Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ)

ފެޒްގ ބޮޑު އީދު ފުޓްސަލް މުބާރާތް ކާމިޔާބު ކުރީ ކެމަލް އިން

21 ޖޫން 2025 | ހޮނިހިރު 07:16

މުޅި ރަށަށް ހުޅުވާލައިގެން ފެޒްގ އިން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ވަނީ ޖުމުލަ ނުވަ ޓީމަކުން ވާދަކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2025 | ހޮނިހިރު 07:16
ފެޒްގ ބޮޑު އީދު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކެމަލް ޓީމު

ފެޒްގ ބޮޑު އީދު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކެމަލް ޓީމު

ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ) އިން މިއަހަރުގެ އަޟްޙާ އީދާ ގުޅިގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކެމަލް ޓީމުން ހޯދައިފި އެވެ.

މުޅި ރަށަށް ހުޅުވާލައިގެން ފެޒްގ އިން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ވަނީ ޖުމުލަ ނުވަ ޓީމަކުން ވާދަކޮށްފަ އެވެ. އެއީ ސައުދީ އެފްސީ، ފީއަލިއަންސް، ނައިޓް ކިންގްސް، ފަރުކަން ޖޫނިއަރ، މާސީ، ފަރުކަން ސްޕޯޓްސް ކުލަބު، އަލް ޙަދީދު، ކެމަލް އަދި ޑީޓެން އެކްސްޕްރެސް އެވެ.

މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ކެމަލް އަދި ފަރުކަން ސްޕޯޓްސް ކުލަބެވެ. ފައިނަލް މެޗުގައި ކެމަލް އިން ވަނީ 2-0 އިން ފަރުކަން ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފައިނަލްގެ ކުރިން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ވެސް ކާމިޔާބު ކުރީ ކެމަލް އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކެމަލްގެ ޙަސަން އަރުޝަމް ފައިސަލްގެ އިތުރުން، އެ ޓީމުގެ އިސްމާއީލް އަލީ، އަޙުމަދު އަޝްފާގު އަދި ފަރުކަން ސްޕޯޓްސް ކުލަބުގެ ސާއިދު ޢަބްދުލް ޙަމީދު އަދި ސައުދީ އެފްސީގެ ޒިޔާން ޙުސެއިން އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ފަރުކަންގެ ސާއިދު އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ރާއިޝް އަޙުމަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ކެމަލްގެ އަރުޝަމް ފައިސަލް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަންފާޒު ޢަބްދުﷲ އެވެ.

މިއީ ފެޒްގ އިން މުޅި ފީއައްޔަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފިޠުރު އީދާ ދިމާކޮށް، ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން ބޭއްވި ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރީ ކެމަލް އަދި ފަރުކަން ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގައި ކެމަލް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ފަރުކަން އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް