Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވިއެޓްނާމް

ވިއެޓްނާމް ގައި އުޅަނދެއް ބަންޑުން ޖަހާލާ އެތައް ބަޔަކު މަރުވެއްޖެ

މި ހާދިސަ ގައި މަދުވެގެން 37 މީހުން މަރުވެ، އަދި އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފައި

ރާއްޖެ އެމްވީ | 20 ޖުލައި 2025 | އާދީއްތަ 07:36
ވިއެޓްނާމް ގެ ހާ ލޯންގް ބޭގައި ބަންޑުން ޖަހާލި އުޅަނދުގެ ކައިރީގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރި އަށް ގެންދަނީ

ވިއެޓްނާމް ގެ ހާ ލޯންގް ބޭގައި ބަންޑުން ޖަހާލި އުޅަނދުގެ ކައިރީގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރި އަށް ގެންދަނީ

މޫސުން ގޯސްވެ، ވިއެޓްނާމް ގެ ހާ ލޯންގް ބޭ ގައި އުޅަނދެއް ބަންޑުން ޖަހާލާ އެތައް ބަޔަކު މަރުވެއްޖެ އެވެ.

މި ހާދިސަ ގައި މަދުވެގެން 37 މީހުން މަރުވެ، އަދި އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ އުތުރު ގައި އޮންނަ، ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ތަނެއް ކަމުގައިވާ ހާ ލޯންގް ބޭ ގައެވެ.

އުޅަނދުގައި ތިބި ގިނަ މީހުންނަކީ ވެރިރަށް ހަނޯއީން ޗުއްޓީ ހޭދަ ކުރުަމަށް އައިސްފައިވާ ވިއެޓްނާމް ގެ އާއިލާ ތަކެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތަށް ވިއްސާރައިގެ ސަބަބުން ދަތިތަކެއް ކުރިމަތި ވަމުންދާ ކަމަށް ސަލާމަތްކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިހާތަނަށް 11 މީހުން ދިރިތިއްބާ މޫދުން ނަގާފައި ވެއެވެ.

ވިއެޓްނާމްގެ ބޯޑަރ ގާޑުންނާއި ނޭވީން ދީފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، "ވޮންޑަރ ސީސް" ނަމަކަށް ކިޔާ މި އުޅަނދުގައި 53 މީހުން ތިއްބާ، ކުއްލިއަކަށް ދިމާވި ކޮޅި ގަނޑެއް ގައި އުޅަނދު ޖެހުނެވެ.

މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރޭގައި މަދުވެގެން 8 ކުދިންގެ ހަށިގަނޑު ހިމެނޭ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ބޮޑުވަޒީރު ފާމް މިން ޗިން ވަނީ މަރުވެފައިވާ މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅު ކުރައްވާފަ އެވެ.

މި ހާދިސާ ހިނގި ސަބަބު ތަޙުޤީޤު ކޮށް، "ޤާނޫނާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ" ކަމަށް ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ގުއާންގ ނިން ޕްރޮވިންސް ގައި އޮންނަ ހާ ލޯންގް ބޭ އަކީ ސަތޭކަ އަށްވުރެ ގިނަ ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލޭވޭ ވަރަށް ހިތްގައިމު ތަނެކެވެ. 2019 ވަނަ އަހަރު މި ސަރަޙައްދަށް 4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި މިތަނަކީ ޔުނެސްކޯ އިން ދުނިޔޭގެ ތަރިކައިގެ ތެރޭގައި ހިމަނާފައިވާ ތަނެކެވެ.

ވިއެެޓްނާމް ލޯ މެގަޒިން އިން ބުނާ ގޮތުގައި، ބޯޓު ބަންޑުން ޖަހާލީ އުތުރު ވިއެޓްނާމާއި ޓޮންކިން ކަނޑު ގައި އުފެދިފައިވާ ތޫފާނެއް ގެ ސަބަބުން ވަރަށް ބޮޑަށް ވާރޭ ވެހި، ގުގުރައި، އަދި ވައި ގަދަވެގެން ދިޔަ ދަނޑިވަޅެއް ގައެވެ.

ތޫފާން ވިފާ ކައިރި ވަމުން އަންނާތީ، މި ސަރަޙައްދު ގައި ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބުނެ މޫސުމާބެހޭ މަރުކަޒުަން ވަނީ އިންޒާރު ދީފައެވެ.

އާދީއްތަ ދުވަހު ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަރާފައިވާ މި ތޫފާނުގެ ބާރު އަދި ވެސް އަންނަނީ ގަދަ ވަމުން ނެވެ.

ވިފާ އާ ގުޅިގެން އައި ގަދަ ވައިގެ ސަބަބުން ހާ ލޮންގް ބޭއިން 175 ކިލޯމީޓަރު (110 މޭލު) ދުރުގައިވާ ވެރި ރަށް ހަނޯއީގައި ގިނަ އަދަދެއްގެ ގަސްތައް ވަނީ ވެއްޓިފަ އެވެ. އަދި އެ ސިޓީގެ މަތިންދާ ބޯޓު ގެ ދަތުރުތަކަށް ވެސް ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ.

ނޯއި ބާއި އެއަރޕޯޓުން ބުނާ ގޮތުގައި އެތަނަށް އަންނަން ހަމަޖެހިފައިވާ 9 ފްލައިޓެއް އެހެން އެއަރޕޯޓުތަކަށް ބަދަލުކުރެވުނެވެ. އަދި ހޮނިހިރު ދުވަހު ފުރަން ހަމަޖެހިފައިވާ 3 ފްލައިޓެއް ވަގުތީ ގޮތުން ކެންސަލު ކުރެވުނެވެ.

ހާ ލޮންގް ބޭ އަކީ ވިއެޓްނާމް ގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލެވެ.

ވޭތުވެދިޔަ އަހަރު، ތޫފާން ޔާގީ އާ ގުޅިގެން ޖެހުނު ގަދަ ވައިގެ ސަބަބުން އުފެދުނު ބޮޑެތި ރާޅު ތަކުގެ ސަބަބުން ހާ ލޮންގް ބޭ ސަރަހައްދު ގައި 30 އުޅަނދު ވަނީ ފެތިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު