Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސް އިން ބުނަނީ ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލަން އެއްބަސް ނުވާ ނަމަ ވަގުތީ އެއްބަސްވުމަކަށް ނުދާނެ ކަމަށް

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނެފައި ވަނީ އެމީހުންގެ ހަނގުރާމަވެރިން ދިގު މުއްދަތެއްގެ ހަނގުރާމަ އަކަށް ތައްޔާރަށް ތިބި ކަމަށް

ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 16:43
ޖުލައި 17، 2025 ގައި ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ހިންގާ އަބޫ ހިލޯ ސްކޫލަށް އަމާޒުކޮށްގެން ދިން އިސްރާއީލުގެ ވައިގެ ހަމަލާއަކަށް ފަހު އިމާރާތުން ބޯ ދުން އަރަނީ

ޖުލައި 17، 2025 ގައި ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ހިންގާ އަބޫ ހިލޯ ސްކޫލަށް އަމާޒުކޮށްގެން ދިން އިސްރާއީލުގެ ވައިގެ ހަމަލާއަކަށް ފަހު އިމާރާތުން ބޯ ދުން އަރަނީ

ފަލަސްތީނުގެ ހަމާސް އިން ބުނަނީ ހިނގަމުންދާ މަޝްވަރާތަކުގައި ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް ނުދާނެ ކަމަށެވެ.

ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ތަރުޖަމާނު ހުކުރު ދުވަހު ބުނެފައި ވަނީ ހިނގަމުންދާ މަޝްވަރާތަކުގައި ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެ ގްރޫޕުން ކުރިއަށް އޮތްތަނުގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވާނެ ކަމަށާއި، އަދި ދާއިމީ އެއްބަސް ވުމަކަށް ވާސިލު ވުމަށް އިސްރާއީލުން ދެކޮޅުހަދާ ކަމަށެވެ.

އަބޫ އުބައިދާ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަމުން ބުނެފައި ވަނީ ހަމާސް އިން ޣައްޒާ ގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭތޯ ތަކުރާރުކޮށް ހުށަހަޅާފައި ކަމަށެވެ.

ފަލަސްތީނުގެ ހަމާސްގެ ހަތިޔާރުއެޅި ގޮފިން ތުހުމަތުކޮށްފައި ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމާއި ޣައްޒާ ގައި ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި އިސްރާއީލުން ހުރަސްއަޅާ ކަމަށެވެ.

އަބޫ އުބައިދާ ބުނެފައި ވަނީ ހަމާސް އިން "އަބަދުވެސް ހުށަހަޅަނީ ހުރިހާ ރަހީނުން އެއްފަހަރާ އަނބުރާ ގެންދިއުމުގެ ފުރިހަމަ އެއްބަސްވުމަކަށް" ދިއުމަށް ކަމަށެވެ.

ނަމަވެސް އޭނާ ބުނެފައި ވަނީ އިސްރާއީލުން "އެ މީހުން ހުށަހެޅި ކަންތައްތަކަށް އިންކާރުކޮށްފައިވާ" ކަމަށާއި، އެކަން އަލުން ވިސްނުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

އަނެއްކޮޅުން ޣައްޒާގެ ސިއްޙަތާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ "މިހާތަނަށް ފެނިފައިވާ ނުވާހާ ގިނަ" އަދަދަކަށް ބަނޑަށް ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން، ހިޞާރުކުރެވިފައިވާ އެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ފަރުވާ އަށް އަންނަމުންދާ ކަމަށެވެ.

ޣައްޒާގައި ދުވަހުން ދުވަހަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ހުކުރު ދުވަހު އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 35 މީހުން މަރުވެފައިވެއެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނެފައި ވަނީ އެމީހުންގެ ހަނގުރާމަވެރިން ދިގު މުއްދަތެއްގެ ހަނގުރާމަ އަކަށް ތައްޔާރަށް ތިބިކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު