Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކެރަމް ޤައުމީ މުބާރާތް: ފިރިހެން ސިންގަލްސް ހުޖާން ކާމިޔާބު ކުރިއިރު، އަންހެން ސިންގަލްސް ކާމިޔާބުކޮށް ވިދާދު އަށް ރެކޯޑެއް

14 ޖުލައި 2025 | ހޯމަ 05:06

އަންހެން ސިންގަލްސް ފައިނަލްގައި ވާދަކޮށްފައި ވަނީ ވިދާދު އާއި އައިޝަތު ނައުފާ އެވެ. ފިރިހެން ސިންގަލްސް ފައިނަލްގައި ހުޖާން ވާދަކޮށްފައި ވަނީ އިސްމާއީލް އަޒްމީންއާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2025 | ހޯމަ 05:06
ކެރަމް ޤައުމީ މުބާރާތް ކާމިޔާބު ކުރި ހުޖާން އަދި ވިދާދު

ކެރަމް ޤައުމީ މުބާރާތް ކާމިޔާބު ކުރި ހުޖާން އަދި ވިދާދު

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ، 34 ވަނަ ކެރަމް ޤައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަން އިބްރާހީމް ހުޖާން ހޯދިއިރު، އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އާމިނަތު ވިދާދު ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު އަންހެން ސިންގަލްސް ފައިނަލްގައި ވާދަކޮށްފައި ވަނީ ވިދާދު އާއި އައިޝަތު ނައުފާ އެވެ. މި މެޗު ވިދާދު ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. މެޗު ދިޔައީ 24-17، 11-21 އަދި 25-08 އިންނެވެ.

އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދައި ވިދާދު ވަނީ ޤައުމީ ރެކޯޑެއް ޙާސިލު ކޮށްފަ އެވެ. މިއީ ވިދާދު ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތް ވަނަ ފަހަރެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި ހުޖާން ވާދަކޮށްފައި ވަނީ އިސްމާއީލް އަޒްމީންއާ އެވެ. އަޒްމީން އަކީ 2022 އަދި 2023 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އެވެ. ފައިނަލްގައި ހުޖާން ވަނީ އަޒްމީންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. ފައިނަލް މެޗު ހުޖާން ކާމިޔާބު ކުރީ 25-10 އަދި 25-15 އިންނެވެ. މިއީ ހުޖާން ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ސިންގަލްސް އިވެެންޓުގެ ފައިނަލާ އެކު މިއަހަރުގެ ކެރަމް ޤައުމީ މުބާާރާތް ވަނީ ނިމިފަ އެވެ. މިއަހަރު ވެސް ވަނީ ދެ ވަނަ ޑިވިޝަންގެ އިތުރުން، ފުރަތަމަ ޑިވިޝަން އަށް ޤައުމީ މުބާރާތް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މިއަހަރު މުޅިން އަލަށް ވަނީ ޖޫނިއާ އުމުރުފުރާ އަށް ވެސް ޤައުމީ މުބާރާތް ބާއްވައިފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް