Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޖޫނިއަރ ކެރަމް ޤައުމީ މުބާރާތް އިއުލާން ކޮށްފި

މިއީ ކެރަމް އެސޯސިއޭޝަން އިން ޖޫނިއަރ ކެރަމް ޤައުމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2025 | ހޮނިހިރު 04:15
އިންޓަރ ސްކޫލް ކެރަމް މުބާރާތުގެ ތެރެއިން

އިންޓަރ ސްކޫލް ކެރަމް މުބާރާތުގެ ތެރެއިން

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ، ޖޫނިއަރ ޤައުމީ ކެރަމް މުބާރާތް އިއުލާން ކޮށްފި އެވެ.

މިއީ ކެރަމް އެސޯސިއޭޝަން އިން ޖޫނިއަރ ކެރަމް ޤައުމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް މިހާރު އިއުލާން ކޮށްފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

ކެރަމް އެސޯސިއޭޝަން އިން އިއުލާން ކޮށްފައިވާ ގޮތުގައި މުބާރާތް ކުރިއަށް ގެންދާނީ ދެ އުމުރުފުރާ އަކަށެވެ. އެއީ 15 އަހަރުން ދަށުގެ އިތުރުން، 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ. މީގެ އިތުރުން އުމުރުފުރާ ތަކުގަައި ބައިވެރި ވެވޭނީ 2025 ޖަނަވަރީ 01 ވަނަ ދުވަހަށް، އެ އުމުރުފުރާއެއްގައި އުމުރު ހަމަނުވާ ކުދިންނަށް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

މުބާރާތުގައި ސިންގަލްސް އިވެންޓުގެ އިތުރުން، ޑަބަލަސް އިވެންޓުގެ ކުޅުން ވެސް ކުރިއަށް ދާނެ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ސުން ގަޑި އަކީ، ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ 22:00ގެ ކުރިންނެވެ. އަދި މުބާރާތުގެ ގުރު ނެގުން އޮންނާނީ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:00 ގައެވެ.

މި މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު