Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މާޓިން ލޫތަރ ކިންގް

މާޓިން ލޫތަރ ކިންގް އަވަހާރަ ކޮށްލި ހާދިސާގެ ތަހުގީގު ގެ ސިއްރު ފައިލްތައް ހާމަ ކޮށްފި

މާޓިން ލޫތަރ ކިންގް ޖޫނިއަރ އަވަހާރަކޮށްލި ހާދިސާގެ 230,000 ސަފުހާގެ ލިޔެކިޔުންތައް ޓްރަމްޕްގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ލިޔެކިޔުންތަކުގައި އެފްބީއައި އާއި ސީއައިއޭގެ ސިއްރު ފައިލްތައް ހިމެނޭއިރު، ކިންގްގެ އާއިލާގެ ބައެއް މެންބަރުން ވަނީ މިކަމާ ދެކޮޅު ހަދާފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 03:42
1963 ވަނަ އަހަރު ވޮޝިންޓަން ޑީސީ ގައި ކިންގ "އައި ހޭވް އަ ޑްރީމް" ސްޕީޗް ދެއްވި ދުވަހު

1963 ވަނަ އަހަރު ވޮޝިންޓަން ޑީސީ ގައި ކިންގ "އައި ހޭވް އަ ޑްރީމް" ސްޕީޗް ދެއްވި ދުވަހު

އެމެރިކާގެ މަދަނީ ހައްގުތަކުގެ ލީޑަރު މާޓިން ލޫތަރ ކިންގް ޖޫނިއަރ އަވަހާރަ ކޮށްލި ހާދިސާގެ ތަހުގީގީ ލިޔެކިޔުން ތައް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކަރުން ހާމަކޮށްފި އެވެ.

މި ލިޔެކިޔުންތަކުގެ ތެރޭގައި ސިވިލް ރައިޓްސް ލީޑަރާ ބެހޭ އެފް.ބީ.އައި ގެ ބެލުމުގެ ދަށުގައި ހުރި ސިއްރު ފައިލްތައް ވެސް ހިމެނެއެވެ.

1977 ވަނަ އަހަރުން ފެށިގެން ކޯޓު އަމުރަކުން ޖުމްލަ 230,000 ސަފްހާގެ މި ލިޔެކިޔުންތައް، އާންމުންނަށް ހާމަ ނުކޮށް ވަނީ ބެހެއްޓިފައެވެ.

ކިންގްގެ އާއިލާގެ މުހިންމު ބައެއް މެންބަރުން މި ލިޔެކިޔުންތައް ހާމަކުރުމާ ދެކޮޅު ހަދާފައިވެއެވެ. ކިންގ ގެ ދުނިޔޭގައި ތިބި ދެ ދަރިކަލުން ނެރުނު ބަޔާނެއްގައި ވަނީ "އަހަރެމެންގެ ބައްޕަގެ ލެގަސީގެ އަސަރު ކުޑަކުރުމުގެ ނިޔަތުގައި މި ލިޔެކިޔުންތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރާ ކޮންމެ މަސައްކަތެއް" ކުށްވެރި ކުރާ ކަމަށެވެ.

ބެޕްޓިސްޓް މިނިސްޓަރެއް ކަމުގައިވާ ކިންގް، އުމުރުން 39 އަހަރުގައި، 1968 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެމެރިކާ ގެ މެމްފިސް ގައި ބަޑިޖަހާ އަވަހާރަކޮށްލާފައިވެއެވެ. ކުށްކުރުމުގެ ސިލްސިލާ ރެކޯޑު ތަކެއް އޮތް ޖޭމްސް އާރލް ރޭ، ކުށަށް އިއުތިރާފު ވެ، ނަމަވެސް ފަހުން އޭނާ ކުށަށް އިންކާރު ކުރާ ކަމަށް ބުނެފައިވެއެވެ.

ކިންގް ޖޫނިއަރގެ ތިބި ދެ ދަރިކަލުންނަށް މި ލިޔެކިޔުންތައް ހާމަ ކުރާނެ ކަން ކުރިން ވަނީ އަންގާފައެވެ.

އަދި އާއިލާ އިން ނެރުނު ބަޔާނުގައި ވަނީ 1999 ވަނަ އަހަރު ފަނޑިޔާރުންގެ ޕެނެލަކުން ނެރުނު ހުކުމެއް ފާހަގަކޮށްފައެވެ. އެ ހުކުމުގައި ބުނެފައި ވަނީ ސިވިލް ރައިޓްސް ލީޑަރަކީ ހަމައެކަނި ނަސްލީ ތަފާތުތަކަށް ތާއީދު ކުރާ މީހެއްގެ ބަޑީގެ ޝިކާރައެއް ނޫން ކަމަށާއި، ނަމަވެސް އެއީ ބޮޑު ސިއްރު ރޭވުމެއްގެ ޝިކާރަ އެއް ކަމަށެވެ.

ޓްރަމްޕް ވަނީ ޖެނުއަރީ މަހު ކިންގް އަދި ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަ ކޮށްލި ހާދިސާތަކުގެ ލިޔެކިޔުންތައް ހާމަ ކުރުމަށް އަމުރު ކުރައްވާފައެވެ. އޭގެ އިތުރުން ރޮބަރޓް އެފް ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ރެކޯޑްތައް ވެސް ހާމަކުރުމަށް ވެސް ޓްރަމްޕް އެންގެވިއެވެ.

ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރުގެ އޮފީސް (ޑީ.އެން.އައި) އިން ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "މިއަދާ ހަމަ އަށް އައި އިރު ކިންގް ގެ ފައިލްތައް ސަރުކާރުގެ އެކި ތަންތަނުގައި ދިގު މުއްދަތެއް ވަންދެން ހިރަފުސް އަރާފައި ހުންނަތާ އެތައް އަހަރެއް؛" ވެފައިވާ ކަމަށެވެ.

ޑީ.އެން.އައި އިން ބުނި ގޮތުގައި ހާމަ ކުރި ލިޔެކިޔުންތަކުގެ ތެރޭގައި "އެފް.ބީ.އައިގެ އެތެރޭގެ މެމޯތަކާއި" އަދި ކިންގް އަވަހާރަކޮށްލި މީހާ ހޯދުމުގެ ފަހަތުގައިވާ "ކުރިން ނުފެންނަ ސީ.އައި.އޭ ރެކޯޑްތައް" ހިމެނެއެވެ.

މި ލިޔެކިޔުންތައް ހާމަކުރުމުގެ މަސައްކަތް ކުރީ އެފް.ބީ.އައި، ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ނެޝަނަލް އާކައިވްސް އަދި ސީ.އައި.އޭ ގުޅިގެން ނެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ޕެމެލާ ބޮންޑީ ވިދާޅުވީ: "އެމެރިކާގެ އެންމެ ވަރުގަދަ ލީޑަރުންގެ ތެރެއިން އެއް ބޭފުޅަކު ނުރައްކާތެރި ގޮތަކަށް އަވަހާރަ ކޮށްލާފައި ވާތާ އެތައް ދިހަ އަހަރެއް ފަހުން ވެސް އެމެރިކާގެ ރައްޔިތުންނަށް ޖަވާބުތައް ހައްގު؛" ކަމަށެވެ.

ކިންގް ގެ އާއިލާ ގެ އެހެން ބައެއް މެންބަރުން މި ލިޔެކިޔުންތައް ހާމަކުރުމާ މެދު ދެކޮޅު ހަދާފަ އެއް ނުވެއެވެ.

ސިވިލް ރައިޓްސް ލީޑަރަށް "ބޮޑުބޭބެ" ކިޔާ، އަލްވީޑާ ކިންގް ވަނީ ރައީސް ޓްރަމްޕް ލިޔެކިޔުންތައް ހާމަ ކުރެއްވުމުން ޝުކުރު އަދާ ކޮށްފައެވެ.

"އެމަނިކުފާނު އަވަހާރަވުމުން އަޅުގަނޑުމެން ހިތާމަ ކުރަމުން ދިޔަ ނަމަވެސް، މި ލިޔެކިޔުންތައް ހާމަ ކުރުމަކީ އެމެރިކާގެ ރައްޔިތުންނަށް ހައްގު ވެގެންވާ ހަގީގަތާ ގާތަށް ދިއުމަށް އެޅުނު ތާރީހީ ފިޔަވަޅެކެވެ."

ޓްރަމްޕް އަށް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކިންގް ގެ ފައިލްތައް އާންމު ކުރީ، 2019 ވަނަ އަހަރު ޖަލުގައި ހުއްޓާ އަމިއްލަ އަށް މަރުވި ކަމަށް ބުނާ "ސެކްސް އޮފެެންޑަރ" ޖެފްރީ އެޕްސްޓެއިންގެ މައްސަލައާ ގުޅޭ ފައިލްތަކާ ބެހޭ ގޮތުން ޓްރަމްޕް ސަރުކާރުގެ ހާމަ ކަން ކުޑަކަމަށް ބުނެ ފާޑު ކިޔަމުންދާ ދަނޑިވަޅެއް ގައެވެ.

ސިވިލް ރައިޓްސް ލީޑަރު އަލް ޝާޕްޓަން ވިދާޅުވީ ކިންގްގެ ފައިލްތައް ހާމަ ކުރުމަކީ "އެޕްސްޓެއިން ގެ ފައިލްތަކާ ގުޅިގެން ޓްރަމްޕަށް ކުރިމަތިވެފައިވާ ބޮޑެތި ފާޑު ކިޔުން ތަކުގެ އިތުރުން އޭނާގެ ކްރެޑިބިލިޓީ ދަށްވެފައިވާ ދަނޑިވަޅެއްގައި އެކަމުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރި ދެރަވަރުގެ ކަމެއް" ކަމަށެވެ.

ކިންގް އަވަހާރަކޮށްލި ކަމަށް ކުށް ސާބިތު ވި ޖޭމްސް އާރލް ރޭ، ހައްޔަރުކުރުމުގެ ކުރިން ކެނެޑާ، ޕޯޗުގަލް އަދި ޔޫކޭ ގައި ފިލައިގެން އުޅެފައި ވެއެވެ. ޔޫކޭ ގައި ފިލައިގެން އުޅެމުން ވެސް އޭނާ ވަނީ ބޭންކަކަށް ވަދެ ފޭރުމުުގެ އަމަލެއް ހިންގާފައެވެ.

މެމްފިސް އަށް އަލުން ގެނައުމަށް ފަހު، އޭނާ 1969 ވަނަ އަހަރު ކުށަށް އިއުތިރާފް ވުމުން 99 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކުރިއެވެ.

ސިއްރު ރޭވުން ތަކެއް ރޭވި ފަރާތްތަކެއްގެ ސަބަބުން އޭނާ ފްރޭމް ވެފައިވާ ކަމަށް ބުނެ ކޯޓަށް ފަހުން އޭނާ މައްސަލަ ވެސް ހުށަހެޅިއެވެ. އޭނާގެ ކުށްވެރިވާ ކަމަށް އަމިއްލަ އަށް ވެފައިވަ އިއުތިރާފު އެއްބަސްވުން ބާތިލުކުރުމަށް މަސައްކަތްކުރި ނަމަވެސް ކޯޓުތަކުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަކުރާރުކޮށް ދަމަހައްޓާފައިވެއެވެ.

ރޭ މަރުވީ 1998 ވަނަ އަހަރު އުމުރުން 70 އަހަރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

27 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު