Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް ޖަލްސާ

އިދިކޮޅު މެމްބަރުން މުޒާހަރާ ކުރަނިކޮށް މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން ބާއްވާ ޖަލްސާ ފަށައިފި

މިނިވަން މީޑިއާ ނެތިކޮށްލުމަށް ބިލެއް ފާސްކުރަން ބާއްވާ މަޖިލީހުގެ ޖަލްސާ، އިދިކޮޅު މެންބަރުންގެ މުޒާހަރާ ކުރަނިށް ވަނީ ފަށާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2025 | އަންގާރަ 12:34
އަންގާރަ ދުވަހު ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާގެ ތެރެއިން

އަންގާރަ ދުވަހު ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާގެ ތެރެއިން

މިނިވަން މީޑިއާ ނެތިކޮށްލުމަށްޓަކައި ބިލެއް ފާސް ކުރަން ބާއްވާ މަޖިލީހުގެ ޖަލްސާ، މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން މުޒާހަރާ ކުރަނިކޮށް ފަށައިފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖަލްސާ ބާއްވާ ގަޑިއަށް ވުރެ ހަ ގަޑިއިރު ކުރިން މެންބަރުންނަށް އެޖެންޑާ ފޮނުވަން ޖެހެ އެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާ ނެރުނީ މިއަދު ހަވީރު 5:00 ގެ ފަހުންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ އެޖެންޑާ އިއުލާނު ކުރިއިރު، ޖަލްސާގެ އެޖެންޑާގައި އޮތީ މީޑިއާ ނައްތާލާ ބިލުގެ ވާހަކަ އެކަންޏެވެ.

ޖަލްސާ މިހާރު ފަށާފައިވާއިރު ބިލާ ދެކޮޅަށް އިދިކޮޅު މެންބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ މެންބަރުން ނަންތައް ރިޔާސަތުން ދަނީ އިއްވަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަންގާރަ ދުވަހު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ. އެގޮތުން ނޫސްވެރިން ހިމެނޭ ގޮތަށް އެތަށް ބަޔަކަށް ފުލުހުން ވަނީ އނަިޔާ ވެސް ކޮށްފަ އެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަދަދު ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އަނިޔާވެރިކޮށް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށް ބަހައްޓާފައި ހުރި ތަނެއް ފުލުހުން ނުބުނެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ.

މަރުގެ އިންޒާރު ލިބިފައިވާ ނޫސްވެރިންގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.

މަޖިލީހުގެ ޖަލްސާ ކުރިޔަށް ދާއިރު، ނޫސްވެރިން ވެސް ދަނީ މެދު ނުކެނޑި މަޖިލިސް ބޭރުގައި މީޑިއާ ބިލް ބޭރުކުރުމަށް ގޮވާލާ އަށު އުފުލަމުންނެވެ.

މިނިވަން މީޑިއާމަޖިލީސްލީވާން އަލީ ނާސިރުސާއިދު އަޙްމަދުދިވެހި ފުލުހުންމީޑިއާ ބިލު މޯލްޑިވްސް ޕޮލިސް ސަރވިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު