Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ޓްރަމްޕްގެ އިތުރު އިންޒާރެއް އީރާނަށް - މަޝްވަރާގެ މޭޒަށް އާދޭ، ނޫންނަމަ ދެން ދޭ ހަމަލާތައް މާ ވަރުގަދަވާނެ

އެމެރިކާގެ ހަމަލާ އަށް ފަހު އީރާނުން ބުނެފައި ވަނީ ސަރަަހައްދުގައި ހުރި އެމެރިކާގެ ކޮންމެ މީހަކީ އަދި ކޮންމެ އަސްކަރީ މަރުކަޒަކީ ޓާގެޓެއް ކަމަށް

ރާއްޖެ އެމްވީ | 22 ޖޫން 2025 | އާދީއްތަ 03:31
އީރާނަށް އެމެރިކާ އިން ހަމަލާ ދެމުން ދިޔަ އިރު ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ އެހެން އޮފިޝަލުން ސިޗުއޭޝަން ރޫމްގައި

އީރާނަށް އެމެރިކާ އިން ހަމަލާ ދެމުން ދިޔަ އިރު ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ އެހެން އޮފިޝަލުން ސިޗުއޭޝަން ރޫމްގައި

އިރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް އެމެރިކާ އިން ބޮން އެޅުމަށް ފަހު، މަޝްވަރާގެ މޭޒަށް އައުމަށާއި ނޫން ނަމަ ދެން ދޭ ހަމަލާތައް މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިތުރު އިންޒާރެއީރާނަށް ދެއްވައިފިއެވެ.

"އެމީހުން އެކަން ނުކޮށްފިނަމަ، ކުރިއަށް އޮތްތާނގައި އަންނާނެ ހަމަލާތައް މާ ބޮޑުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ. "އަދި މާ ފަސޭހަވާނެ." ހަމަލާ އަށް ފަހު ގައުމާ މުޚާތަބު ކުރައްވާ ދެއްވި ކުރު ބަޔާނެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ މި އޮޕަރޭޝަން ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ - އަދި ހަމައެކަނި - އިރާނު މަޝްވަރާގެ މޭޒަށް އަންނަ ނަމަ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީ ބޭސް ތަކާއި ގިނަ އަދަދެއްގެ ސިފައިން ހުޅަނގު އޭޝިޔާ ސަރަހައްދުގައި މިހާރުވެސް ގާއިމުވެ ތިބި އިރު، އޭގެ އިތުރުން އެމެރިކާ އިން ވަނީ އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަސްކަރީ ވަސީލަތްތައް ގެނެސްފައެވެ.

އިރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާ ދިނުމަށް ފަހު ދެއްކެވި ކުރު ވާހަކަފުޅުގައި، ޓްރަމްޕް ވިދާޅުވީ މިހާރު "ސުލްހަ" އަށް ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި އެމެރިކާގެ ހަމަލާ އަށް ތެހެރާނުން ރައްދު ދީފިނަމަ އިތުރު ހަމަލާތަކުގެ އިންޒާރު ދެއްވާފައިވެއެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިރާނަށް މިފަދަ ބޮޑު ހަމަލާއެއް ބަލައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

އެމެރިކާގެ ހަމަލާ އަށް ފަހު އީރާނުން ބުނެފައި ވަނީ ސަރަަހައްދުގައި ހުރި އެމެރިކާގެ ކޮންމެ މީހަކީ އަދި ކޮންމެ އަސްކަރީ މަރުކަޒަކީ ޓާގެޓެއް ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު