Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް އެމެރިކާ ހަނގުރާމައިގައި ބައިވެރިވުން ހުއްޓުވުމަށް ބިލެއް އެމެރިކާގެ ސެނެޓަށް ހުށަހަޅައިފި

އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ ހަމަލާތަކުގައި އެމެރިކާ ބައިވެރި ނުވުމަށް ބާރު އެޅުމަށް އެމެރިކާގެ ސެނެޓް ގައި ނުފޫޒު ގަދަ ދެ ޕާޓީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުން

ރާއްޖެ އެމްވީ | 17 ޖޫން 2025 | އަންގާރަ 02:51
އީރާނުގެ ތެހެރާނުގައި ހުންނަ ޝާހްރާން އޮއިލް ޑިޕޯއަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު އެތަނުން އަލިފާނާއި ބޯދުން އަރަނީ - ޖޫން 15، 2025

އީރާނުގެ ތެހެރާނުގައި ހުންނަ ޝާހްރާން އޮއިލް ޑިޕޯއަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު އެތަނުން އަލިފާނާއި ބޯދުން އަރަނީ - ޖޫން 15، 2025

އީރާނާ ދެކޮޅަށް އެމެރިކާ ހަނގުރާމައިގައި ބައިވެރިވުން ހުއްޓުވުމަށް ސެނެޓަރު ބަރނީ ސޭންޑަރސް ބިލެއް ހުށަހަޅުއްވައިފިއެވެ.

ސޭންޑަރސްގެ "ނޯ ވޯރ އެގެއިންސްޓް އީރާން އެކްޓް" އިން، އެމެރިކާގެ ކޮންގްރެސް އިން ވަކިން ހުއްދަ ދީފައި ނުވާނަމަ، އީރާނާ ދެކޮޅަށް އެއްވެސް އަސްކަރީ ބާރެއް ބޭނުން ކުރުމަށް އެމެރިކާ ސަރުކާރުން ފައިސާ ބޭނުންކުރުން މަނާކުރާނެއެވެ.

"ނަތަންޔާހޫގެ ބިރުވެރި އަދި ޣައިރު ޤާނޫނީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ސަރަޙައްދީ ހަނގުރާމައެއް ފެށުމުގެ ނުރައްކާ އޮތް ކަމެކެވެ. ނަތަންޔާހޫގެ އަމިއްލަ އިޚްތިޔާރުގައި ފެށި ހަނގުރާމަ އެއްގައި އެމެރިކާ އިން ބައިވެރި ނުވެވޭނެ ކަން ކޮންގްރެސް އިން ސާފުކޮށް ބުނަން ޖެހެއެވެ،" ވަރމޮންޓް ތަމްސީލުކުރައްވާ މިނިވަން މެންބަރު ސޭންޑަރސް ބަޔާނެއްގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމުގެ ބާނީން ހަނގުރާމަ އާއި ސުލްޙައިގެ ބާރު ހަވާލު ކޮށްފައި ވަނީ ހަމައެކަނި ރައްޔިތުން އިންތިޚާބު ކުރާ ކޮންގްރެސްގެ މަންދޫބުންނާ އެވެ. އަދި ކޮންގްރެސް އިން ކަނޑައެޅިގެން ހުއްދަ ދީފައި ނުވާ އަނެއްކާވެސް އަގުބޮޑު ހަނގުރާމަ އަކަށް ވަނުމުގެ އެއްވެސް ބާރެއް ރައީސަށް ނެތްކަން އަޅުގަނޑުމެން ސާފުކޮށް ބުނަން ޖެހެއެވެ."

މި ބިލަށް މެސެޗުސެޓްސްގެ ސެނެޓަރު އެލިޒަބެތް ވޮރެން ފަދަ ގިނަ ޑިމޮކްރެޓިކް ބައިވެރިން ތާއީދު ކުރި ނަމަވެސް، މި ބިލު ޤާނޫނަކަށް ވުމަކީ އެހާ ގާތްކަމެއް ނޫނެވެ. އެއީ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ދެ މަޖިލީހުގައިވެސް ރިޕަބްލިކަނުން ގެ އަޣުލަބިއްޔަތު އޮތުމުގެ އިތުރުން ޓްރަމްޕަށް ޤާނޫނު ވީޓޯ ކުރުމުގެ ބާރު އޮތުމާ އެކުގައެވެ.

މި ބިލު ހުށަހަޅާފައި ވާއިރު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރަކު ވެސް މިފަދަ ބިލެއް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ދާކަން ވަނީ އޭނާ ހާމަ ކުރައްވާފައެވެ.

ރިޕަބްލިކަން ރެޕްރެޒެންޓޭޓިވް ތޯމަސް މެސީ އަންގާރަ ދުވަހު އެކްސްގައި އިޢުލާނު ކުރެއްވި ގޮތުގައި، އޭނާ އަންގާރަ ދުވަހު "މި ހަނގުރާމައިގައި އެމެރިކާ ބައިވެރިވުން މަނާކުރުމަށް" ދެ ޕާޓީގެ ވޯރ ޕަވަރސް ގަރާރެއް ހުށަހަޅުއްވާނެއެވެ.

"މިއީ އަޅުގަނޑުމެންގެ ހަނގުރާމައެއް ނޫނެވެ،" އޭނާ ލިޔުއްވިއެވެ. "އެހެން ނަމަވެސް އެއީ އަޅުގަނޑުމެންގެ ހަނގުރާމައެއް ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އާ އެއްގޮތަށް މިފަދަ ކަންކަން ނިންމަން ޖެހޭނީ ކޮންގްރެސް އިންނެވެ."

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު