Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާޖޮލް

ކާޖޮލްގެ ފިލްމީހަޔާތަށް 25 އަހަރު

29 އޯގަސްޓު 2017 | އަންގާރަ 06:56

އަޖޭދޭވްގަންއާއި އޭނާ ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 އޯގަސްޓު 2017 | އަންގާރަ 06:56
ކާޖޮލް

ކާޖޮލް

ކާޖޮލް އުފަންވެފައިވަނީ 5 އޮގަސްޓް 1974 ވަނަ އަހަރުގައި އިންޑިއާގެ މުމްބާއީގައެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަންއާއެވެ.

ކާޖޮލް އަކީތަންޖޫ އާއި ފިލްމު ހަދާ މީހެއްކަމަށްވާ ޝޯމޫ މުކްރަޖީގެ ފުރަތަމަ ދަރިފުޅެވެ. ކާޖޮލްގެ މަންމަ ތަނޫޖާއަކީ 50 ގެ އަހަރުތަކުގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. އަދި ކާޖޮލްގެ ބައްޕައަކީ ލިޔުންތެރިއެއް، ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެކެވެ. ކާޖޮލްއަކީ އިންޑިއާގެ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ތަރިންގެ ތެރޭގައި ހިމެނޭ އެއް އެކްޓްރެސްއެވެ. އޭނާ އިންޑިއާގެ ފިލްމީ ދުނިޔެއާއި ގުޅިފައިވަނީ 1992 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ އޭނާގެ މަންމައާއި އެކު ކުޅުނު ފިލްމު ކަމަށްވާ "ބޭޚުދީ" އެވެ. އޭނާ އެންމެ ފުރަތަމަ ބޮޑު ރޯލަކުން ފެނުނީ ފިލްމު "ބާޒީގަރު" އިންނެވެ. އެއަށްފަހު 1994 ވަނަ އަހަތު ކާޖޮލްވަނީ "ޔޭ ދިލްލަގީ" ކުޅެފައެވެ. އޭނާ ކުޅުނު ފިލްމު ތަކުގެ ތެރޭގައި "ޕްޔާރު ތޯ ހޯނާ ހިތާ"(1998) ، ކުޗްކުޗްހޯތާހޭ(1998)، "ކަބީ ޚުށީ ކަބީގަމް"(2001)، "ފަނާ"(2006). އަދި "ދިވާލޭ"(2015) ހިމެނެއެވެ.

ކާޖޮލްވަނީ ފިލްމު ކުޅުމުގެ އިތުރުން ޒީ ޓީވީ އިން ގެނެސްދޭ ރިއަލިޓީ ޝޯއެއްކަމަށްވާ "ރޮކްއެންޑް ރޯލް ފެމެލީ" ގައި ޖަޖްކަން ވެސް ކޮށްފައެވެ.

އަޖޭދޭވްގަންއާއި އޭނާ ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގައެވެ.އެކައިވެންޏަށް މިހާރުވަނީ 2 ދަރިން ލިބިފައެވެ.

ކާޖޮލްއާއި އަޖޭވެސް ވަނީ އެކުގައި ފިލްމުތައް ކުޅެފައެވެ.

އެ މީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ 1995 ގައި ނުކުތް "ގުންޑާރާޖް" އެވެ. އަދި ހަމަ އެއަހަރުގައި ނިކުތް "ހަލްޗަލް" އެދެމީހުން ވަނީކުޅެފައެވެ. އޭގެ ފަހުން "އިޝްގް"، "ޕިޔާރް ތޯ ހޯނާ ހިތާ" "ދިލް ކިޔާ ކަރޭ"، "ރާޖޫ ޗާޗާ"، "ޔޫ މީ އައުރު ހަމް" އަދި "ޓޫންޕޫރް ކާ ސުޕަ ހީރޯ" އެދެމަފިރިން އެކީގައި ވަނީ ކުޅެފައެވެ.

ކާޖޮލްގެ 25 އަހަރު ވީ ފިލްމީ ހަޔާތުގައި އޭނާ ވަނީ ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެތަކެއް ފިލްމީ އެވޯޑްތައްވެސް އޭނާއަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ފިލްމް ފެއާ އެވޯޑްސްގައި އެންމެ ބެސްޓް އެކްޓްރެސް އަކަށް އޭނާ ވަނީ 2001 ވަނައަހަރު ލިބިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް