Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ހަމަލާ ދީފި

މި އޮޕަރޭޝަނަކީ "ވަރަށް ކާމިޔާބު" އޮޕަރޭޝަނެއް ކަމަށް ޓްރަމްޕް ވިދާޅުވި

ރާއްޖެ އެމްވީ | 22 ޖޫން 2025 | އާދީއްތަ 01:04
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ސައިޓް ތަކަށް ބޮން އަޅައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހުގެ ރޭ އިޢުލާނުކުރެއްވީ އެމެރިކާގެ ބާރުތަކުން އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ "ވަރަށް ކާމިޔާބު" އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ، މިހާރު އައިސްފައި ވަނީ ސުލްހައިގެ ވަގުތު ކަމަށް އިޢުލާނުކުރެއްވިއެވެ.

"އަހަރެމެން ވަނީ އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް، އޭގެ ތެރޭގައި ފަރްދޫ، ނަތަންޒް އަދި އިސްފަހާން ހިމެނޭ ގޮތަށް، ވަރަށް ކާމިޔާބު ހަމަލާއެއް ދީ ނިންމާފައި،" ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އެމެރިކާގެ ހުރިހާ މަތިންދާބޯޓުތަކެއް އީރާނުގެ ވައިގެ ސަރަހައްދުން ބޭރުގައިވާ ކަމަށާއި، އިރުމަތީ ސްޓޭންޑަޑް ޓައިމުން ހަވީރު 7:50 ގެ ކުޑައިރުކޮޅެއް ފަހުން އެ މަތިންދާބޯޓުތައް އެނބުރި އެތަކެތީގެ އަސްކަރީ މަރުކަޒުތަކަށް ދަތުރުކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"މައިގަނޑު ސައިޓު ކަމުގައިވާ ފަރްދޫ އަށް ފުރިހަމަ ބޮމުގެ ޝިޕްމަންޓެއް ވަނީ އަޅާލެވިފައި،" އެމެރިކާގެ ރައީސް ވިދާޅުވިއެވެ. "އަހަރެމެންގެ ޝަރަފްވެރި އެމެރިކާގެ ހަނގުރާމަވެރިންނަށް މަރުހަބާ. މި ކަން މިގޮތަށް ކުރެވޭނެ އެހެން އަސްކަރިއްޔާއެއް ދުނިޔޭގައި ނެތް. މިހާރު އައިސްފައި މިވަނީ ސުލްހައިގެ ވަގުތު!"

ފަހުން ޓްރަމްޕް ވިދާޅުވީ އޭނާ އިރުމަތީ ސްޓޭންޑަޑް ޓައިމުން ރޭގަނޑު 10:00 ގައި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށެވެ. އަދި މި ހަމަލާތަކަކީ "އެމެރިކާ އެކުވެރި ގައުމު ތަކަށާއި، އިސްރާއީލަށާއި، އަދި މުޅި ދުނިޔެ އަށް ތާރީޚީ ވަގުތެއް" ކަމުގައެވެ.

އިސްފަހާނުގެ ޑެޕިއުޓީ ގަވަރނަރު އަކްބަރު ސާލިހީ ވަނީ މި ހަމަލާތައް ބީބީސީ އަށް ކަށަވަރު ކޮށްދެއްވާފައެވެ.

"ނަތަންޒާއި އިސްފަހާނުގައި އެތައް ގޮވުމެއްގެ އަޑު އިވުނު. އަޅުގަނޑުމެންނަށް އިސްފަހާނާއި ނަތަންޒުގެ ނިއުކްލިއަރ ސައިޓުތަކާ ކައިރިން ހަމަލާތަކެއް ފެނުނު."

އީރާނުގެ ސަރުކާރުގެ ޕަބްލިކް ބްރޯޑްކާސްޓަރ، އައިއާރްއެންއޭ ނިއުސް އެޖެންސީން ބުނެފައިވަނީ: "މި ތިން ނިއުކްލިއަރ ސައިޓުގައި ރޭޑިއޭޝަން ފެތުރޭ ފަދަ އެއްވެސް މާއްދާއެއް ނެތް." ކަމަށެވެ.

މި ބަޔާނުން ދޭހަވަނީ މި ތަންތަނަށް ބޮން އެޅުމުގެ ކުރިން އެންރިޗްކޮށްފައިވާ ޔުރޭނިއަމް އެތަނުން ނަގާފައިވާ ވުން ކަމަށް އަލް ޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ.

ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނަށް ހަމަލާދިނުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ތޯމަސް މެސީ ވިދާޅުވެފައިވަނީ މި ހަމަލާތަކަކީ އެމެރިކާގެ ޤާނޫނު އަސާސީއާ ޚިލާފަށް ޓްރަމްޕް ހިންގެވި އަމަލެއް ކަމަށެވެ. އެއީ ހަނގުރާމައާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ޤާނޫނު އަސާސީން ދީފައިވަނީ ޤާނޫނު ހަދާ މަޖިލީހަށް ކަމަށްވާތީ އެވެ.

އަނެއްކޮޅުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން، ވަނީ ޓްރަމްޕްގެ ނިންމެވުމަށް މަރުހަބާ ކިޔުއްވާ ފައެވެ. އޭނާ ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް ޓްރަމްޕް ދެއްވި ހަމަލާތަކުން ދައްކުވައިދެނީ "އެމެރިކާ ފަސްޓް" ސިޔާސަތަށް އޭނާގެ ވަފާތެރިކަން ކަމަށެވެ.

ފަހަކަށް އައިސް ކުރެވުނު ބައެއް ސަރވޭތަކުން ދައްކާގޮތުގައި އެމެރިކާގެ ވޯޓު ދޭ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ޤަބޫލު ކުރަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގާ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެގެން ނުވާނެ ކަމަށެވެ.

ގަލްފް ސަރަޙައްދުގައި ގާތްގަނޑަކަށް 40،000 އެމެރިކާ ސިފައިން ތިބެއެވެ. އެމެރިކާ އިން އީރާނަށް ހަމަލާ އެއް ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމަކީ ހުއްދަވާނެ ކަމެއް ކަމަށް އީރާނުން ބުނެފައި ވުމާއެކު މިހާރު ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިން ތިބޭނީ ވަރަށް ބޮޑަށް ސަމާލުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއް ކޮޅުން އިއްޔެ، ޔަމަނުގެ ހޫތީން އިންޒާރު ދީފައިވަނީ އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރި ވެއްޖެނަމަ، ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އުޅަނދުތަކަށް އަލުން ހަމަލާދޭން ފަށާނެ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން އިސްރާއީލުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކުރެވިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު