Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުން

ތައިލެންޑް އާއި ކެމްބޯޑިއާ އާ ސިފައިން ހަމަލާތައް ބަދަލު ކުރަނީ، މަދުވެގެން 10 މީހުން މަރު!

ދިގު ޒަމާނަކަށް ކެމްބޯޑިއާ އާއި ތައިލެންޑް އާ ދެމެދު އޮތް ބޯޑަރު މައްސަލައިގައި، އިތުރަށް ހޫނުވެ ހަމަލާތައް ބަދަލު ކުރަން ފަށާ، ސަރަހައްދުގެ ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ.

ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 10:04
ތައިލެންޑްގެ ސިސާކެޓް ޕްރޮވިންސް ގައި ހުރި ގޭސް ސްޓޭޝަނަކާއި ފިހާރަ އެއް ހުންނަ އިމާރާތަކުން ދުން އަރަނީ - 24 ޖުލައި 2025

ތައިލެންޑްގެ ސިސާކެޓް ޕްރޮވިންސް ގައި ހުރި ގޭސް ސްޓޭޝަނަކާއި ފިހާރަ އެއް ހުންނަ އިމާރާތަކުން ދުން އަރަނީ - 24 ޖުލައި 2025

ތައިލެންޑް އާއި ކެމްބޯޑިއާ އާ ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރަމުން އެބަދެއެވެ.

ހަމަލާތައް ބަދަލު ކުރަމުން ދަނީ ތައިލެންޑާއި ކެމްބޯޑިއާގެ ސަރަހައްދީ ބޯޑަރުގެ ދެބަސްވުން އުފެދިފައިވާ ސަރަހައްދެއްގައެވެ. 12 މީހުންނަށް ވުރެ ގިނަ މީހުން ހަމަލާ ތަކުގައި މަރުވެފައިވާ ވާއިރު، އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެއެވެ. ހަމަލާތަކުގައި ތައިލެންޑުން ޒަޚަމްވި މީހުންގެ އަދަދު 14 ށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑުގގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ހަމަލާ ދިނީ ބޮޑެތި ހަތިޔާރު ބޭނުން ކޮށްގެން ކެމްބޯޑިއާގެ ސިފައިން ކަމަށެވެ. އެހެންނަމަވެސް ކެމްބޯޑިއާގެ ޤައުމީ ދިފާޢީ މިނިސްޓްރީން ބުނެފައިވަނީ އެ ގައުމުގެ ސިފައިން ޢަމަލު ކޮށްފައި ވަނީ އަމިއްލަ ދިފާޢުގައި، އެމީހުންނަށް ހަމަލާ ދެވުނު ފަހުން ކަމަށެވެ.

ބޯޑަރުގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ހަނގުރާމަ ކުރިއަށްދާ ކަމަށް ބުނެވެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ބޯޑަރުގައި މިލްކުވެރި ކަމާ މެދު ޚިލާފު އުފެދިފައިވާ މައްސަލަ 100 އަހަރަށް ވުރެ ދުރަށް ދެމިގެން ގޮސްފައިވާ އިރު މެއި މަހުގެ ތެރޭގައި ވަނީ މައްސަލަ އިތުރަށް ހޫނުވާން ފަށާފައެވެ.

ހަމަލާތަކާ ގުޅިގެން ތައިލެންޑުން ވަނީ ކެމްބޯޑިއާގައި ހުރި އެ ގައުމުގެ ސަފީރު އަނބުރާ ގެނެސްފައެވެ. އަދި ކެމްބޯޑިއާއިން ވަނީ ތައިލެންޑުގައި ތިބި އެ ގައުމުގެ ޑިޕްލޮމެޓުން އަނބުރާ ގެނެސް، ތައިލެންޑުގެ ހުރިހާ ޑިޕްލޮމެޓުންނަށް އެ ގައުމު ދޫކޮށް ދިއުމަށް އަންގާފައެވެ.

ތައިލެންޑުގެ ތަޢުލީމީ މިނިސްޓްރީން ވަނީ ކެމްބޯޑިއާއާ އެކު ހިނގި ޖެހުންތަކާ ގުޅިގެން ބޯޑަރު ސަރަހައްދުތަކުގައި ހު ހުރި ސްކޫލުތައް ވަގުތީގޮތުން ބަންދުކުރުމަށް އަންގާފައެވެ.

ތައިލެންޑް ގެ ނޫހެއް ކަމަށްވާ "ތައި އެންކުއަަރަރ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދު ތަކުން 582 ސްކޫލެއް ބަންދުކުރެވުނެވެ. ސްކޫލުތައް ބަންދު ކުރަން ނިންމީ މީހުން ދިރިއުޅޭ ސަރަހައްދަށް ރޮކެޓް ހަމަލާ އެއް އެރުމުންނެވެ.

އަވަށްޓެރިންގެ މެދުގައި ފެށުނު މި ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅު ކޮށް ނިމުމަކަށް ގެނައުމަށް، އެސޯސިއޭޝަން އޮފް ސައުތު އޭޝިއަން ނޭޝަންސް (އާސިއާން) ގެ މި ހާރުގެ ރިޔާސަތު މެލޭޝިޔާ އިން ވަނީ ގޮވާލާފައެވެ. މެލޭޝިޔާ ގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން ދެ ގައުމުގެ ވެރިންނާ އޭނާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު