Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-އިސްރާއީލް

އިސްރާއީލުން މަރާލި ކަމަށް ބުނި ޔަމަނުގެ ސިފައިންގެ ވެރިޔާ އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

ޔަމަނުގެ އެންމެ މަތީ އަސްކަރީ އޮފިޝަލް މޭޖަރ ޖެނެރަލް ޣަމާރީ، އިސްރާއީލުން އޭނާ މަރާލިކަމަށް ދެއްކި ވާހަކަތައް ދޮގުކޮށް، ދިރިހުރިކަން ހާމަކޮށްފިއެވެ. އަދި ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ޓަކައި، ފަހަތަށް ނުޖެހި އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާނެކަމުގެ ޔަޤީންކަން ދީފިއެވެ.

ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 06:38
ޔަމަނުގެ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު އަބްދުލްކަރީމް އަލް ޣަމާރީ

ޔަމަނުގެ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު އަބްދުލްކަރީމް އަލް ޣަމާރީ

އިސްރާއީލުން މަރާލި ކަމަށް ބުނި ޔަމަނުގެ ސިފައިންގެ ވެރިޔާ އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އިސްރާއީލުގެ އެ ވާހަކަ އަކީ ހަގީގަތެއް ނޫން ކަން ހާމަ ކުރަމުން އޭނާ ބުނީ، ޣައްޒާ ގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަމަލާތައް ހުއްޓުވުމަށް ތެލް އަވީވް އާ ދެކޮޅަށް އިތުރަށް ހަރަކާތްތެރިވާނެ ކަމަށް ވަޢުދުވާ ކަމަށެވެ.

ޔަމަނުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުގެ އިސްވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު އަބްދުލްކަރީމް އަލް-ޣަމާރީ މި މޭރުމުން ވާހަކަ ދެއްކީ ހުކުރު ދުވަހު އެ ގައުމުގެ ރަސްމީ ސަބާ ނިއުސް އެޖެންސީ އަށެވެ.

"ޣައްޒާ އާ ދެކޮޅަށް އަދި ޔަމަނާ ދެކޮޅަށް ޒަޔަނިސްޓުން އިތުރުކުރާ ހަމަލާތަކަކީ ބާރު ގަދަ ކަމުގެ ނިޝާނެއް ނޫނެވެ. އެއީ ދެ އަހަރާ ގާތްކުރާ އިރު ވެސް އެމީހުންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ނުކުޅެދުމާއި ފެއިލްވުމުގެ ނިޝާނެކެވެ. އަދި އެކަމަށް ރައްދު ދެވޭނީ އިތުރު ހަމަލާ ތަކުންނެވެ،" އޭނާ ބުނެފައިވެއެވެ.

މި ބަޔާން އައިސްފައި ވަނީ، އިސްރާއީލުން ޔަމަނުގެ ވެރިރަށަށް ދިން ވައިގެ ހަމަލާތަކުގައި ޣަމާރީ އާއި ދިފާއީ ވަޒީރު މުޙައްމަދު އަލް-އަތީފީ ހިމެނޭ ގޮތަށް ގިނަ ޔަމަނީ އޮފިޝަލުންތަކެއް މަރާލާފައިވާ ކަމަށް ބުނި ދުވަހުގެ އަނެއް ދުވަހުއެވެ.

ޖޫން މަހު ވެސް އިސްރާއީލުން ވަނީ ޣަމާރީ އަށް ޓާގެޓް ކޮށް އަނިޔާވެރި ހަމަލާ އެއް ދީފައެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ޔަމަނުގެ މަދަނީ ސަރަހައްދުތަކަށް އުދުވާނީ ހަމަލާ އެއް ދިނުމަށްފަހު އިސްރާއީލުން ވަނީ އެއީ އަސްކަރީ ޓާގެޓް ތަކަށް ދިން ހަމަލާ އެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ.

"ޒަޔަނިސްޓް ދުޝްމިނުން ޞަންޢާ ގެ މަދަނީ ސަރަހައްދުތަކަށް ދޭ ހަމަލާތަކަށް އަދަބު ނުލިބި ނުދާނެއެވެ،" އޭނާ ބުނެފައިވެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އިސްރާއީލުން ޔަމަނަށް ހަމަލާދޭން ފެށީ ޣައްޒާ ގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފެށުމާ ގުޅިގެން ޞަންޢާ އިން ޣައްޒާ އާ އެއްބައިވަންތަ ކަން ހާމާ ކުރުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް ހަމަލާތައް ފެށުމާ އެކުގައެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން ހަމަލާތައް އިތުރު ކުރީ އިސްރާއީލުން ޣައްޒާ އަށް ދޭ އަސްކަރީ ހަމަލާތައް ވަރުގަދަކޮށް، ކާބޯތަކެތި އެ ސަރަހައްދަށް ވެއްދުން ހަމަ މުޅިން ބްލޮކް ކުރުމުންނެވެ.

ޣަމާރީ ވަނީ ކުރިން ޔަމަނުގެ އަސްރިއްޔާ އިން ދީފައިވާ ގިނަ ބަޔާންތަކެއް ތަކުރާރުކޮށް، ޣައްޒާ ގެ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި އެއްފިޔަވަޅު ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވަޢުދުވެފަ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު