Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނު ކަމުގައި 5 މީހުން މަރުވެއްޖެ

އިސްރާއީލްގެ ބްލޮކޭޑްގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ދަތިވެފައިވާއިރު، ބިމުގެ މަގުން އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެހީ ޖަމްއިއްޔާތަކުން ގޮވާލަމުންދެއެވެ.

ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 09:27
ތުރުކީގެ ޗެރިޓީއަކުން ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާއެއްޗެހި ބަހަނީ

ތުރުކީގެ ޗެރިޓީއަކުން ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާއެއްޗެހި ބަހަނީ

ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި ނުލިބި، ހައިހޫނު ކަމުގައި, ފާއިތުވި 24 ގަޑިއިރު ތެރޭގައި 5 މީހުން ޣައްޒާ ގައި މަރުވެއްޖެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ބަނޑަށް މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާ އަށް އަނިޔާވެރި ހަމަލާތައް ފެށުނީއްސުރެ ކާބޯތަކެތި ނުލިބުމުގެ ސަބަބަން މަރުވެފައިވާ މީހުންގެ އަދަދު 263 އަށް އަރާފައިވާ ކަމަށް ސިއްހީ ވުޒާރާ އިން ބުނެއެވެ. މީގެ ތެރޭގައި 112 ކުޑަކުދިން ހިމެނެއެވެ.

މޭ މަހުގެ ފަހުކޮޅު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ސަރަހައްދުތަކެއް ޤާއިމުކުރެވުނު ފަހުން، އެތަންތަނުން އެހީ ހޯދުމަށް މަސައްކަތްކުރި މީހުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން 2،000 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

ޣައްޒާ އަށް އެއްގަމު މަގުން އެހީ ފޯރުކޮށް ދިނުމަށް ހުރަސް އަޅާތީ ވައިގެ މަގުން ގެނެސް މަތިން ވައްޓާލާ އެހީގެ ޕެލެޓް ތަކުން ޖެހި ވެސް މީހުން ދަނީ މަރުވަމުންނެވެ. ދާދިފަހުން، ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ސަރަހައްދުގައި ހުންނަ ނާސިރު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ވަގުތީ ޓެންޓެއްގެ މައްޗަށް އެހީގެ ފޮއްޓެއް ވެއްޓި، އުމުރުން ދުވަސްވީ މީހަކު މަރުވެފައިވެއެވެ.

ވައިގެ މަގުން އެހީ ވައްޓާލުމުގެ ސަބަބުން ވޭތުވެދިޔަ ހަފްތާތަކުގައި އެތައް ބަޔަކު މަރުވެ، އަނިޔާވެފައިވެއެވެ. އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ ތަކުން ބުނާ ގޮތުގައި ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަކީ ނުރައްކާތެރި އަދި ނާކާމިޔާބު ގޮތެކެވެ.

ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ އާބާދީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާއިރު، އެހީ ޖަމްއިއްޔާތަކުން އިސްރާއީލަށް ގޮވާލަމުންދަނީ އެއްގަމު މަގުން އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު