Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާނުގެ ވަރުގަދަ ހަމަލާތަކެއް - އާދިއްތަ ދުވަހުގެ ފަތިހު ޖެރޫ ސަލަމް އާއި ތެލް އަވީވް ގައި ގަދަފަދަ ގޮވުންތަކެއް

އާދީއްތަ ދުވަހުގެ ފަތިހު، ޖެރޫސަލަމް އަދި ތެލްއަވީވްގައި ވައިގެ ހަމަލާގެ ސައިރަންތަކުގެ އަޑުފައްގަނޑު ގަދަވެގެން ދިޔައެވެ. ތެލްއަވީވްގެ އުޑުމަތީގައި އެތައް މިސައިލްތަކެއް އުދުހެމުން ދިޔަ މަންޒަރު ފެނުނެވެ. އަދި ބިމުން އިންޓަރސެޕްޓަރ ރޮކެޓްތައް ފޮނުވަމުން ދިޔަ ކަމުގައި ވިޔަސް އެތައް ރޮކެޓެއް އަމާޒަށް ވާސިލުވަމުން ދިޔަ މަންޒަރު ދިޔައީ ފެންނަމުންނެވެ. ދެ ސިޓީގައިވެސް ގޮވުމުގެ އަޑުތައް ގުގުމައިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 15 ޖޫން 2025 | އާދީއްތަ 01:24
އީރާނުގެ އެކި ސިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލުގެ ތެލް އަވީވް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ވަނީ ދީފައި - ޖޫން 13، 2025

އީރާނުގެ އެކި ސިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލުގެ ތެލް އަވީވް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ވަނީ ދީފައި - ޖޫން 13، 2025

އާދިއްތަ ދުވަހުގެ ފަތިހު ދެވަނަ ބުރަކަށް އިރާނުން ހަމަލާތަކެއް ދޭކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން އިޢުލާނު ކުރުމާއެކު ތެލް އަވީވް އަދި ޖެރޫސަލަމްގައި ގިނަ އަދަދެއްގެ ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ރޮއިޓަރސްއިން ވަނީ ދެ ސިޓީގައިވެސް ބާރުގަދަ ގިނަ އަދަދެއްގެ ގޮވުންތަކެއް އިވުނު ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.

"ތެލް އަވީވްގައި ވަރަށް ބޮޑެތި ގޮވުންތަކެއްގެ އަޑު އިވޭ، ގިނަ އަދަދެއްގެ ބޮޑެތި ގޮވުންތަކެއް އިވިއްޖެ،" ކަމަށް ބުނެ އިސްރާއީލުގެ ނޫސްވެރިޔަކު ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައެވެ.

އިރާނުން އިތުރު މިސައިލްތަކެއް ދޫކޮށްލުމާއެކު އިސްރާއީލުގެ ސިފައިން ވަނީ އެއަރ ރެއިޑް ސައިރަންތައް އަޑުގަދަކޮށްފައެވެ.

"އިރާނުން އިސްރާއީލު ދައުލަތުގެ ސަރަޙައްދަށް މިސައިލްތަކެއް ފޮނުވާލިކަން ފާހަގަކުރެވުމާއެކު، ޤައުމުގެ އެކި ސަރަޙައްދުތަކުގައި އިންޒާރުތައް އަޑުގަދަކުރެވުނެވެ،" ސިފައިންގެ ތަރުޖަމާނަކު ބަޔާނެއްގައި ބުނެފައެވެ.

"އާންމުންގެ ކިބައިން އެދެނީ ހޯމް ފްރަންޓް ކޮމާންޑްގެ އިރުޝާދުތަކަށް ތަބާވުމަށެވެ. މިވަގުތު، އެއަރ ފޯސްއިން ގެންދަނީ މިސައިލްތައް އިންޓަރސެޕްޓްކޮށް، ބޭނުންވާ ކޮންމެ ތަނަކަށް ހަމަލާ ނުދެވޭ ގޮތައް، ނުރައްކާ ނައްތާލުމަށް މަސައްކަތްކުރަމުންނެވެ. ދިފާޢީ ނިޒާމަކީ ފުރިހަމައަށް ރައްކާތެރި ނިޒާމެއް ނޫން ކަމުން، ހޯމް ފްރަންޓް ކޮމާންޑްގެ އިރުޝާދު ތަކަށް ތަބާވުން ކޮންމެހެން މުހިންމެވެ." ބަޔާނުގައި ވެއެވެ.

އާދީއްތަ ދުވަހުގެ ފަތިހު، ޖެރޫސަލަމް އަދި ތެލްއަވީވްގައި ވައިގެ ހަމަލާގެ ސައިރަންތަކުގެ އަޑުފައްގަނޑު ގަދަވެގެން ދިޔައެވެ. ތެލްއަވީވްގެ އުޑުމަތީގައި އެތައް މިސައިލްތަކެއް އުދުހެމުން ދިޔަ މަންޒަރު ފެނުނެވެ. އަދި ބިމުން އިންޓަރސެޕްޓަރ ރޮކެޓްތައް ފޮނުވަމުން ދިޔަ ކަމުގައި ވިޔަސް އެތައް ރޮކެޓެއް އަމާޒަށް ވާސިލުވަމުން ދިޔަ މަންޒަރު ދިޔައީ ފެންނަމުންނެވެ. ދެ ސިޓީގައިވެސް ގޮވުމުގެ އަޑުތައް ގުގުމައިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ އެމްބިއުލާންސް ޚިދުމަތުން ބުނިގޮތުގައި، އިސްރާއީލުގެ އުތުރުގައި މިސައިލް ހަމަލާ އަކުން ތިން އަންހެނުން މަރުވެ، އިތުރު 10 މީހުންނަށް އަނިޔާވިއެވެ.

އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނިގޮތުގައި، އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން އިސްރާއީލުގެ ހަކަތައިގެ ވަސީލަތްތަކާއި ފައިޓަރ ޖެޓް ތެޔޮ އުފައްދާ ތަންތަނަށް އަމާޒުކޮށް ހަމަލާދިނެވެ. އީރާނުން އިންޒާރު ދިންގޮތުގައި، އިސްރާއީލުން އަދާވާތްތެރިކަން ކުރިއަށް ގެންދާނަމަ، ތެހެރާނުގެ ހަމަލާތައް "މާ ބޮޑަށް އަދި މާ ފުޅާކޮށް" ދެވޭނެއެވެ.

ބޮޑު ސްްކޭލެއްގައި އާދިއްތަ ވިލޭރޭ އީރާނުން ފެށި އަސްކަރީ އޮޕަރޭޝަންގެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަމުން ދިޔައީ މިސައިލްތައް އަމާޒުކުރެވިފައިވާ ތަންތަނުގައި ޖެހި ގޮވަމުން ދިޔަ މަންޒަރެވެ.

ބަދަލުހިފުމުގެ އޮޕަރޭޝަން އާދިއްތަ ވިލޭރޭ ކުރިއަށް ދަނީ "ޔާ އަލީ އިބްނު އަބީ ތާލިބް" މި ނަމުގައި ކަމަށް އީރާނުގެ މީޑީއާ ރިޕޯޓުތައް ބުނެފައިވެއެވެ.

މިސައިލްތަކާއި ޑްރޯންތައް ފޮނުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑު ސްކޭލްގެ މިސައިލް އަދި ޑްރޯން އޮޕަރޭޝަންގެ އައު ބުރެއް ފަށައިފިކަމަށެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އައިއާރްޖީސީގެ އެއަރޯ ސްޕޭސް ޑިވިޜަނުން މި އޮޕަރޭޝަންގެ އައު ފިޔަވަހި ފަށާފައިވަނީ ޒަޔަނިސްޓް ވެރިކަމުގެ އަނިޔާވެރިކަމަށް ސީދާ ޖަވާބެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

މި އައު ބުރުގެ 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް III' ގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ ޕޯޓް ސިޓީ ހައިފާ އަދި އޭގެ ވަށައިގެންވާ ސަރަޙައްދުތައް ކަމަށް ބުނެފައިވެއެވެ. މިއީ އިސްރާއީލުގެ ދައުލަތުގެ އެތައް މުހިންމު އަސްކަރީ އަދި ސިނާއީ މަރުކަޒުތަކެއް ހުރި ތަނެކެވެ.

މިހާތަނަށް މި ހަމަލާތައް އަމާޒުވެފައިވަނީ އިޒްރޭލްގެ ސްޓްރެޓިޖިކް އަސްކަރީ އަދި ސިނާއީ ތަންތަނަށް ކަމަށް އީރާނުން ބުނެފައިވެއެވެ. މީގެ ތެރޭގައި ހައިފާގައި ހުރި ތެޔޮ ރިފައިނަރީތަކާއި ކަރަންޓު ގްރިޑްތައް ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން އެތަންތަނުގައި އަލިފާން ރޯވެފައިވާކަމަށް ރިޕޯޓުކުރެވެއެވެ.

އީރާނުގެ މިސައިލަކަށް އުރުދުން އިން ހުރަސް އެޅުމުން އުރުދުންގެ ސަރަހައްދަކަށް ވެއްޓި ބޮޑު ސަރަހައްދެއްގައި ރޯވެފައިވާ މަންޒަރުތަކެއް ވެސް ވަނީ އާންމު ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު