Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާނުން މިސައިލް އާއި ޑްރޯނުން އިސްރާއީލަށް ހަމަލާ ދީފި

މި ހަމަލާ އަމާޒު ކޮށްފައި ވަނީ ތެލް އަވީވް އަދި ހައިފާ އަށް ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 16 ޖޫން 2025 | ހޯމަ 20:18
އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކަށް ފަހު އިސްރާއީލުގެ ހައިފާ ސިޓީގެ އެކި ސަރަހައްދު ތަކުން ދުން އަރަނީ - ޖޫން 16، 2025

އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކަށް ފަހު އިސްރާއީލުގެ ހައިފާ ސިޓީގެ އެކި ސަރަހައްދު ތަކުން ދުން އަރަނީ - ޖޫން 16، 2025

އީރާނުގެ ސަރުކާރުގެ ޓެލެވިޜަނުން ރިޕޯޓުކުރި ގޮތުގައި އީރާނުގެ އަސްކަރިއްޔާ އިން ޑްރޯން އަދި މިސައިލް ހަމަލާއެއްގެ އައު ރާޅެއް އިސްރާއީލަށް ހޯމަ ދުވަހުގެ ރޭ ފޮނުވާލައިފިއެވެ.

މި ހަމަލާ އަމާޒު ކޮށްފައި ވަނީ ތެލް އަވީވް އަދި ހައިފާއަށެވެ.

ހަމަލާގެ ކުރިން އީރާނުގެ ބާރުތަކުން އިސްރާއީލުގެ ތެލް އަވީވްގެ ރައްޔިތުންނަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފައިވެއެވެ.

އިސްރާއީލަށް ހޯމަ ދުވަހުގެ ރޭ ވަރުގަދަ ސައިބަރ އެޓޭކެއް ވެސް ވަނީ ދީފައެވެ. އިސްރާއީލުގެ މީޑިއާ އިން ރިޕޯޓު ކުރި ގޮތުގައި އެ ހަމަލާ އަމާޒުވީ މޯބައިލް ނެޓްވޯކަށެވެ. މި ހަމަލާ ކުރިމަތި ވުމާއެކު ޓީވީ ބްރޯޑްކާސްޓިންގ އަށް އަސަރު ކުރި މަންޒަރު ވަގުތުން ފޮނުވަމުން ގެންދިޔަ ޓީވީ ޕްރޮގްރާމް ތަކުން ފާހަގަ ވިއެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށި ފަހުން އީރާނާއި އިސްރާއީލާ ދެމެދު މިއީ ހަމަލާތައް ބަދަލު ކުރެވޭ ހަތަރު ވަނަ ރެއެވެ. އަދި މިއީ އީރާނުން އިސްރާއީލަށް ހަމަލާދޭ ނުވަ ވަނަ ބުރެވެ.

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން، ހިންގަމުންދާ އޮޕަރޭޝަން ޓްރޫ ޕްރޮމމިސް 3 ގެ އައު މަރުހަލާއެއްގައި، ހޯމަ ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި އިސްރާއީލުގެ ސަރަހައްދު ތަކަށް ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުގެ ބޮޑު ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ފެށުނު މި ބޮޑު ބަދަލުހިފުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ "ޔާ އަލީ އިބްނު އަބީ ތާލިބް" މި ކޯޑް ނަމުގެ ދަށުންނެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އީރާނުން ބަދަލުހިފުމުގެ އޮޕަރޭޝަންގެ 9 ވަނަ މަރުހަލާ ފެށުމާއެކު، އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ސަރަހައްދުތަކުގެ އުތުރާއި، މެދުތެރެ އާއި، ދެކުނުގެ ސަރަހައްދުތަކުގައި ސައިރަންތަކުގެ އަޑުފައްގަނޑު އިވެމުން ދިޔައެވެ.

މިއީ އިސްރާއީލުގެ ސަރުކާރުން އީރާނުގެ އުތުރުގައި ހުރި އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގ (އައިއާރްއައިބީ) ގެ އިމާރާތަކަށް ހޯމަ ދުވަހުގެ ރޭ ހަމަލާ ދިންތާ ގަޑިއިރުތަކެއްގެ ތެރޭގައި ދޭން ފެށި ހަމަލާތަކެކެވެ.

އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ މި މަރުހަލާ ވާނީ ކުރީގެ 8 މަރުހަލާ އަށްވުރެ ދިގު ދެމިގެންދާ އަދި ގަދަފަދަ ހަމަލާތަކަކަށެވެ.

އީރާނުގެ ހަމަލާތައް ފެށުނީ ހުކުރު ދުވަހުގެ ރޭ، އިސްރާއީލުގެ ސިފައިން އިސްވެ އީރާނަށް ދިން އަނިޔާވެރި ހަމަލާއަކާ ގުޅިގެންނެވެ.

އެ ހަމަލާގައި އީރާނުގެ އިސް އަސްކަރީ ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާންމު ރައްޔިތުން މަރުވެފައިވެއެވެ.

އޮޕަރޭޝަންގެ ކުރީގެ 8 މަރުހަލާގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު، އިސްރާއީލުގެ ސަރުކާރުން އީރާނުގެ ހަމަލާތައް ލައިވްކޮށް ދެއްކުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ބަލިކަށިވެފައިވާ ސިފައިންނަށް އިތުރު ލަދުވެތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، އީރާނުގެ ބަދަލުހިފުމާ ގުޅޭ އެއްވެސް ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް ހިއްސާ ކުރުން ނުވަތަ ޝާއިޢު ކުރުން ވަނީ މަނާ ކޮށްފައެވެ.

ނަމަވެސް، ސޯޝަލް މީޑިއާ މެދުވެރިކޮށް ލީކް ވެފައިވާ ބައެއް ފޮޓޯ ތަކުން ދައްކާ ގޮތުގައި، މިސައިލް ތަކާއި ޑްރޯން ތައް އިސްރާއީލުގެ ސަރަހައްދު ތަކަށް ވެއްޓެމުން ދާއިރު، ބިރުން ހާސްވެފައިވާ އިސްރާއީލުގެ ރައްޔިތުން ބިމުއަޑީގެ ހިޔާތަކުގައި ފޮރުވިގެން ތިބޭ މަންޒަރު ފެނެއެވެ.

ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ސަރަހައްދުތަކުގެ ޓްރެފިކް ކެމެރާތައް ވަނީ ނިއްވާލާފައެވެ.

އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ މި މަރުހަލާގައި، ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ޝާއިޢު ކުރެވުނު މަންޒަރުތަކުން ފެންނަ ގޮތުގައި، އީރާނުގެ މިސައިލްތައް ތެލް އަވީވް އަށް ވާސިލު ވުމުގެ ކުރިން، އިސްރާއީލުގެ އިންޓަރސެޕްޓަރ މިސައިލެއް މަސައްކަތް ނުކޮށް ވެއްޓިގެން ދިޔައެވެ.

މި މަރުހަލާ ފެށުމަށްފަހު ދިން ބަޔާނެއްގައި، އައިއާރްޖީސީގެ ތަރުޖަމާނު ބުނެފައިވަނީ، މި އޮޕަރޭޝަން ފަތިހާ ޖެހެންދެން މެދު ނުކެނޑި މިސައިލްތަކާއި ޑްރޯން ބޭނުން ކޮށްގެން ކުރިއަށް ދާނެ ކަމަށެވެ.

އޭނާ ބުނީ، ޓްރޫ ޕްރޮމިސް 3 ގެ މި މަރުހަލާ އަކީ މިސައިލް ތަކާއި ޑްރޯންތައް ހިމެނޭ ހައިބްރިޑް އޮޕަރޭޝަނެއް ކަމަށެވެ.

މީގެ އިތުރުން، ތަރުޖަމާނު މަޢުލޫމާތު ދިން ގޮތުގައި، ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި، އައިއާރްޖީސީގެ އެއަރޯސްޕޭސް ޑިވިޜަނުން މެދު ނުކެނޑި އިސްރާއީލުގެ ސަރުކާރަށް ނިސްބަތްވާ 545 ތަނަކަށް ހަމަލާދިނުމަށް ޑްރޯންތަކުން އަމާޒުކޮށްފައިވާ ކަމަށާއި، މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާނެ ކަމަށެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 220 އަށް ވުރެ އިތުރުވެފައިވާ ކަމަށް ބުނެވެއެވެ. މީގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު