Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަމަނުޖެހުން

"ބަދަލުހިފުމުގެ ރަތް ދިދަ" އީރާނުން ނަގައިފި

ދިދަ ނެގި ވަގުތު އާންމުން މިސްކިތް ދޮށަށް އެއްވެ، އިސްރާއީލާ ދެކޮޅަށް އަޑުގަދަކޮށް، އިސްރާއީލަށް "ހަރުކަށި އަދަބު" ދިނުމަށް ގޮވާލިއެވެ.

ރާއްޖެ އެމްވީ | 13 ޖޫން 2025 | ހުކުރު 10:56
އީރާނުގެ ޤޮމް ގެ ޖަމްކަރަން މިސްކިތުގެ މައްޗަށް ނަގާފައިވާ ބަދަލު ހިފުމުގެ ރަތް ދިދަ

އީރާނުގެ ޤޮމް ގެ ޖަމްކަރަން މިސްކިތުގެ މައްޗަށް ނަގާފައިވާ ބަދަލު ހިފުމުގެ ރަތް ދިދަ

އިސްރާއީލުން އިރާނަށް ދިން އުދުވާނީ ހަމަލާތަކާ އެކު ހުކުރު ދުވަހު އީރާނުގެ ޤޮމް ސިޓީ ގައި ހުންނަ ޖަމްކަރާން މިސްކިތުގެ މަތީގައި ބަދަލުހިފުމުގެ ރަތް ދިދަ ނަގައިފައެވެ.

މިއީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ތައްޔާރީތައް ފެށުމުގެ ނިޝާނެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކްސް ގައި ޝާއިޢުކުރި ވީޑިއޯއެއްގައި ދިދަ ނެގި މަންޒަރު ވަނީ ހާމަ ކޮށްފައެވެ. އީރާނުގެ އާދަކާދައިގެ ތެރޭގައި ރަތް ދިދައަކީ އިންސާފު ހޯދުމަށާއި ބަދަލުހިފުމަށް ގޮވާލުމުގެ ރަމްޒެކެވެ.

ތަސްނީމް ނިއުސް އޭޖެންސީން ބުނާ ގޮތުގައި، ދިދަ ނެގި ވަގުތު އާންމުން މިސްކިތް ދޮށަށް އެއްވެ، އިސްރާއީލާ ދެކޮޅަށް އަޑުގަދަކޮށް، އިސްރާއީލަށް "ހަރުކަށި އަދަބު" ދިނުމަށް ގޮވާލިއެވެ. ރުޅި އައިސްފައި ތިބި މީހުން ތިބީ އީރާނުގެ ޤައުމީ ދިދަ ހިފައިގެންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވަނީ އިސްރާއީލުގެ ހަމަލާތަކަކީ "ހަނގުރާމަ އިޢުލާނު ކުރުން" ކަމަށް ވިދާޅުވެ އދ އަށް ސިޓީއެއް ފޮނުއްވާފައި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

އަދި އެ ސިޓީގައި އައްބާސް އަރާޤްޗީ ވަނީ އދ ގެ ސަލާމަތީ މަޖިލީހަށް "މި މައްސަލައާ މެދު ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް" ގޮވާލައްވާފައި ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތު ﷲ ޢަލީ ޚާމަނާއީ ވިދާޅުވެފައިވަނީ އީރާނުގެ ބާރުތަކުން "އިސްރާއީލަށް އަދަބު ނުދީ ދޫކޮށްނުލާނެ" ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި ސިފައިން ގާތަށް ސައުދީ ވަލީއަހުދު ޒިޔާރަތް ކުރައްވައިފި

25 ޖޫން 2017
ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި ސިފައިން ގާތަށް ސައުދީ ވަލީއަހުދު ޒިޔާރަތް ކުރައްވައިފި
19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
07 ޖޫން 2017

ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

07 ޖޫން 2017
ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި
03 ޖޫން 2017

މެންޗެސްޓާ ހަމަލާ: އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި

03 ޖޫން 2017
މެންޗެސްޓާ ހަމަލާ:  އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު