Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ.ކުމުންދޫ

ކުމުންދޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް: މިފަހަރުގެ ދަތުރުފުޅުގައި ދެ މަސްތެރޭގައި އަމަލީ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި!

29 އޯގަސްޓު 2025 | ހުކުރު 07:43

ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ހެދިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޯގަސްޓު 2025 | ހުކުރު 07:43
ހދ.ކުމުންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ހދ.ކުމުންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ހދ.ކުމުންދޫ ބަނދަރު މިހާރު އޮތްތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދެމަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިމަހުގެ 27 ވަނަ ދުވަހު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުމުންދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަމުގެ ތެރޭގައި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ބަނދަރުގެ މައްސަލަ ކަމަށާއި، ބަނދަރު މިހާރު އޮތްތަނުގެ ސަބަބުން ދިމާވަމުންދާ މައްސަލަ ހައްލުނުކުރެވޭކަން މިހާރު ޔަގީންވާ ކަމަށެވެ.

Advertisement - newsAdvertisement

މިކަމަށް ދާއިމީ ހައްލެއް ގެނައުމަކީ އެ މަނިކުފާނުގެ ޒިންމާއެއްކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސަރަހައްދަށް ބަނދަރު ބަދަލުކޮށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތްފަށައި، ބަނދަރު ނިންމަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ހެދިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގައި، ހައުސިންގ މިނިސްޓްރީ ހިންގުމުގައި އުޅުނުއިރުގައި، މި ރަށުގެ ބަނދަރު ހެދުމުގައި، ރައްޔިތުންނަށް އެ ދިމާވެގެންދިޔަ އުނދަގޫތަކާއި، ދަތިތައް ހައްލުކުރުމުގައި، އެކިއެކި މަރުހަލާތަކުގައި، އެކި ކަންކަން ކުރުމުގައި އުޅެވިފައި ހުންނާނީ. އަދި އޭގެފަހުންވެސް، ތިޔަބޭފުޅުން ތިޔަ ވަޑައިގަންނަވަނީ، އެކި ބަދަލުތައް ގެނެސް، އެކަމަށް ދާއިމީ ޙައްލެއް، ރަނގަޅު ޙައްލެއް ނައިސްގެން. މިހާރު ބަނދަރު އޮތް ތަނުގެ ސަބަބުން، ހަގީގަތުގައި އެކަން ހައްލުނުވާކަން، އެއިން ވަރަށް ރަނގަޅަށް މިހާރު އެއޮތީ ޔަގީންވެފައި. އެހެންވީމާ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބު އަދި ޒިންމާ. އަޅުގަނޑުމެން އެހެންވީމާ، މިހާރު މި ބަނދަރު އޮތްތަން ނޫން، ރައްޔިތުން ބޭނުންވާ ލޮކޭޝަންގައި، ތަނުގައި އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ގޮތަށް، މި ބަނދަރުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި ފަށާނެ ވާހަކަ ދަންނަވަން. އަދި އެގޮތަށް ފަށައިގެން ހުއްޓައިނުލާ، ބާރު ސްޕީޑްގައި މަޑުޖެހުމެއްނެތި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަރުވަން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ކުމުންދޫގެ ތަރައްގީއަށް އިސްކަން ދެއްވާނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ހޯލުގެ މަސައްކަތާއި އެކު ސްކޫލަށް ބޭނުންވާ އެހެނިހެން ޖާގައާއި ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، މިހާރު ހަދަމުންދާ ފުޓްބޯޅަ ދަނޑު އެންމެ ފުރިހަމަގޮތުގައި ފުރިހަމަކޮށްދީ، ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ އިތުރުން ހޭންޑް ބޯލް ކޯޓަކާއި ވޮލީ ކޯޓެއްވެސް އެ ރަށުގައި އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ރައީސް މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅާއެކު، ކުމުންދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، ކުމުންދޫ ސްކޫލްގެ މަލްޓި- ޕާޕަސް ހޯލުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، ކުމުންދޫ ފުލުހުންގެ މަރުކަޒުގެ އިތުރުން، އެ ރަށުގެ ހެލްތު ސެންޓަރުގެ ބިންގާ އަޅުއްވާފައިވެއެވެ. މީގެ އިތުރުން އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފައްޓަވާފައެވެ.

ކުމުންދޫގެ ތަރައްގީއަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިިއިރު، 26 ފެބުރުވަރީ 2024 ގައި ވެސް އެރަށުގެ ކައުންސިލްއާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއެވެ. އަދި އޭރު ވެސް ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު މިމައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދީފައިނުވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް