Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯއިންގ 787 ޑްރީމްލައިނަރ

އެއަރ އިންޑިއާގެ ހާދިސާ އަކީ ބޯއިންގ 787 މަތިންދާބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު

މި ހާދިސާ އަކީ ކުންފުންޏަށް ކުރިމަތިވި އިތުރު ގޮންޖެހުމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ ކުންފުނިން މިހާރުވެސް ވަނީ 737 ބޯޓު ފަހަރުގައި ދިމާވެފައިވާ އެކި މައްސަލަތަކާއި، މަރުވެފައިވާ މީހުން ހިމެނޭ ހާދިސާތަކާ ކުރިމަތި ލަމުންނެވެ.

ރާއްޖެ އެމްވީ | 12 ޖޫން 2025 | ބުރާސްފަތި 11:28
އަހުމަދުއާބާދުގެ އެއާޕޯޓާ ކައިރި ހިސާބަކަށް 242 ފަސިންޖަރުންނާއެކު އެއާރ އިންޑިއާ ފްލައިޓް 171 ވެއްޓުނު ސަރަހައްދުގައި ރެސްކިއު އޮފިޝަލުން މަސައްކަތް ކުރަނީ - ޖޫން 12، 2025

އަހުމަދުއާބާދުގެ އެއާޕޯޓާ ކައިރި ހިސާބަކަށް 242 ފަސިންޖަރުންނާއެކު އެއާރ އިންޑިއާ ފްލައިޓް 171 ވެއްޓުނު ސަރަހައްދުގައި ރެސްކިއު އޮފިޝަލުން މަސައްކަތް ކުރަނީ - ޖޫން 12، 2025

އެއަރ އިންޑިއާގެ ހާދިސާ އަކީ ބޯއިންގ 787 މަތިންދާބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޯއިންގ 787 މޮޑެލް ތަޢާރަފު ކުރެވުނު ފަހުން 14 އަހަރު ވެފައިވާއިރު، ޑްރީމްލައިނަރ ގެ ނަމުން މަޝްހޫރުވެފައިވާ މި މޮޑެލުގެ ބޯޓު ފަހަރުގައި އުފުލި ފަސިންޖަރުންގެ އަދަދު 1 ބިލިއަނަށް އަރާފައިވާ ކަމަށް މަތިންދާ ބޯޓު އުފެއްދި ކުންފުނިން އިއުލާނު ކުރީ މީގެ 14 ދުވަސް ކުރިންނެވެ.

އެ މުނާސަބަތު ފާހަގަ ކުރުމަށް ކުންފުނިން ބުނެފައިވަނީ ދުނިޔޭގައި އުދުހެމުންދާ 787 ފްލީޓްގައި ހިމެނޭ 1,175 އަށްވުރެ ގިނަ މަތިންދާބޯޓުން ގާތްގަނޑަކަށް 5 މިލިއަން ދަތުރު ކޮށްފައިވާ ކަމަށާއި، 30 މިލިއަނަށް ވުރެ ގިނަ ގަޑިއިރު އެ ފްލީޓުގެ ބޯޓުތައް އުދުހިފައިވާ ކަމަށެވެ.

މި ހާދިސާ އަކީ ކުންފުންޏަށް ކުރިމަތިވި އިތުރު ގޮންޖެހުމެއްގެ ގޮތުގައި ބެލެވެއެވެ. އެއީ ކުންފުނިން މިހާރުވެސް ވަނީ 737 ބޯޓު ފަހަރުގައި ދިމާވެފައިވާ އެކި މައްސަލަތަކާއި، މަރުވެފައިވާ މީހުން ހިމެނޭ ހާދިސާތަކާ ކުރިމަތި ލަމުންނެވެ.

މިއީ ސީއީއޯ ކެލީ އޯޓްބަރގް އޭނާގެ މަޤާމުގެ ފުރަތަމަ އަހަރު ފާހަގަ ކުރަން ކައިރިވަމުން ދާއިރު ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށް ބެލެވެއެވެ.

އޭނާ އެ މަޤާމަށް ގެނެވުނީ ކުންފުނީގެ މުސްތަޤުބަލާ މެދު ސުވާލު އުފެދެމުން ދިޔަ ދަނޑިވަޅެއްގައި ބޯއިންގ ކުންފުނީގެ މުސްތަގްބަލު ރަނގަޅު ކުރުމުގެ އުއްމީދުގައެވެ.

ކުންފުނިން ބުނެފައިވަނީ ވެއްޓުނު ބޯޓުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787 ޑްރީމްލައިނަރ އެއް ކަން އެނގޭ ކަމުގައެވެ. އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު