Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާނުން ހުކުރު ވިލޭރޭ އިސްރާއީލަށް ދިން ހަމަލާ ތަކުގައި އެތައް ބަޔަކު ޒަޚަމްވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

އިސްރާއީލުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ބުނާ ގޮތުގައި ހުކުރު ދުވަހުގެ ފަތިހަށް ދެމިގެންދިޔަ ހަމަލާތަކުގައި އިސްރާއީލުން 7 މީހުން ޒަޚަމްވެ ހޮސްޕިޓަލަށް ގެންދެވިފައިވޭ

ރާއްޖެ އެމްވީ | 20 ޖޫން 2025 | ހުކުރު 09:24
އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބީރްޝެބާ  - އީރާނުން ދެ ފަހަރު މަތިން މިސިޓީ އަށް ދިން ހަމަލާގައި ބޮޑެތި ގެއްލުތަކެއް ވަނީ ލިބިފައި

އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބީރްޝެބާ - އީރާނުން ދެ ފަހަރު މަތިން މިސިޓީ އަށް ދިން ހަމަލާގައި ބޮޑެތި ގެއްލުތަކެއް ވަނީ ލިބިފައި

އީރާނުން ބުރާސްފަތި ދުވަހާއި ހުކުރު ވިލޭރޭ އިސްރާއީލަށް ދިން ހަމަލާ ތަކުގައި އެތައް ބަޔަކު ޒަޚަމްވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

އިސްރާއީލުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން ބުނާ ގޮތުގައި ހުކުރު ދުވަހުގެ ފަތިހަށް ދެމިގެންދިޔަ ހަމަލާތަކުގައި 7 މީހުން ޒަޚަމްވެ ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ.

ސޮރޯކާ މެޑިކަލް ސެންޓަރުގެ ޚަބަރު ފަތުރާ ފަރާތުން ބުނެފައިވަނީ މި 7 މީހުން ފަރުވާ ދިނުމަށްޓަކައި އެތަނަށް ގެންގޮސްފައިވާ ކަމަށެވެ.

"ޒަޚަމްތައް [ލިބިފައިވަނީ] ހަމަލާ އިން ސަލާމަތްވާން ރައްކާތެރި ސަރަޙައްދުތަކަށް ވަންނަން ދުވަމުން ދިއުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުގެ ދެކުނުގައިވާ ބިއަރޝީބާ ސިޓީއަށް ބުރާސްފަތި ދުވަހު އާއި ހުކުރު ވިލޭރޭވެސް ހަމަލާ ދީފައިވެއެވެ.

އިސްރާއީލުގެ ސިއްޙަތާބެހޭ މިނިސްޓްރީން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަމަލާގައި މަދުވެގެން 71 މީހުން ޒަޚަމްވިއެވެ.

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަޔަނިސްޓް ވެރިކަމާ ދެކޮޅަށް ދޭ ބަދަލުހިފުމުގެ އޮޕަރޭޝަންގެ ފަނަރަ ވަނަ މަރުހަލާގައި މިސައިލްތަކާއި ޑްރޯންތައް ހިމެނޭ ކަމަށެވެ.

މި މަރުހަލާގެ އަމާޒަކީ، ތެލް އަވީވް އަދި ހައިފާގައި ހުރި އަސްކަރީ އަދި ޞިނާޢީ ވަސީލަތްތައް ކަމަށް މި ބަޔާނުގައި ބަޔާން ކޮށްފައި ވެއެވެ.

އީރާނުގެ އައިއާރްޖީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ކުރީކޮޅު ހިންގި ޑްރޯން އޮޕަރޭޝަންގައި ސަތޭކަ އަށް ވުރެ ގިނަ ހަނގުރާމަވެރި އަދި ފިދާއީ ޑްރޯން ބޭނުން ކޮށްގެން އިސްރާއީލުގެ ސިފައިންގެ އަމާޒުތަކަށް، ޚާއްޞަކޮށް ތެލް އަވީވް އަދި ހައިފާގައި ހުރި މިސައިލް އިންޓަރސެޕްޓަރު ތަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރީ އަދި ޞިނާޢީ އަމާޒުތަކަށް ވަރުުގަދަ މިސައިލް އޮޕަރޭޝަންތައް ހިންގުމަކީ އިރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް އެ ބަޔާނުގައި އިތުރުކޮށްފައިވެއެވެ.

މީގެ ކުރިން، ބައެއް އިސްރާއީލު މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ އެންމެ ފަހުގެ އަދި ފަނަރަ ވަނަ މަރުހަލާގައި "ބޮޑު މިސައިލް ހަމަލާ" ދީފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ފެށިފައިވަނީ މިދިޔަ ހުކުރު ދުވަހު، ޒަޔަނިސްޓް ވެރިކަމުން އިސްލާމީ ޖުމްހޫރިއްޔާ އިރާނަށް ކުއްލިއަކަށް އަނިޔާވެރި ހަމަލާއެއް ދިންތާ ގަޑިއިރުތަކެއް ފަހުންނެވެ.

އިސްރާއީލުގެ ވެރިކަމުން އިރާނުގެ ބަދަލުހިފުމުގެ އޮޕަރޭޝަންތަކާ ގުޅޭ ފޮޓޯތަކާއި ވީޑިއޯތައް ޝާއިޢު ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި ޓީވީ ލައިވް ފީޑްތައް ވެސް އިސްރާއީލުން މަނާ ކޮށްފައި ވެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި، އިރާނުގެ ހަތިޔާރުއެޅި ބާރުތަކުން، އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ބޭނުންކުރާ މިސައިލް އިންޓަރސެޕްޓަރުތަކުން ސަލާމަތްވުމަށް އެކި އައު އުކުޅުތައް ބޭނުންކޮށްގެން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވެއެވެ.

އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގައި އިރާނުގެ ހަތިޔާރުއެޅި ބާރުތަކުން ބޭނުންކޮށްފައިވާ އައު ޖީލުގެ މިސައިލްތަކުގެ ތެރޭގައި ޚައިބަރ-ޝެކަން، ފައްތާޙް އަދި ސެޖިލް ހިމެނެއެވެ.

ބުދަ ދުވަހު ނެރުނު ވީޑިއޯ ބަޔާނެއްގައި، އިސްލާމީ އިންޤިލާބުގެ ލީޑަރު އާާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީ ވިދާޅުވެފައިވަނީ އިރާނުން "އެއްވެސް ބާވަތެއްގެ މަޖުބޫރު ކުރުވުމަކަށް" ބޯލެނބުމެއް ނޯންނާނެ ކަމަށެވެ.

އިރާނުން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 78 މީހުން، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް، މަރާލާފައިވާ ކަމަށާއި، 320 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ. އިސްރާއީލުގެ ސިފައިން ހުއްޓުމެއް ނެތި އީރާނުގެ ޝަހަރު ތަކަށާއި، ސިފައިންގެ ތަންތަނަށާއި، ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދެމުން ގެންދާ ކަމަށް އިރާނުން ބުނެފައިވެއެވެ.

އިރާނުގެ އެންމެ މަތީ ލީޑަރު އާޔަތުއްﷲ ޢަލީ ޚާމެނެއީ އިސްރާއީލަށް އިންޒާރު ދެއްވާފައި ވަނީ އިރާނަށް ހަމަލާދީ، އެތައް މަތީ ފަންތީގެ ސިފައިންގެ ކޮމާންޑަރުންނަކާއި 6 ނިއުކްލިއަރ ސައިންޓިސްޓުން މަރާލުމުގެ "ކުށަށް "ގަދަފަދަ އަދަބެއް" ލިބޭނެ ކަމަށް ބަލަން ޖެހޭނެ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމަށް އިސްރާއީލުން ކުރަމުން ދާ މަސައްކަތުގައި އެމެރިކާއިން އަދި މަސައްކަތް ކުރަމުން ދަނީ ހަނގުރާމައިގައި ބައިވެރިވުމާ ދުރުހެލިވުމަށެވެ.

އެހެން ނަމަވެސް އިރާނަށް އިންޒާރުދީފައިވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު