Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑް ގެ ހެޑްކޯޓަރަށް އީރާނުން ހަމަލާދީ ގޮއްވާލައިފި

އަލް ޖަޒީރާ ގެ ރިޕޯޓަރު ބުނެފައިވަނީ އިސްރާއީލު މީހުންނަށް ވޭތުވެދިޔަ 40 ނުވަތަ 50 އަހަރުގެ ތެރޭގައި ވެސް މިފަދަ ނުރައްކަލެއް ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަށް

ރާއްޖެ އެމްވީ | 17 ޖޫން 2025 | އަންގާރަ 11:00
ތެލް އަވީވްގައި ހުންނަ މޮސާޑްގެ ހެޑްކޯޓަރަށް އީރާނުން ދިން ހަމަލާގެ މަންޒަރެއް ކަމަށް ބުނާ ފޮޓޯއެއް

ތެލް އަވީވްގައި ހުންނަ މޮސާޑްގެ ހެޑްކޯޓަރަށް އީރާނުން ދިން ހަމަލާގެ މަންޒަރެއް ކަމަށް ބުނާ ފޮޓޯއެއް

އީރާނުން އިސްރާއީލަށް ހޯމަ ދުވަހުގެ ރޭ ދިން ހަމަލާތަކުގެ ޓާގެޓް ތަކުގެ ތެރޭގައި ވައިގެ ބަނދަރުތަކާއި އީރާނުގެ ޖާސޫސީ މައި އިދާރާ މޮސާޑް ހިމެނޭ ކަމަށް ސީއެންއެން އިން ބުނެފިއެވެ.

އިސްރާއީލުގެ ބައިނަލް އަގްވާމީ ޖާސޫސީ ޚިދުމަތަކުގެ މައި އިދާރާ މޮސާޑް ގެ ހެޑްކޯޓަރު އަކީ ތެލް އަވީވްގެ އުތުރު ސަރަހައްދުގައި ގާއިމު ކޮށްފައިވާ މަރުކަޒެކެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނެފައިވަނީ ގިނަ މިސައިލްތަކެއް ހުސް ސަރަހައްދުތަކަށް ވެއްޓި، ޝެލްޓަރުތަކަށް ވަންނަން ދިޔަ އިސްރާއީލީން ތެރެއިން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަލް ޖަޒީރާ އިން ބުނެފައިވަނީ މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަން އެނގިފައިވަނީ ހައިފާ ގެ ކޮމާޝަލް ބަނދަރަށެވެ. އެތަނުގެ ރިފައިނަރީ އަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ރިފައިނަރީގެ މަސައްކަތްތައް ވަނީ ހުއްޓާލަން ޖެހިފައެވެ. މިއީ އިސްރާއީލުގައި ހުންނަ ދެ ރިފައިނަރީގެ ތެރެއިން އެއް ތަނެވެ. އިސްރާއީލުން ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލްގެ ބޮޑު ބައެއް ރިފައިން ކުރަނީ މިތަނުންނެވެ. އަދި މިކަމުގެ ސަބަބުން އިސްރާއީލަށް ވަރަށް ބޮޑު ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

އަލް ޖަޒީރާ ގެ ރިޕޯޓަރު ބުނެފައިވަނީ އިސްރާއީލު މީހުންނަށް ވޭތުވެދިޔަ 40 ނުވަތަ 50 އަހަރުގެ ތެރޭގައި ވެސް މިފަދަ ނުރައްކަލެއް ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިކަމަކީ ގިނަ މީހުންނަށް ކުއްލި ސިހުމެއް ގެނުވި ކަމެއް ކަމަށް ބުނެފައިވެއެވެ.

އަންމާނު ގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު އިތުރަށް ބުނީ އިސްރާއީލުގެ ރައްޔިތުންނަށް މިހާރު ވަނީ އެމީހުން ތިބީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަން އިހުސާސް ކުރެވިފައި ކަމަށެވެ.

ބައިނަލް އަގްވާމީ މީޑިއާ ތަކަށް ހަނގުރާމައިގެ މައުލޫމާތު ގެނެސް ދިނުމުގައި އިސްރާއީލު ސަރުކާރުން ވަނީ ވަރަށް ބޮޑު ހުރަސްތައް ކުރިމަތި ކޮށްފައެވެ. އަލް ޖަޒީރާ އިސްރާއީލުގައި މަނާ ކޮށްފައިވާތީ އެ ސްޓޭޝަނުން ރިޕޯޓު ކުރަނީ އުރުދުންގެ ވެރިރަށް އައްމާނުން ނެވެ.

އީރާނުގެ ހަމަލާތަކުގައި އެތައް ތަނެއްގައި ރޯވެފައިވާ މަންޒަރުތައް ވަނީ އާންމު ވެފައެވެ. ސީދާ ހަމަލާތައް އަމާޒުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވަނީ އިސްރާއީލުގެ ތެލް އަވީވު ސަރަހައްދަށާއި ހާރޒިލިޔާ އަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ އެ ސަރަހައްދުގެ މަންޒަރުތަކާއި މަޢުލޫމާތު ޝާއިޢު ކުރުން މަނާ ކޮށްފައެވެ. ހަމަލާ އަމާޒުވި ސަރަހައްދު ކަނޑައަޅާފައިވަނީ ސެންސިޓިވް ސަރަހައްދެއްގެ ގޮތުގައެވެ - މިއީ އާންމުކޮށް އިސްރާއީލުގެ އަސްކަރިއްޔާ އިން ސެންސަރު ކުރަން ބޭނުންވާ މުހިންމު ތަންތަން ދަރަޖަ ކުރާ ގޮތެއް ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ހޯމަ ދުވަހުގެ ރޭގެ ވަގުތުތަކުގައި، މަޢުލޫމާތު ހިފެހެއްޓުމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެހެންކަމުން މަޢުލޫމާތު ޔަޤީންކުރުމަކީ އުނދަގޫ ކަމެއް ކަމަށް އަލް ޖަޒީރާ އިން ބުނެއެވެ.

އެހެންނަމަވެސް، އީރާނުގެ އައި.އާރް.ޖީ.ސީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމީހުންގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ހަރޒިލިޔާގައި ހުރި އިންޓެލިޖެންސް އިމާރާތްތަކަށާއި، މޮސާޑް އަދި އަމަން މިލިޓަރީ އިންޓެލިޖެންސް އަށް ކަމަށެވެ.

އެހެން ނަމަވެސް އިސްރާއީލުގެ ފަރާތުން އެކަމަށް އަދި ރައްދެއް ދީފައެއް ނުވެއެވެ.

އަލް ޖަޒީރާ ގެ ރިޕޯޓަރު ބުނެފައިވަނީ އިސްރާއީލު މީހުންނަށް ވޭތުވެދިޔަ 40 ނުވަތަ 50 އަހަރުގެ ތެރޭގައި ވެސް މިފަދަ ނުރައްކަލެއް ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަށް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނަށް އެހީވާ އދ.ގެ އިދާރާއަށް ފަންޑު ދިނުން ހުއްޓާލުމަށް ނަތަންޔާހޫ ތާޢީދު!

ފަލަސްތީނަށް އެހީވާ އދ.ގެ އިދާރާއަށް ފަންޑު ދިނުން ހުއްޓާލުމަށް ނަތަންޔާހޫ ތާޢީދު!

07 ޖެނުއަރީ 2018
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
ލަންކާގެ މޫސުމާ ބެހޭ އިދާރާއިން 24 ގަޑިއިރަށް ރެޑް އެލާޓް ނެރެފި

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން 24 ގަޑިއިރަށް ރެޑް އެލާޓް ނެރެފި

29 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު