Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ގައި މަސައްކަތް ކުރާ ޑޮކްޓަރުން ހައިހޫނު ކަމުގައި ހާލު ދެރަވެ ވެއްޓެމުންދާ ކަމަށް އދ އިން ބުނެފި

ޣައްޒާގައި ހަނގުރާމައިގެ ތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިން ކާބޯތަކެއްޗަށް ޖެހި ހައިހޫނު ކަމުގައި ވަރު ދެރަވެ ހާލުގައި ޖެހިފައިވާއިރު، މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ކާބޯތަކެއްޗާއި އިތުރު އެހީތެރިކަން.

ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 11:02
ޣައްޒާގެ ޚާން ޔޫނިސްގައި އޮކްޓޯބަރު 15، 2023 ގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކުޑަކުދިން ތަކެއް ރޮނީ

ޣައްޒާގެ ޚާން ޔޫނިސްގައި އޮކްޓޯބަރު 15، 2023 ގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކުޑަކުދިން ތަކެއް ރޮނީ

ޣައްޒާ ގައި މަސައްކަތް ކުރާ ޑޮކްޓަރުން ހައިހޫނު ކަމުގެ ސަބަބުން ހާލު ދެރަވެ ވެއްޓެމުންދާ ކަމަށް އދ އިން ބުނެފިއެވެ.

އދ. ގެ ފަލަސްޠީނު ރެފިއުޖީ އެޖެންސީ (އަންރުވާ) ގެ އިސްވެރިޔާ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ އެ އެޖެންސީގެ މުވައްޒަފުންނާއި ޑޮކްޓަރުންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަސައްކަތުގައި އުޅެނިކޮށް ހާލު ދެރަވެ ވެއްޓެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާ އަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން އާންމު ރައްޔިތުންގެ އިތުރުން ޕްރޮފެޝަނަލް މަސައްކަތް ކުރާ އެންމެންނަށް ވެސް ވަނީ ފޯރާފައެވެ. އޭނާ ވިދާޅުވީ "މިހާރު ބޭނުންވަނީ އެހީތެރިކަމަށެވެ."

"ޑޮކްޓަރުން، ނަރުހުން، ނޫސްވެރިން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން، އޭގެ ތެރޭގައި އަންރުވާ ގެ މުވައްޒަފުން ވެސް ހިމެނޭ ގޮތުން، ހައިހޫނު ކަމުގައި އެ ތިބީ. ގިނަ މީހުން މިހާރު ބަނޑުހައިހޫނުކަމާއި ވަރުދެރަވުމުގެ ސަބަބުން އެމީހުންގެ ޑިއުޓީ އަދާ ކުރަމުން ދަނިކޮށް ހާލު ދެރަވެ ވެއްޓެމުން ދަނީ،" އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ މިހެން ވިދާޅުވެފައި ވަނީ ޖެނީވާ ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ޚާއްޞަ މަންދޫބު ހިއްސާކުރެއްވި ބަޔާނެއްގައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު