Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިރުދައްކައިގެން ފައިސާ ފޭރުން

ބިރު ދައްކައިގެން ފައިސާ ފޭރުނު 2 މީހަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހައިފި

7 ސެޕްޓެމްބަރު 2025 | އާދީއްތަ 13:27

ފޭސްބުކް މެސެންޖާ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދެއްކި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 13:27
މައްސަލާގައި ހައްޔަރުކުރި ދެމީހުން

މައްސަލާގައި ހައްޔަރުކުރި ދެމީހުން

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުމުގެ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށް, ބަންދުގެ މުއްދަތު ކަނޑައަޅައިފައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، އުމުރުން 29 އަހަރުގެ މުޙައްމަދު ޟަމީރާއި ލ. ގަން، ތުނޑި އަވަށު އަރާއިރު، އުމުރުން 37 އަހަރުގެ ޢަލީ ހައިސަލްއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ، ފޭސްބުކް މެސެންޖާ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށްބުނެ ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

ފުލުހުންވަނީ މައްސަލައިގައި ހައްޔަރުކުރި 2 މީހުން ހުޅުމާލެ ފޭސްް 1 ގައި ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސްކޮށްފައެވެ. އެޕާޓްމެންޓް ބަލާ ފާސް ކުރިއިރު އެތަނުން 3 މޯބައިލް ފޯނާއި، 3 އަތުކުރީ ގަޑިއާއި، ޑްރޯންއަކާއި، ދޮށްޓެއްގެ އިތުރުން އަވިއައިނުތަކާއި، ރިހި ފަށަކާއި ރިހި އަނގޮޓިއެއް ހޯދާފައިވެއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިގަނެފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބަލައި ފާސްކުރިއިރު 6 ވަޅިވެސް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ތެރެއިން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ ތަޙުޤީޤަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެމީހުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އިތުރު ދެމީހަކަށްވެސް މިފަދައިން އަނިޔާކޮށް، ބިރުދައްކައި، އޮރިޔާން ވީޑިއޯ ނަގައި، ފައިސާ ފޭރިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތައްވެސް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

ފުލުހުން ވަނީ މި ދެމީހުންގެ ފަރާތުން މިފަދަ އަނިޔާއެއް ލިބިފައިވާ އިތުރު ފަރާތްތަކެއް ވާނަމަ، އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.

މުޙައްމަދު ސަމީރުއަލީ އައިސަރްހުޅުމާލެ ފޭސް އެކެއްފޭރުންސޯޝަލް މީޑިއާއެކްސްޓޯޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
21 ނޮވެމްބަރު 2025

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ
27 އޮކްޓޯބަރު 2025

ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ބުނާ އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭސް ފޭރުނު މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި

27 އޮކްޓޯބަރު 2025
ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ބުނާ އެއަރޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭސް ފޭރުނު މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި
27 އޮކްޓޯބަރު 2025

އެއަރޕޯޓަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފި

27 އޮކްޓޯބަރު 2025
އެއަރޕޯޓަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގެންފި
18 އޮކްޓޯބަރު 2025

ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި

18 އޮކްޓޯބަރު 2025
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
09 އޮކްޓޯބަރު 2025

ރަހީނުކޮށް ބިރުދައްކައި ބަރަހަނާކޮށް ފައިސާ ހޯދުމުގެ ތުހުމަތުގައި ދެ ދިވެހި ޒުވާނުން ހައްޔަރުކޮށްފި

09 އޮކްޓޯބަރު 2025
ރަހީނުކޮށް ބިރުދައްކައި ބަރަހަނާކޮށް ފައިސާ ހޯދުމުގެ ތުހުމަތުގައި ދެ ދިވެހި ޒުވާނުން ހައްޔަރުކޮށްފި
06 އޮކްޓޯބަރު 2025

ފުލުހެއްގެ އަމިއްލަ މައުލޫމާތު ހާމަކޮށްފި ނަމަ "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

06 އޮކްޓޯބަރު 2025
ފުލުހެއްގެ އަމިއްލަ މައުލޫމާތު ހާމަކޮށްފި ނަމަ "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!
30 ސެޕްޓެމްބަރު 2025

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ

30 ސެޕްޓެމްބަރު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ
30 ސެޕްޓެމްބަރު 2025

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2025
އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް