Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑީއާ ކޮންޓްރޯލް ކުރާ ބިލް

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް މަޝްވަރާކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް، ބިލަށް ތާއީދު ނުކުރާކަން ބްރޯޑްކޮމްއިން ހާމަކޮށްފި

ބްރޯޑްކޮމްއިން ވެސް މިކަމުގައި މަޝްވަރާކުރަން ތިން ސިޓީއެއް ފޮނުވާފައިވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 08:44
މިނިވަން މުއައްސަސާ ކޮމެޓީން ބްރޯޑްކޮމްގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

މިނިވަން މުއައްސަސާ ކޮމެޓީން ބްރޯޑްކޮމްގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާ ކަމަށާއި، އެބިލަށް ތާއީދުނުކުރާކަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ހާމަކޮށްފި އެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ މީޑީއާ ކޮންޓްރޯލް ކުރާ ބިލު ބަލާލުމަށް ލިބުނީ ދެތިން ދުވަސް ކަމާއި، މިފަދަ މުހިންމު ބިލެއް ރަނގަޅަށް ކިޔައި ދިރާސާކޮށްލުމަށް އެކަށީގެންވާ މިންވަރަށް ވަގުތު ނުލިބޭ ކަމަށެވެ.

Advertisement - newsAdvertisement

މީޑިއާތައް ރެގިލޭޓް ކުރުމަށް ބިލެއް މުހިންމުކަން ފާހަގަކުރައްވައި ސަފާ ވިދާޅުވީ ނަމަވެސް މިކަހަލަ ބިލެއް ހެދުމުގެ ކުރިން ދިރާސާ ހެދުން މުހިންމު ކަމަށާއި، މިހާރުގެ ސަރުކާރުން ވެސް މިކަމަށް އިސްކަންދޭ ކަމަށެވެ. އަދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާނުކޮށް، އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ހުށަހަޅާފައިވާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފާ ވިދާޅުވީ ބްރޯޑްކޮމްއިން ވެސް މިކަމުގައި މަޝްވަރާކުރަން ތިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް، ބިލް ޑްރާފްޓްކުރުމުގައި އެ ކޮމިޝަންގެ ހިޔާލު އެއްވެސް މިންވަރަކަށް ހޯދާފައިނުވާ ކަމަށެވެ. ސަފާ ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުމުގެ ކުރިން ޑްރާފްޓިން ޕްރޮސަސްގައި އެމްއެމްސީ މެންބަރުންނާއި، ބްރޯޑްކާސްޓިން މެންބަރުންނާ ބައްދަލު ކުރުން މުހިންމު ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ މީޑިއާ ގުޅިފައިވާކަން ފާހަގަކުރައްވައި ސަފާ ވިދާޅުވީ ރާއްޖޭން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ފުށުއަރާ މިންވަރު ވެސް ބަލަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއްތޯ ނޫނީ ކޯ ރެގިއުލޭޓްރީ ނިޒާމެއްތޯ ވެސް ބަލަން ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި އެކަން ނުބަލައި ގާނޫނެއް ގެނަޔަސް އެއިން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އަދި މިފަދަ ބިލެއްގައި ލީގަލް ކަންކަމަށް އިސްކަންދޭން ޖެހޭއިރު، އެފަދަ ކަމަކަށް ވެސް ބަލާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލަކަށް ޖޫރިމަނާ ކުރާ ވާހަކަ. ނަންބަރު ނުދެންނެވިއަސް އެފަދަ ޑިޝިޝަން ނެގުމުގައި ވެސް ވަރަށް މުހިންމު މީޑިއާތަކަށް ލިބެނީ ކިހައި ވަރެއްގެ އިންކަމެއްތޯ ދެނެގަތުން އެނގޭތޯ. ދެން ހަމައެހެންމެ އިންޑިވިޖުއަލް ޖަރނަލިސްޓުންނަށް ލިބެނީ ކިހައި ވަރެއްގެ އިންކަމެއްތޯ. އެބޭފުޅުންގެ އެކަޑަމިކް ކޮލިފިކޭޝަންހުރީ ކިހާ ވަރަކަށްތޯ. ކިހާވަރަކަށް ކިޔަވައިގެން ތިބި ޖަރނަލިސްޓުންތޯ. ކިހައި ވަރަކަށް ކިޔަވައިގެން ތިބި ބޭފުޅުންތޯ މީޑިއާތަކުގައި މަސައްކަތް ކުރަނީ. އެބެލުން ވަރަށް މުުހިންމު. ކިހައިވަރަކަށްތޯ އެބޭފުޅުން ސެލްފް ޑިސިޕްލިންއީ. މިހުރިހާ ކަމެއް ދިރާސާއެއް ހަދައި ހޯދާ ބެލުން ވަރަށް މުހިންމު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ޑްރާފްޓިން ޕްރޮސަސްގައި ވެސް. މިބިލު ހުށަހެޅުމުގެ ކުރިން ވެސް.
ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު

ސަފާ ވިދާޅުވީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އިތުރުން، ބޭރުގެ ގައުމުތަކުގައި ކަންކަންކުރާ ގޮތް ބަލައި ރަނގަޅު ދިރާސާއެއް ހެދުމަށް ބިލެއް ހުށަހެޅުމުން އެބިލު މީޑިއާއިން ވެސް ބަލައިގަންނާނެ ކަމަށެވެ.

އެކަހަލަ ބިލެއް އައިސްފިއްޔާ އަޅުގަނޑު ޔަގީންކުރަން އޭތި މީޑިއާއަށް ވެސް ބަލައިގަންނަން ވަރަށް ފަސޭހަވާނެ. ވަރަށް ޕޮޒިޓިވް ރިވިއުސް ހަމަ ލިބޭނެއޭ. އޭތި ދެކޮޅަށް ވެސް ފައިދާވާނެ ކަމަށް އަޅުގަނޑު ދެކެނީ. ސްޓޭޓަސްވެސް ފައިދާވާނެ ހަމަ މީޑިއާގެ ބޭފުޅުންނަށް އޭތި ބަލައިގަންނަން ފަސޭހަވާނެ. އެ އިންޕްލިމެންޓް ކުރަން ވެސް ފަސޭހަވާނެ
ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ބްރޯޑްކޮމްގެ އެހެން މެންބަރުން ވެސް ވަނީ ދެކޮޅު ހައްދަވާފައެވެ. މިހާރު ހުށަހަޅާފައިވާ ބިލުން ރަނގަޅު ނަތީޖާއެއް ނުނެރޭވެނޭ ކަމަށާއި، އެ ބިލުގައި ހުރި ކަންކަން ތަންފީޒު ކުރެވިދާނެ ކަމާމެދު ވަނީ ސުވާލު އުފައްދާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންސޮފާ ޝަފީގުމީޑިއާ ކޮންޓްރޯލް ބިލުދުލާއި ގަލަމުގެ މިނިވަންކަންމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމީޑިއާ ރެގިއުލޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު