Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާނުގެ ޑްރޯން ހަމަލާ އެއްގައި އިސްރާއީލުގެ އިމާރާތަކަށް ބޮޑު ގެއްލުމެއް

ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުގެ ހަމަލާތަކުން އިސްރާއީލުގައި ޖުމްލަ 25 މީހުން މަރުވެފައިވޭ

ރާއްޖެ އެމްވީ | 21 ޖޫން 2025 | ހޮނިހިރު 13:48
އީރާނުން އިސްރާއީލަށް ދިން ޑްރޯން ހަމަލާ އެއް އަމާޒުވި ސަރަހައްދެއްގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރި ވަނީ - ޖޫން 21، 2025

އީރާނުން އިސްރާއީލަށް ދިން ޑްރޯން ހަމަލާ އެއް އަމާޒުވި ސަރަހައްދެއްގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރި ވަނީ - ޖޫން 21، 2025

އިސްރާއީލުގެ ސަލާމަތީ ޚިދުމަތްތަކުން ހޮނިހިރު ދުވަހު ބުނެފައި ވަނީ، އީރާނުގެ ޑްރޯނަކުން އެ ޤައުމުގެ އުތުރުގައި ހުރި އިމާރާތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ޖޫން 13 ގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ގިނަ އަދަދެއްގެ މިސައިލް އާ ޑްރޯން ބޭނުން ކޮށްގެން އިސްރާއީލަށް ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ.

އިސްރާއީލުން ބުނަނީ 450 އަށްވުރެ ގިނަ މިސައިލާއި 400 އާ ގާތްކުރާ އަދަދެއްގެ ޑްރޯން، އިސްރާއީލުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައި ވެއެވެ.

އީރާނުން ދޭ ހަމަލާތަކުގެ ގެއްލުމުގެ މައުލޫމާތު މިނިވަން ކަމާ އެކު ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށް ގިނަ މީޑިއާ ރިޕޯޓު ތަކުގައި ވެއެވެ. އިސްރާއީލަށް އަރާ ހަމަލާ ތަކުގެ މައުލޫމާތު ދިނުމުގައި ސިފައިންގެ ހަރުކަށި ސެންސަރޝިޕް ގަވާއިދުތަކެއް ވަނީ ހަދާފައެވެ. އަދި މި މައުލޫމާތު އާންމުންނަށް ތަފްސީލުކޮށް ނުދޭ ކަމަށް ވެސް މީޑީއާ ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ ބެލުމުގެ ދަށުން ހިންގާ ނޭޝަނަލް ޕަބްލިކް ޑިޕްލޮމަސީ ޑައިރެކްޓަރޭޓުން އީރާނުގެ ހަމަލާތަކުގެ ތެރެއިން ހަމަލާ އެރި 50 ތަނެއް މިހާތަނަށް ހާމަކޮށްފައެވެ.

ހުކުރު ދުވަހު ހައިފާގެ ބަނދަރު ސަރަހައްދުގައި ހުރި އިމާރާތަކަށް އީރާނުން ދިން ހަމަލާއެއްގައި މަދުވެގެން 19 މީހުން ވަނީ ޒަޚަމްވެފައެވެ.

އުތުރުގައި އޮންނަ މި ބަނދަރަށް ގިނަ ފަހަރު ހަމަލާ ދީފައިވެއެވެ. އަދި މީގެ އިތުރުން، ތެލް އަވީވް ގެ ދެކުނުގައި އޮންނަ ބެއަރ ޝީބާ އަށްވެސް ގިނަ ހަމަލާތައް އަމާޒުވެފައިވެއެވެ.

ހޮނިހިރު ދުވަހު ބެއިތް ޝެއާން ގައި ޑްރޯން ހަމަލާ އަމާޒުވި ތަނުން އޭއެފްޕީން ނަގާފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، އިމާރާތުގެ އެއްފަރާތުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވެއެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުގެ ހަމަލާތަކުން އިސްރާއީލުގައި ޖުމްލަ 25 މީހުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު