Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ގައި ހައިހޫނު ކަމުގައި މަރުވި މީހުންގެ އަދަދު 111 ށް އަރައިފި

ޣައްޒާ ގައި ހައިހޫނުކަމާ ގުޅިގެން މަރުވާ މީހުންގެ އަދަދު 111 އަށް އަރާފައި ވާއިރު، ކާބޯތަކެތި ނުލިބި ކުޑަކުދިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވަމުންދެއެވެ. ޣައްޒާގެ ހާލަތު ސީރިއަސްވެ، 115 އެހީދޭ ޖަމްޢިއްޔާ އިން ސޮއިކޮށްފައިވާ ބަޔާނެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ވަނީ ގޮވާލާފައެވެ.

ރާއްޖެ އެމްވީ | 23 ޖުލައި 2025 | ބުދަ 11:31
ޣައްޒާގެ މެދުތެރޭގެ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގައި ހައިހޫނު ކަމުގައި ބަލިވެފައިވާ ތުއްތު ކުއްޖަކަށް ފަރުވާ ދެނީ - 2025 ޖޫން، 30

ޣައްޒާގެ މެދުތެރޭގެ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގައި ހައިހޫނު ކަމުގައި ބަލިވެފައިވާ ތުއްތު ކުއްޖަކަށް ފަރުވާ ދެނީ - 2025 ޖޫން، 30

ޣައްޒާގައި ހައިހޫނު ކަމުގައި މަރުވި މީހުންގެ އަދަދު 111 އަށް އަރައިފި އެވެ.

ޣައްޒާ ސްޓްރިޕްގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހައިހޫނު ކަމާއި ކާނާ ނުލިބުމުގެ މައްސަލަތަކާ ގުޅިގެން އިތުރު 10 މަރު ރިކޯޑު ކުރެވިފައި ވެއެވެ.

ޣައްޒާގެ މެޑިކަލް ޑޮކްޓަރެއް ކަމަށް ވާ އަޙްމަދު އަލް-ފައްރާ ހާމަ ކުރި ގޮތުގައި ކޮންމެ ދުވަހަކު ކަހަކަ ގޮތަކަށް ހައިހޫނު ކަމާ ގުޅިފައިވާ ބަލިތަކުގައި ހޮސްޕިޓަލަށް މީހުން ގެނެއެވެ. އެމީހުންނަކީ ކާނާ ނުލިބުމުގެ ސަބަބުން ހަށިގަނޑު ބަލިކަށި މީހުން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޚާން ޔޫނިސްގެ ނާސަިރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކުގެ ޑިޕާޓްމަންޓުގެ އިސްވެރިޔާ ޑރ. އަލް-ފައްރާ، ބީބީސީ ވޯލްޑް ސަރވިސްގެ ނިއުސްޑޭ ޕްރޮގްރާމަށް ދެއްވި ތަފްސީލުގައި ބުނީ ޣައްޒާ ގައި "ކާއެއްޗެއް ނެތެވެ، "ފުށެއް ނެތެވެ، ތަރުކާރީ އެއް ނެއް ނެތެވެ. އެއްވެސް އެއްޗެއް ލިބެން ނެތެވެ."

އޭނާ ފާހަގަ ކުރި ގޮތުގައި ބަނޑުހައިހޫނު ކަމުގައި ހޮސްޕިޓަލަށް ގެންނަ ބައެއް ކުޑަކުދިން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

ޣައްޒާގައި ހައިހޫނުކަން އާންމު ވުމާ ގުޅިގެން ނުރައްކަލުގެ އިންޒާރު ދެމުން 100 އަށް ވުރެ ގިނަ އެހީދޭ ޖަމްޢިއްޔާތަކުން ސޮއިކޮށްފައިވާ ބަޔާނެއް ބުދަ ދުވަހު ވަނީ އާންމު ކޮށްފައެވެ.

މި ބަޔާނުގެ ގައި އިސްރާއީލު ސަރުކާރުން ޣައްޒާ ހިޞާރު ކޮށްފައި އޮތުމުގެ ސަބަބުން ޣައްޒާ ގެ ރައްޔިތުންނަށް ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައި ވާއިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން އެމީހުންގެ ޢާއިލާތަކަށް ކާންދިނުމަށްޓަކައި، އެމީހުންގެ ގަޔަށް ބަޑިޖެހުމުގެ ނުރައްކާ އޮތްކަން އެނގި ތިބެ، އެހީ ހޯދަން ކިއުތަކުގައި ތިބެން މަޖުބޫރު ވެފައި ވާ ކަމަށެވެ.

ޣައްޒާ ބަންދުކޮށް ހިސާރު ކުރުމުގެ ސަބަބުން "ހަމަނުޖެހުމާއި، ބަނޑުހައިހޫނު ކަމާއި، މަރު" އާންމު ވެފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

ސަޕްލައިތައް "މުޅިން ހުސްވެފައިވާ" އިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ވެސް ބަނޑަށް މަރުވަމުންދާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ތެރޭގައި ހުރި ގުދަންތަކުގައި އެތައް ޓަނެއްގެ ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާގެ ތަކެތި ބޭނުން ނުކުރެވި ހުރި ކަމަށާއި، އެތަކެތި ބޭނުން ކުރުމަށާއި ފޯރުކޮށްދިނުމަށް ޖަމްޢިއްޔާތަކަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އދ އިން އިސްނަގައިގެން ހިންގާ އިންސާނީ އެހީގެ ނިޒާމު ފެއިލްވެފައެއް ނުވާ ކަމަށާއި އޭގެ ބަދަލުގައި އެ ނިޒާމު ހިންގުމަށް ހުރަސް އަޅާފައިވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ޚާއްޞަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ކާނާ ނުލިބުމުގެ ގެއްލުން ބޮޑު ކަމަށާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓުވުމަށް ހުރި ހުރިހާ ހުރަސްތަކެއް ނައްތާލުމަށާއި، ކާނާ އާއި އެހީ ފޯރުކޮށްދިނުމަށް ހުރިހާ އެއްގަމު މަގުތައް އަލުން ހުޅުވުމަށާާއި، އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށުން ހިންގާ ތަކެތި ބެހުމުގެ ސައިޓުތައް ހުއްޓާލައި، އަދި އދ އިން އިސް ނަގައިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް ފުރުސަތު ދިނުމަށް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

މި ބަޔާނުގައި ޖުމްލަ 115 އެހީދޭ އެޖެންސީއަކުން ސޮއިކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު