Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ސިޓީ ހިފުމަށް ނިންމި ނިންމުމާ އެއް ގޮތައް ކުރިއަށް ދާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކޮށްފި

ހަމާސް ބަލިކޮށް ހަނގުރާމަ އަވަހަށް ނިންމާލުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ، އެހެން ފަރާތްތަކުގެ އެހީތެރިކަމެއް ނެތަސް މިކަން ކުރިއަށް ގެންދާނެކަމަށް އޭނާ ވަނީ ހާމަ ކޮށްފައި.

ރާއްޖެ އެމްވީ | 10 އޯގަސްޓު 2025 | އާދީއްތަ 15:52
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

މުޅި ދުނިޔެ އިން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ޣައްޒާ ސިޓީ ހިފުމަށް ނިންމި ނިންމުމާ އެއް ގޮތައް ކުރިއަށް ދާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަ ކޮށްފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ހާމަ ކުރި ގޮތުގައި، އެ ޤައުމުގެ ސަލާމަތީ ކެބިނެޓުން އެންމެ ފަހުން ފާސްކުރި ޣައްޒާ ސިޓީއާ ގުޅޭ އައު ޕްލޭނަކީ "ހަނގުރާމަ ނިންމާލުމަށް އޮތް އެންމެ ރަނގަޅު ގޮތް" ކަމަށެވެ.

"މިއީ ހަނގުރާމަ ނިންމާލުމަށް އޮތް އެންމެ ރަނގަޅު ގޮތް، އަދި އެންމެ އަވަހަށް ނިންމާލުމަށް އޮތް އެންމެ ރަނގަޅު ގޮތް ވެސް މެއެވެ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ، ހަމާސް އިން އެ ޖަމާޢަތުގެ ހަތިޔާރު ބެހެއްޓުމަށް އިންކާރު ކުރުމާ ގުޅިގެން، އިސްރާއީލަށް "މަސައްކަތް ފުރިހަމަކުރުމާއި" ހަމާސް ބަލިކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.

އަދި ނަތަންޔާހޫ ވިދާޅުވީ، ޣައްޒާއާ ގުޅޭ އައު ހަމަލާގެ ޕްލޭންތަކުގެ މަޤްޞަދަކީ ހަމާސްގެ ބާރު ގަދަކޮށް އޮތް ދެ މައި މަރުކަޒު ހިފުން ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގައި ސިފައިން ފަށަން ތައްޔާރު ވަމުންދާ އައު އޮޕަރޭޝަން ކުރިއަށް ދާނީ "ކުރު މުއްދަތެއްގެ ތާވަލެއްގެ" ތެރޭގައި ކަމަށެވެ.

"އަޅުގަނޑު ވަކި ޚާއްޞަ މުއްދަތުތަކެއްގެ ވާހަކަ ދައްކާކަށް ނެތިން، އެކަމަކު އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ފުރިހަމަ ކުރުމަށް ކަމަށް. އެއީ އަޅުގަނޑުމެން ބޭނުން ވަނީ ހަނގުރާމަ ނިންމާލަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ޣައްޒާ ގައި ހަނގުރާމަ ފުޅާ ކުރުމަށް އޭނާގެ ކެބިނެޓުން ނިންމި ނިންމުމާ ދެކޮޅަށް އުފެދިފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ، އެހެން ފަރާތްތަކުގެ އެހީތެރި ކަމެއް ނެތި ވެސް ހަނގުރާމަ ކުރުމަށް އެ ޤައުމު ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެން ހަނގުރާމައިގައި ކާމިޔާބު ހޯދާނަން، އެހެން ފަރާތްތަކުގެ އެހީތެރިކަން ލިބުނަސް އަދި ނުލިބުނަސް،" ބޮޑުވަޒީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

މަލާލާ އަށް އޮސްފޯޑް ޔުނިވާސިޓީ އިން ޖާގަ ލިބިއްޖެ

18 އޯގަސްޓު 2017
 މަލާލާ އަށް އޮސްފޯޑް ޔުނިވާސިޓީ އިން ޖާގަ ލިބިއްޖެ
10 އޯގަސްޓު 2017

ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބޮޑު ޖޯކެއް: ނަވާޒު ޝަރީފް

10 އޯގަސްޓު 2017
ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބޮޑު ޖޯކެއް: ނަވާޒު ޝަރީފް
05 އޯގަސްޓު 2017

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި

05 އޯގަސްޓު 2017
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި
09 ޖުލައި 2017

މޫސަލް މިނިވަންވުމުން ބޮޑުވަޒީރު އަބާދީ އެ ސިޓީއަށް ވަޑައިގެންފި

09 ޖުލައި 2017
މޫސަލް މިނިވަންވުމުން ބޮޑުވަޒީރު އަބާދީ އެ ސިޓީއަށް ވަޑައިގެންފި
24 މެއި 2017

މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ

24 މެއި 2017
މެންޗަސްޓާ ސިޓީއަށް ހަމަލާ ދިނުމުގައި އެހެން ބަޔަކު ބައިވެރިވި ކަމަށް ބެލެވޭ: ހޯމް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު