Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާ ގެ ހައިހޫނު ކަމަކީ އިންސާނުން އުފެއްދި ހާލަތެއް ކަމަށް އެމެރިކާ ފިޔަވާ ސެކިއުރިޓީ ކައުންސިލްގެ އެހެން ހުރިހާ މެމްބަރުން ބުނެފި

ޔޫއެންގެ ސަލާމަތީ ކައުންސިލްގެ އެމެރިކާ ފިޔަވައި އެހެން މެންބަރުން ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެ އަޑުއުފުލައިފި. ކައުންސިލުން އިސްރާއީލަށް ގޮވާލާފައިވަނީ އެހީތެރިކަމަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި ހަމާސްއިން ހުރިހާ ރަހީނުން ދޫކޮށްލުމަށެވެ.

ރާއްޖެ އެމްވީ | 28 އޯގަސްޓު 2025 | ބުރާސްފަތި 02:00
2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ބެހޭ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ބެހޭ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ

ޣައްޒާ ގެ ހައިހޫނު ކަމަކީ އިންސާނުން އުފެއްދި ހާލަތެއް ކަމަށް އެމެރިކާ ފިޔަވާ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ އެހެން ހުރިހާ މެމްބަރުން ބުނެފި އެވެ.

މެމްބަރުން އިތުރުަށް ބުނެފައި ވަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑަށް ޖެއްސުމަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.

ކައުންސިލްގެ 14 މެމްބަރުން އެކުގައި ނެރުނު ބަޔާނެއްގައި ގޮވާލާފައިވަނީ ވަގުތުން ހަމަނުޖެހުން ހުއްޓާލުމަށާއި، ހަމާސް އާއި އެހެނިހެން ގްރޫޕްތަކުން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށާއި، މުޅި ޣައްޒާ އަށް އެހީ އިތުރުކުރުމަށާއި، އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރިހާ ހުރަސްތަކެއް ވަގުތުން ނައްތާލުމަށެވެ.

"ޣައްޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަން ވަގުތުން ހުއްޓުވަންޖެހޭ،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. "ވަގުތު ވަރަށް މުހިންމު. އިންސާނީ ކާރިސާ ލަސްނުކޮށް ހައްލުކުރަންޖެހޭ، އަދި އިސްރާއީލުން އެމީހުންގެ މިސްރާބު ބަދަލު ކުރަންޖެހޭ."

ދުނިޔޭގެ ބަނޑުހައިހޫނުކަން މޮނިޓަރކުރާ ޖަމްއިއްޔާ އިން ހުކުރު ދުވަހު ރަސްމީ ކޮށް ކަނޑައަޅާ ބުނެފައިވަނީ ޣައްޒާ ސިޓީ އާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ބަނޑުހައިހޫނުކަން އޮތް ކަމަށާއި، އެ ހާލަތު އިތުރަށް ފެތުރިގެން ދާނެ ކަމަށެވެ. އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން ސިސްޓަމުން ބުނެފައިވަނީ، ޣައްޒާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި - 514,000 މީހުން - ބަނޑުހައިހޫނުކަމުގައި އުޅޭ ކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަދަދު 641,000 އަށް އިތުރުވާނެ ކަމަށެވެ.

އިސްރާއީލުން ބުދަ ދުވަހު ދުނިޔޭގެ ބަނޑުހައިހޫނުކަން މޮނިޓަރކުރާ ޖަމްއިއްޔާ އަށް ގޮވާލާފައިވަނީ އެ އެސެސްމަންޓް އަނބުރާ ގެންދިއުމަށެވެ. އިސްރާއީލުން އައިޕީސީގެ ހޯދުންތަކަކީ ދޮގު ކަމަށާއި އަދި ވަކި ފަރާތަކަށް ބުރަވެ ހަދާފައިވާ އެއްޗެއްގެ ގޮތުގައި ބުނެ، އެ ސަރވޭ ހަދާފައި ވަނީ ހަމާސް އިން ދީފައިވާ ފުރިހަމަ ނޫން މަޢުލޫމާތުގެ މައްޗަށް ކަމަށާއި، ފަހުން އިތުރަށް ފޯރުކޮށް ދިން ކާބޯތަކެތީގެ މިންވަރު އެސެސްމަންޓް ގައި ހިމަނާފައިނުވާ ކަމަށް ބުނެފައިވެއެވެ.

ބުދަ ދުވަހު ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ޣައްޒާއާ ބެހޭ ބައްދަލުވުމުގައި، ޔޫއެންގައި ހުންނަ އެމެރިކާގެ ވަގުތީ އެމްބެސެޑަރ ޑޮރޮތީ ޝިއާ ވަނީ އައިޕީސީ ރިޕޯޓުގެ އިތުބާރާއި ތެދުވެރިކަމާމެދު ސުވާލު އުފައްދާ، އެއިން އެއްވެސް ކަމެއް ސާބިތުނުވާ ކަމަށް 15 މެމްބަރުންގެ ކައުންސިލުގައި ބުނެފައެވެ.

މަސްދަރު: ރޮއިޓާރސް

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

15 ސެޕްޓެމްބަރު 2017
މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
17 މެއި 2017

ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި

17 މެއި 2017
ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު