Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެލާނާ އެއަރޕޯޓް

އެއާރޕޯޓު ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޯނު ގެންގުޅުން މަނާކޮށް އެންގި އެންގުން ބާތިލްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގެ މުވައްޒަފުންނަށް ވަޒީފާގައި ހުންނަ ގަޑީގައި ފޯން ގެންގުޅުން މަނާކުރި ނޯޓިސް މިހާރު ވަނީ ބާތިލް ކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 13:38
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު: އެއާޕޯޓު ޑިއުޓީ ފްރީގެ މުވައްޒަފުން އެ ސަރަހައްދަށް ފޯނު ވެއްދުން މަނާކުރި ކުރުން ވަނީ ބާތިލް ކޮށްފަ

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު: އެއާޕޯޓު ޑިއުޓީ ފްރީގެ މުވައްޒަފުން އެ ސަރަހައްދަށް ފޯނު ވެއްދުން މަނާކުރި ކުރުން ވަނީ ބާތިލް ކޮށްފަ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގެ މުވައްޒަފުން، ވަޒީފާއަށް ނުކުންނައިރު ފޯނު ގެނައުން މަނާކޮށް ބުދަ ދުވަހު ފޮނުވި ނޯޓިސް ބާތިލު ކޮށްފި އެވެ.

އެމްއޭސީއެލް ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ރާއްޖެ އެމްވީ އަށް ބުނީ ޑިއުޓީ ފްރީ މުވައްޒަފުން ތިބޭ ގްރޫޕުތަކަށް ފޯނު ގެނައުން މަނާކުރިކަން އަންގާ ބުދަ ދުވަހު ފޮނުވި ނޯޓިސް މިހާރު ވަނީ ބާތިލްކޮށްފައި ކަމަށެ އެވެ.

Advertisement - newsAdvertisement

މި އުސޫލު ބާތިލުކޮށްފައި މިވަނީ މިކަމާ ގުޅިގެން ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެމްއޭސީއެލް އިން ކުއްލިއަކަށް ބުދަ ދުވަހު ފޮނުވި ނޯޓިހުގައި ބުނެފައިވަނީ ބުދަ ދުވަހުން ފެށިގެން ޑިއުޓީ ފްރީގެ ސޭލްސް ސްޓާފުން ޑިއުޓީ ގަޑީގައި މޯބައިލް ފޯނު ބޭނުން ނުކުރެވޭނޭ ކަމަށާއި ކޮންމެ ދްޓާފަކުވެސް ފޯނު ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށެވެ. ފޯނު ބޭނުން ކުރެވޭނީ ހަމައެކަނި ބްރޭކް ގަޑީގައި ލިބޭ ވަގުތުގައި ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.

އެގޮތުން، ޑިއުޓީގައި ހުންނަ ގަޑީގައި ފޯނު ނެތުމުން އާއިލާ ގެ ހާލު ބެލުމަށާއި ދަރިންގެ ހާލު ބެލުމަށް ދަތިތައް ކުރިމަތިވާނެ ކަމަށާއި މިއީ އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ. އެ މީހުން މި ޝުއޫރުތައް ފާޅުކޮށްފައިވަނީ ޑިއުޓީ ފްރީ މުވައްޒަފުންގެ ވައިބާ ކޮމިއުނިޓީ ގްރޫޕެއްގަ އެވެ.

ބައެއް މުވައްޒަފުން ވަނީ މިފަދަ ދަތިކަމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ، އުސޫލު ބަދަލު ނުކުރާހާ ހިނދަކު ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުނެފަ އެވެ.

ޑިއުޓީފްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފޯނު ގެންގުޅުން މަނާކޮށް ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ އެގޮތަށް އަމަލުކުރުމަށް އަންގާފައި ނޯޓިސް ފޮނުވާފައި ވަނީ ބައިނަލްއަޤްވާމީ ގޮތުން ޕްރޮފެޝަނަލް މާހައުލެއް ޤާއިމު ކުރުމަށާއި ކަސްޓަރަމަރުންގެ މިންގަނޑުތަށް ދެމެހެއްޓުމަށް ކަމަށެވެ.

މިވަގުތު މަސައްކަތު ގަޑިތަކުގައި އަމިއްލަ މޯބައިލް ފޯނު ބޭނުންކުރުމާ ގުޅޭ ގޮތުން ރަސްމީ ސިޔާސަތެއް ނެތް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އަދ ދެމެހެއްޓެނިވި ފޯކަސް އާއި އުފެއްދުންތެރިކަމާއި ޑިއުޓީގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތު ގަޑިތަކުގައި އިޚްތިޔާރު ކުރުމާއި ޕާސަނަލް ފޯނު ބޭނުންކުރުން އެންމެ ކުޑަކުރުމަށް މުވައްޒަފުންނަށް ލަފާދޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވެލާނާ އެއަރޕޯޓްޑިއުޓީ ފްރީ މުވައްޒަފުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް

ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް

31 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

25 ސެޕްޓެމްބަރު 2025
އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު