Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އީރާނުން 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ 44 ޑްރޯން ބޯޑަރު ސަރަޙައްދުތަކުން ވައްޓާލައިފި

ޕައިލެޓުންނާ ނުލައި އުދުހޭ އުޅަނދުތައް ބޯޑަރު ސަރަޙައްދު ތަކުން އީރާނުގެ އެއަރ ސްޕޭސް އަށް ވަނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް "ވިސްނުންތެރި އަދި ހިތްވަރުގަދަ ބޯޑަރު ގާޑުންގެ" ފަރާތުން އެ އުޅަނދުތައް ދެނެގަނެ، ނައްތާލެވިފައިވާ ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 15 ޖޫން 2025 | އާދީއްތަ 18:53
އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އިސްރާއީލުގެ ވައިގެ ހަމަލާތައް މަތަ ކުރުމަށް ރައްދު ހަމަލާތައް ދެމެދުން ދާއިރު އެ ހަމަލާތަކުން ތެހެރާން ގެ އުޑުމަތި ދިއްލިފައި - 14 ޖޫން 2025

އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އިސްރާއީލުގެ ވައިގެ ހަމަލާތައް މަތަ ކުރުމަށް ރައްދު ހަމަލާތައް ދެމެދުން ދާއިރު އެ ހަމަލާތަކުން ތެހެރާން ގެ އުޑުމަތި ދިއްލިފައި - 14 ޖޫން 2025

އީރާނުގެ ބޯޑަރު ޕޮލިސްގެ ކޮމާންޑަރު ވިދާޅުވެފައިވަނީ، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އީރާނުގެ ބާރުތަކުން އިސްރާއީލުގެ 44 ޑްރޯން އަދި ކުއަޑްކޮޕްޓަރު ބޯޑަރު ސަރަޙައްދުތަކުން ވައްޓާލާފައިވާ ކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު-ޢަލީ ގޫދަރްޒީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޕައިލެޓުންނާ ނުލައި އުދުހޭ އުޅަނދުތައް ބޯޑަރު ސަރަޙައްދު ތަކުން އީރާނުގެ އެއަރ ސްޕޭސް އަށް ވަނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް "ވިސްނުންތެރި އަދި ހިތްވަރުގަދަ ބޯޑަރު ގާޑުންގެ" ފަރާތުން އެ އުޅަނދުތައް ދެނެގަނެ، ނައްތާލެވިފައިވާ ކަމަށެވެ.

އޭނާ ވަނީ، އީރާނުގެ ބާރުތައް ޤައުމުގެ ބޯޑަރުތައް ކޮންޓްރޯލްކޮށް، ރައްކާތެރިކުރުމަށް ފުރިހަމައަށް ތައްޔާރަށް ތިބިކަމަށާއި، "ޓެރަރިސްޓް ގްރޫޕްތަކުން، ހަތިޔާރު ހިފައިގެން އުޅޭ ގޭންގުތަކުން، ނުވަތަ ދުޝްމަނުންގެ" ފަރާތުން އެއްވެސް ފާޅުވުމެއް އަތުވެއްޖެނަމަ، އެކަމަކަށް އަވަހަށް އަދި ބާރުގަދަ ޖަވާބެއް ދެވޭނެ ކަމަށް އިންޒާރު ދެއްވާފައެވެ.

އިސްރާއީލުން އީރާނާ ދެކޮޅަށް އަނިޔާވެރި ޢަމަލު ހިންގަން ފެށީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި، ވެރިރަށް ތެހެރާން އ އަދި އެހެނިހެން ބޮޑެތި ސިޓީތަކުގައި ހުރި މަދަނީ އަދި އަސްކަރީ ތަންތަނަށް ހަމަލާދީގެންނެވެ.

ހުކުރު ދުވަހުގެ ރޭ، އިސްލާމިކް ރެވޮލިއުޝަން ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިސްރާއީލް އާ ދެކޮޅަށް އޭގެ ބަދަލު ހިފުމުގެ އޮޕަރޭޝަން، "ޓްރޫ ޕްރޮމިސް III" ފެށިއެވެ. މިގޮތުން، ފަލަސްޠީނުގެ އޮކިއުޕައިޑް ސަރަޙައްދުތަކާ ދިމާއަށް ގިނަ އަދަދެއްގެ މިސސައިލްތައް ފޮނުވާލާފައިވެއެވެ.

މިހާތަނަށް މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ މުހިންމު އަސްކަރީ އަދި ސިނާޢީ ތަންތަނަށެވެ. މީގެ ތެރޭގައި ހިމެނެނީ ހައިފާގައި ހުރި ތެޔޮ ރިފައިނަރީތަކާއި ކަރަންޓު ގްރިޑްތަކެވެ. ހޮނިހިރު ދުވަހުގެ ރޭ މި ތަންތަނުގައި އަލިފާނުގެ ހާދިސާތަކެއް ހިނގިކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
04 ޖުލައި 2017

ގަތަރަށް އިތުރު 48 ގަޑިއިރުގެ މުހުލަތު ދީފި

04 ޖުލައި 2017
ގަތަރަށް އިތުރު 48 ގަޑިއިރުގެ މުހުލަތު ދީފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު