Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ބިލު

"މީޑިއާ ކޮންޓްރޯލް" ބިލު ބޭރުކޮށްލަން ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ވެސް ގޮވާލައިފި

މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ގޮވާލީ ހޮނިހިރު ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 17:09
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން: ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުޅޭ އުޅުން ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވަނީ ކުއްވެރިކޮށްފަ

މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން: ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުޅޭ އުޅުން ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވަނީ ކުއްވެރިކޮށްފަ

މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުހެ ހީލަތްތެރި ރޭވުމުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލަން ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރުއެސްއެފް) އިން ވެސް ގޮވާލައިފި އެވެ.

އާރުއެސްއެފް އިން މިގޮތަށް ގޮވާލީ އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އެ ބިލަކީ ރާއްޖޭގެ ނޫސްވެރިން އަދި ނޫސްވެރިކަމުގެ ޖަމިއްޔާތަކާއި މުއައްސަސާތަކުގެ މަޝްވަރާއެއް ނެތި ފަރުމާކޮށް ހުށަހެޅި ބިލެއްކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ސީދާ ގޮތުން ނުރައްކާވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސް ގެ ދެކުނު އޭޝިއާ ޑެސްކުގެ ހެޑް ސީލިއާ މާސިއާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ކޮންޓްރޯލް ކުރާ މި ބިލަކީ ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ސީދާކޮށް ދެވޭ ހަމަލާއެއް ކަމަށެވެ. އަދި ސަރުކާރުގެ ބާރު އޮންނާނެހެން އުފެދޭ ކޮމިޝަނަކަށް ނުހައްގު އެތައް ބާރެއް ދިނުމުން ހިތްވަރު ލިބިގެންދާނީ ސެންސާޝިޕަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ހުށަހަޅާފައި އޮތް ބިލު ފާސްވެއްޖެ ނަމަ، ކޯޓު އަމުރަކާ ނުލައި ޓީވީ ޗެނަލްތަކާއި ނޫސްތަކުގެ އޮފީސްތަކަށް ފުލުހުންނަށް ވަނުމުގެ ބާރު ލިބިގެންދާއިރު، އެކަމާމެދު ވެސް އާރުއެސްއެފް އިން ކަންބޮޑުވުން ފާޅު ކުރި އެވެ.

ކަންމިހެން އޮތުމާއި އެކު މަޖިލީހާއި ސަރުކާރަށް އެ ޖަމިއްޔާއިން ގޮވާލީ މީޑިއާތަކުގެ މިނިވަން އަދި ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމުކުރުމަށެވެ.

އާރުއެސްއެފް ގެ އިތުރުން، ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ) އަދި ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ ގޮވާލައިފަ އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެފައިވާއިރު، އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ.

މި ބިލު ބޭރުކޮށްލަން ރާއްޖޭގެ ނޫސްވެރިންނާއި ޖަމިއްޔާތަކުން އަދި ސިޔާސީ ޕާޓީތަކުން ދަނީ ގޮވާލާ އަޑުއުފުލަމުންނެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިހެން ވިދާޅުވީ، މޯލްޑިވްސް ޖަރނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ބިލު އިސްލާހުކުރުމުގެ ބަދަލުގައި އެ ބިލު ބޭރުކޮށްލަން ބޭނުންވާ ކަމަށް ނޫސްވެރިން ޑިމާންޑު ކުރި ފަހުން ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

މިނިވަން މީޑިއާރިޕޯޓަރސް ވިތައުޓް ބޯޑަރސްސީލިއާ މާސިއާއަހްމަދު އުޝާމްމީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންމީޑިއާ ކޮންޓްރޯލް ބިލުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު