Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޢަބްދުއްރަޙީމް ޢަބްދުﷲ

މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ހެޔޮ އެދޭ ފަރާތްތަކުން 'ހަދިޔާ'ގެ ގޮތުގައި ގާތްގަނޑަކަށް މިލިއަނެއްހާ ފައިސާ

އަބްދުއްރަހީމްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި އަހަރެއްގެ ތެރޭ ލިބިވަޑައިގަތީ 658،894.95 ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 10:48
މަޖްލިސް އަބްދުލްރަހީމް އަބްދުالله (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު

މަޖްލިސް އަބްދުލްރަހީމް އަބްދުالله (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހެޔޮ އެދޭ ފަރާތްތަކުން 'ހަދިޔާ'ގެ ގޮތުގައި ގާތްގަނޑަކަށް މިލިއަނެއްހާ ފައިސާދީފައިވާ ކަމަށް އަބްދުއްރަހީމް ގެ މާލީ ބަޔާނުގައި ބުނެފިއެވެ.

ރައްޔިތުން މަޖިލީހުން އާއްމުކޮށްފައިވާ، އަބްދުއްރަހީމްގެ މާލީ ބަޔާނުގައި ބުނެފައިވަނީ ހެޔޮ އެދޭ މީހުންގެ ފަރާތުން ލިބިފައިވާ ފައިސާއާއި، މުދަލާއި، ބޭނުންކުރަން ލިބިފައިވާ ތަކެއްޗާއި، ވަސީލަތްތަކުގެ ޖުމްލަ އަގު 958982.48 (ނުވަލްއަކަ ފަންސާސް އަށްހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ ސާޅީސް އަށް ލާރި) އަށް އަރާ ކަމަށެވެ. އެއީ ދަތުރުފަތުރު ކުރުމަށާއި، އަދި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް ދީފައިވާ ފައިސާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އަބްދުއްރަހީމްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި އަހަރެއްގެ ތެރޭ ލިބިވަޑައިގަތީ 658،894.95 ( ހަ ލައްކަ ފަންސާސް އަށްހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނުވަދިހަ ފަސް ލާރި) އެވެ.

މާލީ ބަޔާނުން އެނގޭގޮތުގައި، އަބްދުއްރަހީމްގެ އުފަންރަށް، ލ. ފޮނަދޫގައި ދިރިއުޅުމަށް ހޯދާފައިވާ ބަންޑާރަގޯތީގައި ކޮށްފައިވާ އިމާރާތަށް 5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެއީ ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތްތަކުން އިމާރާތް ކޮށްފައިވާ ކަމަށް ގޯއްޗެއް ކަމަށް ބުނެފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ވެސް ދިރިއުޅުމަށް އެއްކޮށްފައިވާ ފައިސާއިން 4.5 މިލިއަން ދިވެހި ރުފިޔާއަށް 3 ކޮޓަރީގެ އެޕާޓްމަންޓެއް ބައްލަވާގަނެފައިވެއެވެ.

އަބްދުއްރަހީމްގެ ނަންފުޅުގެ މަތީގައި 67000 ރުފިޔާގެ އެއް ސައިކަލު ރަޖިސްޓްރީކޮށްފައިވާއިރު، 3.5 މިލިއަން ރުފިޔާއިން އަގުކޮށްފައިވާ 'އަރަފާ އެކްސްޕްރެސް' ކިޔާ ބޯޓެއް ވެސް އެބައޮތެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އެއްވެސް ލޯނެއް އަދި ދަރަންޏެއް ވެސް ނެތްއިރު، އެމަނިކުފާނުގެނަންފުޅުގައި ހައްދަވާފައިވަނީ އެންމެ އެކައުންޓެކެވެ. ބީއެމްއެލްގެ އެކައުންޓުގައި ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް 101،698.21 ރުފިޔާހުރި ކަމަށް މާލީ ރިޕޯޓުގައި ބުނެފައިވެއެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲރައްޔިތުންގެ މަޖިލިސްލ.ފޮނަދޫމާލީ ބަޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު