Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ގްރެޓާ ތުންބަރގް އިސްރާއީލުން ޑީޕޯޓް ކޮށްފި

ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީ ހިފައިގެން ދިޔަ މި އުޅަނދު އިސްރާއީލުން "ސެލްފީ ޔޮޓެއް" ގެ ގޮތުގައި ސިފަކޮށް، އޭގައި ތިބި ފަސިންޖަރުން އެމީހުންގެ އަމިއްލަ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 10 ޖޫން 2025 | އަންގާރަ 08:47
އެކްޓިވިސްޓް ގްރެޓާ ތުންބަރގް ޖޫން 1 ވަނަ ދުވަހު އިޓަލީގެ ކެޓަނިއާގެ ބަނދަރުން ފުރައިގެން ޣައްޒާއަށް ދަތުރުކުރި ޔޮޓު ގައި - ޖޫން 2، 2025

އެކްޓިވިސްޓް ގްރެޓާ ތުންބަރގް ޖޫން 1 ވަނަ ދުވަހު އިޓަލީގެ ކެޓަނިއާގެ ބަނދަރުން ފުރައިގެން ޣައްޒާއަށް ދަތުރުކުރި ޔޮޓު ގައި - ޖޫން 2، 2025

ޣައްޒާ އަށް އެހީ ހިފައިގެން ދިޔަ ބޯޓުގައި ހިމެނޭ ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތުންބަރގް އިސްރާއީލުން ޑީޕޯޓް ކޮށްފި ކަމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީ އާއި އޭނާ ތަމްސީލުކުރާ ހައްގުތަކާ ބެހޭ ޖަމާޢަތަކުން އަންގާރަ ދުވަހު ބުނެފިއެވެ.

އިސްރާއީލުގެ ކަނޑުގެ ބާރުތަކުން މެޑްލީން އެހީގެ އުޅަނދު ބައިނަލްއަޤްވާމީ ކަނޑުގައި ގާނޫނާ ޚިލާފަށް ހިފަހައްޓައި، އެ އުޅަނދު ޣައްޒާ އިން ގާތްގަނޑަކަށް 185 ކިލޯމީޓަރު (100 ނޯޓިކަލް މޭލު) ދުރުގައި އޮއްވައި އަތުލައި، އޭގައި ތިބި 12 އެކްޓިވިސްޓުން ހައްޔަރުކުރިއެވެ.

ޣައްޒާ އަށް އިންސާނީ އެހީ ގެންދިއުމަށް މަސައްކަތް ކުރަމުން ދިޔަ 12 މީހުން އުފުލި ޔޮޓް އިސްރާއީލުގެ ބާރުތަކުން ހިފެހެއްޓުމަށްފަހު، ހޯމަ ދުވަހު އިސްރާއީލުގެ ބަނދަރު ސިޓީ އަޝްދޯދަށް ކަފުޖަހައިގެން ގެންގޮސްފައިވެއެވެ.

އިސްރާއީލުން މި އުޅަނދު "ސެލްފީ ޔޮޓެއް" ގެ ގޮތުގައި ސިފަކޮށް، އޭގައި ތިބި ފަސިންޖަރުން އެމީހުންގެ އަމިއްލަ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި، އިސްރާއީލުގެ ފޮރިން މިނިސްޓްރީން ތުންބަރގް މަތިންދާބޯޓެއްގައި އިން ފޮޓޯއެއް ހިއްސާކޮށްފައިވެއެވެ. "ގްރެޓާ ތުންބަރގް އިސްރާއީލުން ފްރާންސް އަށް ފުރާ ފްލައިޓެއްގައި ފުރައިގެންދަނީއެވެ،" އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އިސްރާއީލުން އަންގާރަ ދުވަހު ބުނެފައިވަނީ، ޣައްޒާ އަށް ދަތުރުކުރަމުން ދިޔަ އެހީގެ އުޅަނދެއްގައި ހައްޔަރު ކުރެވުނު އެކްޓިވިސްޓުންގެ ގްރޫޕެއް ޓެލް އަވީވް އެއަރޕޯޓަށް ގެންގޮސް އަނބުރާ ފޮނުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އިސްރާއީލުގައި ތުންބަރގް އާއި އެހެން އެކްޓިވިސްޓުން ތަމްސީލުކުރާ ޤާނޫނީ ޙައްޤުތަކުގެ ޖަމާޢަތެއް ކަމަށްވާ އަދާލާ އިން ބުނެފައިވަނީ ތުންބަރގް އާއި އިތުރު ދެ އެކްޓިވިސްޓުންނާއި ނޫސްވެރިއަކު އިސްރާއީލުން ޑީޕޯޓު ކުރުމަށް އެއްބަސްވެ، އިސްރާއީލު ދޫކޮށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން އެކްޓިވިސްޓުން ވަނީ ޑީޕޯޓް ކުރުމަށް އިންކާރު ކުރުމާ ގުޅިގެން، ބަންދު ކޮށްފައި ކަމަށާއި އެމީހުންގެ މައްސަލަ އިސްރާއީލުގެ އިދާރާތަކުން ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަނބުރާ ފޮނުވާލުމުގެ ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އިންކާރުކޮށް އިސްރާއީލުން ފުރައިގެން ދިއުމަށް ދެކޮޅުހަދާ ފަރާތްތައް ޝަރުޢީ އިދާރާއަކަށް ހާޒިރުކުރެވޭނެ" ކަމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން އެކްސް (ޓްވިޓަރ) ގައި ބުނެފައިވެއެވެ.

އެކްޓިވިސްޓުން ބުނެފައިވަނީ އެމީހުން އިހުތިޖާޖު ކުރަމުން ދަނީ ދެމިގެންދާ ހަނގުރާމަ އާއި ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ހާލަތާ ދެކޮޅަށް ކަމަށެވެ.

މެޑްލީން އުޅަނދުގައި ހުރި އެހީގެ ތެރޭގައި ހަނޑުލާއި ކުޑަކުދިންގެ ކާނާ ހިމެނޭ ކަމަށް ދަތުރު އިންތިޒާމު ކުރި ފަރާތުން ބުނެފައިވެއެވެ.

ބްރެޒިލް، ފްރާންސް، ޖަރުމަނު، ނެދަލެންޑްސް، ސްޕެއިން، ސުވީޑަން އަދި ތުރުކީގެ ރައްޔިތުން މި އުޅަނދުގައި ތިބި އިރު، އޭގެ ތެރޭގައި ޔޫރަޕިއަން ޕާލިމެންޓުގެ ފްރާންސްގެ މެންބަރު ރިމާ ހަސަން، އަދި އަލްޖަޒީރާގެ ފްރާންސްގެ ނޫސްވެރިޔާ އުމަރު ފައިޔާދު ހިމެނެއެވެ.

މި އުޅަނދު ޖޫން 1 ވަނަ ދުވަހު ޣައްޒާ އަށް ދިއުމަށް ފުރީ އިޓަލީގެ ބަނދަރަކުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު