Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް މުހައްމަދު ސާލިހު

އެއަރޕޯޓްތަކުގެ ފަންޑަށް ކުރީގެ ސަރުކާރުން ހޯދި ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ބެލެންސް ހާމަކުރަން މި ސަރުކާރަކަށް ނުކެރޭނެ: މައުރޫފް

މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު، މި ސަރުކާރު އައިފަހުން އެތަނުގެ މަސައްކަތް އިތުރަށް ކުރިއަކަށް ނުދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 15:09
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަހްމަދު މައުރޫފް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަހްމަދު މައުރޫފް

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެއަރޕޯޓް ތަރައްގީކުރުމަށް، ކުރީގެ ސަރުކާރުން ގާއިމުކުރި ފަންޑަށް، އޭރު ހޯދި ފައިސާ ޖަމާކުރި އެކައުންޓްތަކުގެ މިހާރުގެ ބެލެންސް ހާމަކުރަން މި ސަރުކާރަކަށް ނުކެރޭނެކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވެ، ޗެލެންޖުކުރައްވައިފައި ވަނީ ރައީސް މުއިއްޒާއި ފިނެންސް މިނިސްޓަރު މޫސާ ޒަމީރު ޓެގްކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

އއ. ބޮޑުފޮޅުދޫގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ 7 ސަރަހައްދެއްގައި އެއަރޕޯޓް އެޅުމަށް އެމްޑީޕީ ސަރުކާރުން އެއްކޮށް ޖަމާކުރި 86 މިލިއަން ޑޮލަރު ކޮބައިތޯ އާއި، އަދި ލ. ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށްޓަކައި ބަހައްޓައިފައި ހުރި 10 މިލިއަން ޑޮލަރު ކޮބައިތޯ ރައީސް ސޯލިހު ވަނީ ސުވާލު އުފައްދަވައިފައެވެ.

ރައީސް ސޯލިހުގެ މި ވާހަކަފުޅާ ގުޅިގެން، "އެ ފައިސާ ޖަމާކުރީ ކޮންތާކަށްތޯ؟" ސުވާލުކޮށް، މި ސަރުކާރަށް ތާއީދުކުރާ، މުހައްމަދު އަސަދު ކިޔާ މީހަކު އެކުސްގައި ޕޯސްޓެއް ކޮށްފައިވާތީ، އެޔަށް ރައްދުދެއްވާ، މައުރޫފް ވިދާޅުވީ، އެ ފައިސާ ޖަމާކުރީ މިނިސްޓްރީ އޮފް ފިނެންސްގެ ނަމުގައި އެމް.އެމް.އޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށެވެ. ނަމަވެސް، އެއަރޕޯޓް ޕްރޮޖެކްޓްތައް ނުހިންގާ، މި ސަރުކާރުން އެ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށް ހުސްކޮށްފި ކަމަށާއި، އެ ފަންޑުތަކުގެ ބެލެންސް މިހާރު ހާމަކުރަން ސަރުކާރަށް ނުކެރޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެއަރޕޯޓް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން، ފުރަތަމަ 2 އެއަރޕޯޓެއްގެ މަސައްކަތް ފެށުނެވެ.

އެއީ، ހދ. މަކުނުދޫ އަދި ފ. މަގޫދޫގައެވެ.

މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު، މި ސަރުކާރު އައިފަހުން އެތަނުގެ މަސައްކަތް އިތުރަށް ކުރިއަކަށް ނުދެއެވެ.

ފ. މަގޫދޫގައި ހަދަން ފެށި އެއަރޕޯޓްގެ މަސައްކަތް، ރަންވޭއާއި ޓާރމިނަލާއި އޮފީސް އިމާރާތާއެކު، %80 އަށްވުރެ ބޮޑުބައި ނިމިފައި އޮއްވާ މި ސަރުކާރު އައިފަހުން އެތަނުގެ މަސައްކަތް ވަނީ އެއްކޮށް ހުއްޓިފައެވެ.

އެހެންކަމުން، އެ 2 ރަށުގެ އެއަރޕޯޓްގެ މަސައްކަތް ނިމިފައި ނުވަނީ، އެކަމަށް ކުރީގެ ސަރުކާރުން ހޯދި ފައިސާ، މި ސަރުކާރުން އެހެން ކަންކަމަށް ބޭނުންކުރުމުން ކަމަށް ގަބޫލުކުރެވެއެވެ.

އިބްރާހިމް މުހައްމަދު ސާލިހުއަހުމަދު މައުރޫފްމޫސާ ޒަމީރުމަކުނުދޫ އެއަރޕޯޓްމަގޫދޫ އެއަރޕޯޓްއެއަރޕޯޓް ފަންޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު