Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިރާއްޖެ-އިންޑިއާ ގުޅުން

ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ އިހްތިފާލު ފެށީ އިންޑިއާ އަކީ އަންހެން ކަލާނގެ އެއް ކަމަށް ސިފަ ކުރާ "ވަންދޭ މާތަރަމް" އާއި އިންޑިއާ އަށް ވަފާތެރި ވުމުގެ "ބާރަތު މާތާ ކީ ޖައި" ޝިއާރުތަކުން

އިންޑިއާއާ ދެކޮޅަށް "އިންޑިއާ އައުޓް" ކެމްޕޭން ހިންގި ފަރާތްތައް މިއަދު ފެނިގެންދިޔައީ "ވަންދޭ މާތަރަމް" އާއި "ބާރަތު މާތާ ކީ ޖައި" އަށް އަތްޖަހަން ތިބި މަންޒަރެވެ. ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާއެކު، ކުރިން އިންޑިއާއަށް ބަދުބަސް ބުނި މީހުން މިއަދު ފެނުނީ އިންޑިއާގެ ޤައުމީ ލޯބި ފާޅުކުރާ ޝިއާރުތަކަށް މަރުޙަބާ ކިޔާ އަތްޖައްސަވަން ތިބި ތަނެވެ.

ރާއްޖެ އެމްވީ | 25 ޖުލައި 2025 | ހުކުރު 10:51
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ - 25 ޖުލައި 2025

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ - 25 ޖުލައި 2025

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހުކުރު ދުވަހު ހެނދުނު ރާއްޖެ ވަޑައިގަތުމުން، މުޅިތަން ގުގުމާލީ، "ވަންދޭ މާތަރަމް" އާއި "ބާރަތު މާތާ ކީ ޖައި" ގެ އަޑުންނެވެ.

މޯދީ ރާއްޖެ ވަޑައިގަތީ، ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ އިހްތިފާލު ތަކުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.

ބޮޑު ވަޒީރު ރަތްދޫލައިގެ މަތިން މުއިއްޒު އާ އަތާ އަތް ޖޯޑުކުރައްވާ ކޮނޑުފުޅާއި ކޮނޑުފުޅު ޖައްސަވާ ސަލާމް ކުރެއްވުމަށް ފަހު ހިންގަވާފައި ވަޑައިގަތުމާ އެކު ދިވެހި ފަސްގަނޑުން ގުގުމަން ފެށީ، ރާއްޖޭގެ މިނިވަން ކަމުގެ ޝިއާރެއް ނޫނެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި، ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓް ވަޒީރުން ހިމެނޭ ގޮތައް ހިންގި އިންޑިއާ އާ ދެކޮޅު ކެމްޕޭނުގައި ރާއްޖޭގެ މިނިވަންކަމަށް އިންޑިއާ އަރައިގަނެފައިވާ ކަމަށް ބުނެ އެތައް ވާހަކަ އެއް ދެއްކި އެވެ. އިންޑިއާ އަށް ބަރޯސާ ވާން ނުޖެހޭނެ ކަމަށާއި، އިންޑިއާ ނޫން ގޮތެއް ހޯދަން ޖެހޭނެ ކަމަށް ބުނަމުން ދިޔައެވެ. ބޮޑު ވަޒީރު މޯދީ އަށް ހަޖޫ ޖަހައި، އިންޑިއާ އަށް ބަދުބަސް ބުނުމުގައި ކުރީ ސަފުގައި ތިއްބެވި ބޭފުޅުން މިއަދު ފެނުނީ މޯދީ އަށް ސަނާ ކިޔާ މަރުހަބާ ދަންނަވަން ސަފު ހައްދަވާފައި އުފަލާ އެކު ހިނިތުންވެފައި ތިއްބައެވެ. އެބޭފުޅުން އަތް ޖައްސަވަން ތިއްބެވިތަން ފެނުނީ، "ވަންދޭ މާތަރަމް" އާއި "ބާރަތު މާތާ ކީ ޖައި" އަށެވެ.

މި ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

ވަންދޭ މާތަރަމް ޢިބާރާތަކީ ބަންކިމް ޗަންދްރާ ޗަޓަރްޖީގެ ޅެމަކުން ނަގާފައިވާ ޢިބާރާތެކެވެ. އަދި މިއީ އިންޑިޔާގެ މިނިވަންކަން ހޯދުމަށް ހިންގުނު ހަރަކާތުގެ މައިގަނޑު ބައެކެވެ. މި ޅެމުގައި އިންޑިޔާ ސިފަ ކޮށްދީފައި ވަނީ އަންހެން ކަލާނގެ އެއްގެ ގޮތުގައެވެ. މި ޝިއާރަކީ އިންޑިއާގެ ރައްޔިތުން އެމީހުންގެ ޤައުމަށް ޓަކައި ކުރާ އިޙްތިރާމް ފާޅުކޮށްދޭ ޝިއާރެކެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރައްވަން މޯދީ ވަޑައިގަތުމުން ދެން ގުގުމާލި އަނެއް ޝިއާރަކީ "ބާރަތް މާތާ ކީ ޖައި" އެވެ. މި ޝިޢާރަކީ އިންޑިޔާ އަށް އޮތް ވަފާތެރިކަން ހާމަ ކޮށްދޭ ވަރުގަދަ ޝިއާރެކެވެ. މި ޝިއާރުގައި ސީދާ އެ ބުނަނީ އިންޑިއާ އަކީ މަދަރލޭންޑް ކަމުގައެވެ. އެއީ އެ ބިމަށް ކާމިޔާބާއި ވަފާތެރިވާ ކަން ހާމަ ކޮށްދޭ ބަޔާނެކެވެ. މިއީ އިންޑިއާގެ ގައުމީ ވަންތަކަން ފާޅު ކުރުމަށް ސިޔާސީ އެއްވުންތަކާއި އިންޑިޔާގެ ސިފައިންގެ ހަރަކާތްތަކުގައި ގައުމީ ލޯބި ހާމަ ކުރަން ބޭނުންކުރާ މަޤްބޫލު ޝިއާރެކެވެ. ބާރަތް މާތާ އަކީ އިންޑިއާގެ މިނިވަންކަމުގެ ހަރަކާތްތަކުގެ ތެރެއިން އަންހެން ކަލާނގެ އެއް ފަދަ ގޮތަކަށް އިންޑިއާ ސޫރަ ކުރަން އުފެދުނު ޚިޔާލެކެވެ.

އިންޑިއާގެ ގައުމީވަންތަކަން ކިތަންމެ ބޮޑަށް މި ޝިއާރުން ހާމަވާ ކަމަށް ބުނި ކަމުގައި ވިޔަސް އިންޑިއާގެ ބައެއް މުސްލިމް ސިޔާސީ ފަރާތްތަކުން މި ޝިއާރު ބޭނުން ކުރަން ދެކޮޅު ހަދާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ކަރަށް ވަޅި ދިއްކުރިޔަސް މި ޝިއާރު ނުކިޔާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ދުވަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް އިވި ވަޑައިގަތީ، އިންޑިއާ އަކީ ކަލެއް ކަމަށް ދިވެހި ފަސްގަނޑުން ގޮވާ އަޑެވެ. އިންޑިއާ އަށް ނަސްރާ ނަސީބުގެ އަޑެވެ. އިންޑިއާ ގެ ފަޚްރާއި ޝަރަފް ގެ އަޑެވެ. އިންޑިއާގެ އަަގީދާ އާއި ގަބޫލު ކުރުންތަކުގެ އަޑެވެ. އިންޑިއާ އަށް ވަފާތެރިވުމުގެ އަޑެވެ.

އެކަމަކު މިއީ އިންޑިއާ އެއް ނޫނެވެ. އަދި އިންޑިއާ ގެ މިނިވަން ދުވަހެއް ވެސް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު