Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެންގޯލާ

އެންގޯލާ ގައި ތެލުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި މަދުވެގެން 22 މީހުން މަރުވެ، 197 މީހުންނަށް އަނިޔާވެއްޖެ

ތެލުގެ އަގު ބޮޑުކުރުމާ ދެކޮޅަށް އެންގޯލާގައި ހިނގި ސުލްހަވެރި މުޒާހަރާތަކަށް ފުލުހުން ރައްދު ދިނީ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ކަމަށް ހިއުމަން ރައިޓްސް ވޮޗުން ފާހަގަކޮށްފައިވެއެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2025 | ބުރާސްފަތި 02:27
2025 ވަނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ވެރި ރަށް ލުއާންޑާގައި އެންގޯލާ ގެ ފުލުހުން ހަރަކާތްތެރި ވަނީ

2025 ވަނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ވެރި ރަށް ލުއާންޑާގައި އެންގޯލާ ގެ ފުލުހުން ހަރަކާތްތެރި ވަނީ

އެންގޯލާގައި މި ހަފްތާގައި ތެލުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 22 މީހުން މަރުވެ، 197 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެންގޯލާގެ ސަރުކާރުން ބުނެފިއެވެ.

މި ހަމަނުޖެހުންތައް ހޯމަ ދުވަހު ފެށުނީ, ސަރުކާރުން ދެމުން ގެންދިޔަ ބޮޑެތި ސަބްސިޑީތައް ކުޑަކޮށް، ދައުލަތުގެ މާލިއްޔަތު ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކެއްގެ ތެރެއިން ޑީސަލްގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އެ ގައުމުގެ ޓެކްސީ އެސޯސިއޭޝަންތަކުން ތިން ދުވަހުގެ ހަޅުތާލެއް ފެށުމުންނެވެ.

މުޒާހަރާތަކާ ގުޅިގެން ވެރިރަށް ލުއަންޑާ ގައި ފެށުނު ވައްކަންކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ފުލުހުންނާ ކުރިމަތިލުންތައް އެހެން ހަ ސިޓީ އަކަށް ފެތުރިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޯމަ އަދި އަންގާރަ ދުވަހު ލުއަންޑާ އަދި އެހެން ބައެއް ސިޓީތަކުގައި ދޭތެރެދޭތެރެ އިން ބަޑީގެ އަޑު އިވުނެވެ.

ހަމަ ނުޖެހުންތަކާ ގުޅިގެން ރައީސް ޖޯއާއޯ ލޮރެންކޯގެ ކެބިނެޓް ބުދަ ދުވަހު ބައްދަލުވުމެއް ބާއްވައި، ސަލާމަތީ ހާލަތާއި ފުލުހުންގެ އަމަލު ކޮށްފައިވާ ގޮތް މުރާޖައާ ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 22 މީހުން މަރުވެ، 197 މީހުންނަށް އަނިޔާވެ، އަދި 1،214 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ. 66 ފިހާރައަކާއި 25 އުޅަނދު ހަލާކުކޮށް، އަދި ބައެއް ސުޕަރމާކެޓްތަކާއި ގުދަންތަކުން ވައްކަންކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކުން "ފުޅާ ދާއިރާއެއްގައި ނާމާންކަމުގެ މާހައުލެއް އުފެދިފައިވާތީ" އަމަން ޤާއިމު ކުރުމަށް ސިފައިން ނެރެފައިވާ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

ދާޚިލީ ވަޒީރު މެނުއެލް ހޯމެން ވިދާޅުވީ މަރުވި 22 މީހުންގެ ތެރޭގައި ފުލުހަކު ހިމެނޭ ކަމަށެވެ.

ބުދަ ދުވަހު ލުއަންޑާގެ މަގުތައް އޮތީ ހަމަ ހިމޭން ކޮށްނެވެ. އަދި ގިނަ މަގުތައް ހުސްވެފައެވެ. ނަމަވެސް ބައެއް ޕެޓްރޯލް ސްޓޭޝަންތަކާއި ފިހާރަތަކުގެ ކުރިމަތީގައި ކިއުތައް އޮތެވެ. ސަލާމަތީ ބާރުތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވެއެވެ.

މިފަހަރުގެ މުޒާހަރާތައް ފެށުނުތާ ދެ ހަފްތާ ވެފައި ވާއިރު، ފުލުހުން އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވެއެވެ. އެ މުޒާހަރާތަކަކީ ޖުމްލަ ގޮތެއްގައި ސުލްހަވެރި މުޒާހަރާތަކެއް ކަމަށް ވީނަމަވެސް، ފުލުހުން ކަމަކާ ނުލައި ކަރުނަގޭސް އަދި ރަބަރު ވަޒަން ބޭނުންކޮށް، މުޒާހަރާކުރި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް އެމެރިކާގައި މައި އޮފީސް ހުންނަ ޙައްޤުތަކާބެހޭ މި ޖަމްއިއްޔާ އިން ބުނެފައިވެއެވެ.

އެންގޯލާއިން 2023 އިން ފެށިގެން ތެލުގެ ސަބްސިޑީތައް ވަނީ އުނިކުރަން ފަށާފައެވެ. އެ އަހަރު ޕެޓްރޯލްގެ އަގު ބޮޑުކުރުމުން ވެސް މުޒާހަރާތަކެއް ހިނގާފައިވެއެވެ. މި ފިޔަވަޅުތައް އަޅަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ފަރާތްތަކުން ހިތްވަރުދީގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެފްރިކާގެ އެޓްލާންޓިކް ސަރަޙައްދުގައި އޮންނަ، ތެލުގެ މުއްސަނދި މި ޤައުމުގައި، ޕޯޗުގަލުގެ އަތްދަށުން 1975 އިން ފެށިގެން މިނިވަންވި ފަހުން 50 އަހަރު ވަންދެން ވެރިކަމުގައި އޮތް ޕީޕަލްސް މޫވްމަންޓް ފޮރ ދަ ލިބަރޭޝަން އޮފް އެންގޯލާ ޕާޓީން، ގިނަ ފަހަރަށް މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލާ ކަމަށާއި، ދެކޮޅުވެރިންގެ އަޑު ކަނޑުވާލަން ފިޔަވަޅު އަޅާ ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.

ބުދަ ދުވަހު ނެރުނު އެއްބަޔާނެއްގައި، އިދިކޮޅު ޔުނިޓާ އަދި ބްލޮކޯ ޑިމޮކްރެޓިކޯ ޕާޓީތަކުން ބުނެފައި ވަނީ އެންގޯލާ މިހާރު ވަނީ "ނުރައްކާތެރި އިޤްތިޞާދީ އަދި އިޖްތިމާޢީ ހާސްކަމެއްގައި" ކަމަށެވެ. އަދި މިއީ "ޤައުމުގެ ޙަޤީޤަތާ ގުޅުމެއް ނެތް" ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

ޤައުމުގެ މާލިއްޔާއާބެހޭ ވަޒީރު ވިދާޅުވާ ގޮތުގައި، ފާއިތުވި އަހަރު ސަބްސިޑީތަކުގެ ޢަދަދު ޖުމްލަ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 4 އިންސައްތަ އަށް އަރާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު