Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުން

ތައިލެންޑް އާއި ކެމްބޯޑިއާ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ގުޅުއްވި ކަމަށްޓަކައި ދެ ގައުމުގެ ޝުކުރު، ހަނގުރާމަ ދަނީ ކުރިއަށް!

ކެމްބޯޑިއާ އާއި ތައިލެންޑްގެ ބޯޑަރުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 33 މީހުން މަރުވެ، ހާހުން ގުނާލެވޭ ބަޔަކު ގެދޮރު ދޫކޮށް ގޮސްފައި ވާއިރު އެމެރިކާގެ ރައީސް ޓްރަމްޕް މެދުވެރިވެ ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރެއްވި ނަމަވެސް، ދެ ޤައުމުގެ މެދުގައި ހަމަލާތައް އަދި ވެސް ދަނީ ކުރިއަށް.

ރާއްޖެ އެމްވީ | 27 ޖުލައި 2025 | އާދީއްތަ 08:23
ތައިލެންޑް-ކެމްބޯޑިއާ ހަމަ ނުޖެހުން ކުރިއަށް ދާއިރު، ތައިލެންޑްގެ އަސްކަރީ ކޮންވޯއީއެއް އެ ގައުމުގެ ސުރިން ޕްރޮވިންސްގައި ދަތުރުކޮށްފައި ދަނީ - 25 ޖުލައި 2025

ތައިލެންޑް-ކެމްބޯޑިއާ ހަމަ ނުޖެހުން ކުރިއަށް ދާއިރު، ތައިލެންޑްގެ އަސްކަރީ ކޮންވޯއީއެއް އެ ގައުމުގެ ސުރިން ޕްރޮވިންސްގައި ދަތުރުކޮށްފައި ދަނީ - 25 ޖުލައި 2025

ކެމްބޯޑިއާ އަދި ތައިލެންޑްގެ ވެރިންނާ ގުޅުއްވައި، ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

ސްކޮޓްލެންޑްގައި ހުރި ޓްރަމްޕްގެ އަމިއްލަފުޅު ގޯލްފް ކޯސްތަކަށް ކުރައްވާ އަމިއްލަ ދަތުރުފުޅެއްގެ ގައި އުޅުއްވާ، އެމެރިކާގެ ރައީސް ޓްރޫތް ސޯޝަލްގައި ލިޔުއްވާފައި ވަނީ އެ ދެ ޤައުމުން "ވަގުތުން ބައްދަލުވެ، އަވަހަށް ހަނގުރާމަ ހުއްޓާލުމަށާއި، އަދި ސުލްޙަވެރިކަން ޤާއިމް ކުރުމަށް އެއްބަސްވެފައިވާ" ކަމަށެވެ.

ދެ ޤައުމުން ވެސް އޭނާގެ ކަންބޮޑުވުމާއި މަސައްކަތްޕުޅަށް ޝުކުރު އަދާކޮށްފައިވެއެވެ. ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގެ އެދިވަޑައިގަިގަތުން ޤަބޫލުކޮށްފައިވާއިރު، ތައިލެންޑުން ބާރުއަޅާފައިވަނީ ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކުރުން ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ދެ ގައުމުގެ ވެރިންނަށް ފޯނުން ގުޅުއްވުމަށްފަހު ވެސް، އާދިއްތަ ވިލޭރޭ ވެސް ބޯޑަރުގައި ހަނގުރާމަ ކުރިއަށް ގެންގޮސްފައިވެއެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ބޮޑުވަޒީރުން ޓްރަމްޕްގެ ފޯނު ކޯލްތަކަށް ދެއްވާފައިވާ ޖަވާބު ރަނގަޅު ކަމުގައިވީ ނަމަވެސް، އެއްވެސް ފަރާތަކުން އެ ފަރާތެއްގެ ޕޮސިޝަން ބަދަލުކޮށްފައެއް ނުވެއެވެ.

ކެމްބޯޑިއާ އިން ކުރިން ވެސް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވެއެވެ. އެ ޤައުމުގެ ސިފައިން ތައިލެންޑަށް ވުރެ ބަލިކަށިވެފައި، ތައިލެންޑްގެ ބަރު ހަތިޔާރުތަކުން އަދި ވައިގެ ހަމަލާތަކުން ކެމްބޯޑިއާ އަށް ބޮޑެތި ގެއްލުން ތަކެއް ދަނީ ލިބެމުންނެވެ.

ފޯނު ކޯލަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓް ވިދާޅުވެފައި ވަނީ "[ޓްރަމްޕަށް] ސާފުކޮށް ދަންނަވާފައި ވާނީ ދެ ޤައުމުގެ އަސްކަރީ ބާރުތަކުގެ މެދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ވަގުތުން އަދި އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް ކެމްބޯޑިއާ އިން އެއްބަސްވާ ކަމަށް."

އަދި ޓްރަމްޕް މިކަމުގައި މެދުވެރިވެ ވަޑައިގަތުމުން "ގިނަ ސިފައިންނާއި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ހަޤީޤަތުގައި ވެސް އެހީތެރިވެދޭނެ" ކަމަށް ވެސް ކެމްބޯޑިއާ ގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.

އަނެއްކޮޅުން، ތައިލެންޑުން ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލުމާ މެދު ވިސްނުމަށް ތައްޔާރަށް ތިބި ކަމަށާއި، ނަމަވެސް ކެމްބޯޑިއާ އާއެކު މަޝްވަރާ ކުރުން އެއީ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަންތައް ކަމަށް ކުރިން ބުނެފައިވާ ގޮތަށް ދެމިތިބި ކަމަށެވެ.

ތައިލެންޑްގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވަގުތީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔަޗައި "ރައީސް ޓްރަމްޕްގެ ކަންބޮޑުވުމަށް ޝުކުރު އަދާކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް އުސޫލެއްގެ ގޮތުން ތައިލެންޑް އެއްބަސްވާ ކަމަށް ވިދާޅުވެފައިވާ،" ކަމަށެވެ. "ނަމަވެސް، ތައިލެންޑުން ބޭނުން ވަނީ ކެމްބޯޑިއާގެ ފަރާތުން އިޚްލާޞްތެރި ނިޔަތެއް ފެންނަން" ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖުލައި 24 ގައި ހަނގުރާމަ ފެށިގެން މިހާތަނަށް މަދުވެގެން 33 ސިފައިންނާއި އާންމު ރައްޔިތުން މަރުވެފައިވާއިރު، ހާހުން ގުނާލެވޭ ވަރަށް ތައިލެންޑާއި ކެމްބޯޑިއާގެ ރައްޔިތުން ނުރައްކާތެރި ކަމުން ސަލާމަތް ވުމަށް ދިރިއުޅޭ ތަން ދޫކޮށް އެހެން ސަރަހައްދު ތަކަށް ދަތުރުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު