެންޑަރ މަރުހަލާ ފެށިފައިވާ ޕްރޮޖެކްޓްތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ.

އެޑްވާންސް ޕޭމަންޓްތައްވެސް ދޫކުރެވިފައިވަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި 2019 އިން 2023 އަށް، ދަތިތަކާއެކުވެސް ޕްރޮޖެކްޓްތައް ހިންގިފައިވާ ކަމަށާއި، އެ ބަޖެޓްތައްވެސް ފާސްކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލެވުނު އުސޫލުން ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ޓްރާންޒިޝަން މުއްދަތުގައި އައު ސަރުކާރުގެ ޓީމަށް 2024 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށް ފުރިހަމަ ފުރުސަތު ދެވިފައިވާނެއެވެ. އަދި އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެވޯޑްކުރެވުނު ޕްރޮޖެކްޓްތަކަކީވެސް ބަޖެޓުގައިވާ ގޮތަށް، އޭގެ އެތައް މަހެއް ކުރިން ޓެންޑަރ މަރުހަލާ ފެށިފައިވާ ޕްރޮޖެކްޓްތަކެއް ކަމުގައި އަމީރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަތޮޅުތެރޭގައި ފަށާފައިވާ ގިން މަޝްރޫޢުތަކެއް ހުއްޓި އާމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ރައްޔިތުންނަށް ދޭނެ ޖަވާބެއް ނެތި ރައީސް މުޢިއްޒު އެ ރައްޔިތުން ކައިރިއަށް ވަޑައިގެން ދައްކަވާފައިވާ ވާހަކަ ފުޅުތަކަށް ގިނަބަޔަކު އަންނަނީ ފަޑު ކިޔަމުންނެވެ.

ރައީސް ސާލިހްގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމައި ހުޅުވާފައިވަނިކޮށް އެތަންތަނުގެ މަސައްކަތް ނިންމައިދޭނެ ކަމަށާއި ވީހާވެސް އަވަހަކަށް ހުޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު އަންނަނީ ވާހަކަ ދައްކަވަމުންނެވެ. އާންމު ރައްޔިތުން ފާހަގަކުރާ ގޮތުގައި ރައީސް މުޢިއްޒު އެ ރައްރަށަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް އެރަށްރަށުގައި ނިމިފައިވާ ޕްރޮޖެކްޓެއް އަދި ކުރިއަށް ނުގޮސް ހުއްޓިފައިވާ ޕްރޮޖެކްޓެއް އެނގިވަޑައި ނުގަންނަވަ އެވެ.

އިބްރާހިމް އަމީރުފިނޭންސް މިނިސްޓްރީޕްރޮޖެކްޓް ޓެންޑަރބަޖެޓް މަޖިލީސްއެޑްވާންސް ޕޭމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު